ރާއްޖެ އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ: ޝާހިދު ހިޔާ ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. ޝާހިދު މިފަފައިން އެމްޕީއެލް ގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ. ހެންވޭރު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެ ކުންފުނިން އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ގިނިހިލައިގެ މިސްރާބު ބަދަލުވޭތޯ ބެލުމަށް ނާސާގެ ވަރުގަދަ މިޝަންއެއް! އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް ނާސާއިން ތައްޔާރުވަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނާސާގެ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) މިޝަން ސްޕޭސްއެކްސް ފަލްކަން 9 ގެ ޖައްވަށް ފޮނުވާލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 308 މިލިއަން ޑޮލަރުގެ މި ޖައްވީ އުޅަނދު ދުނިޔޭން 6.8 މިލިއަން މޭލު ދުރަށް ދަތުރުކޮށްފައި ވަނީ އެސްޓްރޮއިޑް ޑިޑިމޯސް ވަށައިގެން ދަތުރުކުރާ ކުޑަ […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ އަލަމްގީރް މައްޗަށް އުފުލި 40 ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު، އަދަބަކީ 1080 ދުވަހުގެ ޖަލު ހުކުމެއް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 28 ވަނަ ބުދަ ދުވަހު އޮންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާ އިއްވުން ކަމަށެވެ. އަދި އެ މައްސަލައިގެ […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ޔުއެފާ ނޭޝަންސް ލީގު: ސުޕެއިން ބަލިވެ، ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނައަށް ޔުއެފާ ނެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. ޗެކުރިޕަބުލިކު އާއި ބައްދަލުކޮށް ޕޯޗުގަލް މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ޗެކުރިޕަލިކުގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރ ޑިއެގޯ ޑިލޯ ވަނީ ދެގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ގޯލު މެޗުގެ 3 ވަނަ ގޯލު ފެނާންޑޭޒް އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގެ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރަށްރަށުގެ ވިޔަފާރިއަށް ބޮޑު ދިރުމެއް އަންނާނެ: ރައީސް ހދ. ކުޅުދުއްފުށީ ސިޓީ އާއި، އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގދ. ތިނަދޫގައި ވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. ވެރިރަށް މާލޭ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބެއްގައި: ނާޒިމް ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ނެވެ. ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް ވިދާޅުވެ ނާޒ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހަކަށް ފަރުވާދެނީ ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހިގެން ކަމަށެވެ. 18:55 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ ޑިންގީގައި ތިބި ހަތަރު މީހުންނަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ މީހަކު […] އަލީ އާދިލް · 4 އަހަރު ކުރިން
ރިޕޯޓް ވިޔަފާރިއެއް ކާމިޔާބު ކުރުމަށް ކުރެވިދާނެ ފަސް ކަމެއް، ސްޓީވް ޖޮބްސްގެ ދުލުން! ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އެއް ވިޔަފާރި ކުންފުންޏަކީ އެޕަލް އެވެ. އެޕަލް ކުންފުނި އުފެއްދީ 1976 ވަނަ އަހަރު އެވެ. ކޮންމެ ވިޔަފާރިއެއް ކުރިއަރާނީ ނާކާމިޔާބަކަށް ފަހުއޭ ބުނާ ފަދައިން އެޕަލް ކުންފުނި ބޭންކްރަޕްޓު ވެފައި ވަނިކޮށް އެ ވިޔަފާރި އަލުން ކޮޅަށް ޖެހުމުގައި އެ ކުންފުނީގެ އެއް ބާނީ ސްޓީވް ޖޮބްސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. އެއީ 1980 ގެ ކުރީކޮޅެވެ. އެ ދުވަސް ވަރު ޖޮބްސް، މިޝައިލް މިރިޓްޒް ކިޔާ […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ. މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މާލެ ގެނެސްފި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީތެރިކަމާއެކު މިއަދު މާލެ ގެނެސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ކޭއާރުއެޗް ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ. ހާލުބޮޑުވެގެން މާލެ ގެނައީ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ އެ މީހާ މާލެ ގެނެސްފައި ވަނީ މިއަދު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި ކުޅުއްފުށީ އަފީފުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފި އެވެ. މިއަދު ހެނދުނު ކުރި ޒިޔާރަތުގައި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީފައި ވެއެވެ. އަދި އަލިފާނުގެ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކިރިގިސްތާނާއި ދެމެދު މިހާރު ދަތުރުކުރެވޭނެ އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކްރިގިސްތާނާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ. މިކަމުގެ ފަހުމުނާގައި ސޮއެ ކުރައްވާފައިވަނީ އިއްޔެ އެވެ. މި ފަހުމުނާމައިގާ ރާއްޖޭގެ ފަރާތުން ސޮއެ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކްރިގިސްތާނުގެ ފަރާތުން ސޮއެ ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވް އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ފަހުމުނާމައިގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ވ. އާރަށުގެ މައްސަލައިގައި ޔާމީން ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބެނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ހަނިމާދޫ އެއާޕޯޓް މަޝްރޫއިން ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް އަންނާނެ: އަމީރު ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ. ފެންނަން ހުރި ހަޤީޤަތަކީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކު... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން