ތިލަދުންމަތީ ޚަބަރު ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮއްގެން ބާއްވާ ” އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް ޓޯނަމެންޓް 2026 ” އިންތިޒާމްކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްޢޫލިއްޔަތު ” ޑްރާފްޓް އެންޑް ކްރާފްޓް” އާ ޙަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ރައީސްގެ ޢަލީ އިބްރާހީމެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޯނަރ... ފާތިމަތު ސަޙާ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި ށ. ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބެލެހެއްޓުމަށް އަލަށް އެކުލަވާލާ އުޞޫލަކީ، ރަށުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އުޞޫލަކަށް ހެދުމެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަނީި ތިން ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ބަދަރު ބެލެހެއްޓުމުގެ އުޞޫލާއި ގުޅޭ މަޢުލޫމާތު އޮޑިވެރިންނާ ހިއްސާކޮށް، އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވު... ފާތިމަތު ސަޙާ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް 2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދ... ފާތިމަތު ސަޙާ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ތޫފާން ''ޑޮލްފިން'' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް، ޗައިނާގެ ބަނދަރުތައް ބަންދު ބާރުގަދަ ތޫފާން ޑޮލްފިން ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗަރަށް އަރައި، ފަސް މީހަކު ޒަޚަމްވެ 14,000 އަށްވުރެ ގިނަ އިމާރާތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މި ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، އެ ގައުމުން މިހާރު ވަނީ ބަނދަރުތަކާއި ފެރީގެ ދަތުރުތައް މެދުކަނޑާލާފައެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށެވެ. ތޫފާނުގެ މަރުކަޒުގައި ވަޔާއި ގަދ... ނާޒިމާ އަލީ · 3 މަސް ކުރިން
ކުޅިވަރު ޕީއެސްޖީން މޮނާކޯގެ ވިންގަރ މެގްނަސް އަކްލިއޫޝް ސޮއިކުރުވައިފި ޗެމްޕިއަންސް ލީގުގެ ކާމިޔާބީތައް ހޯދަމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ވިންގަރ މެގްނަސް އަކްލިއޫޝް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ސޮއިކުރުވައިފިއެވެ. ޕީއެސްޖީން މި ސޮއިކުރުން އިއުލާނުކުރި ނަމަވެސް، ޓްރާންސްފާގެ މާލީ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ L’Equipe އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 24 އަހަރުގެ މި ކުޅުންތެރި... އަޙްމަދު ވަހީދު · 3 މަސް ކުރިން
ބައިނަލްއަގުވާމީ އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް އދ. ގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވޭ ޔުނިސެފްގެ އިސް މުވައްޒަފަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހަގް ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަކީ ޔުނިސެފްގެ ވޮޝިންޓަން އޮފީހުގެ އިސްވެރިޔާ ޔަހަވް ލިޗްނާ ކަމަށެވެ. ފަރްހާން ހަގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިޗްނާ އާ ދެކޮޅަށް ކުރެވިފައިވާ “ސީރިއަސް ތުހުމަތުތަކާ” ގުޅިގެން […] ނާޒިމާ އަލީ · 3 މަސް ކުރިން
ކުޅިވަރު ސަލާހު ތުރުކީގެ ޓްރެބްޒޮންސްޕޯއާ ގުޅިއްޖެ، ސަޕޯޓަރުންގެ ލޯބި ބަންޑުންކޮށްލައިފި ލިވަޕޫލްގެ ކުރީގެ ތަރި މުހައްމަދު ސަލާހު، ތުރުކީގެ ޓްރެބްޒޮންސްޕޯއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ. މިދިޔަ ސީޒަން ނިމުމާއެކު ލިވަޕޫލް ދޫކޮށްލި މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން ސަލާހު، ޓްރެބްޒޮންސްޕޯއާ ގުޅުމަށްޓަކައި ބުދަ ދުވަހު އިސްތަންބޫލަށް ދިޔުމުން އެ ކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ސަލާހު އެ ކްލަބަށް ސޮއިކުރުމުގެ ރަސްމީ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައެވެ.... އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލާއި ބަނދަރު ސަރަހައްދުން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު! ބޮޑުތިލަދުންމަތީގެ މައި އިގްތިސާދީ އަދި ދަތުރުފަތުރުގެ ހަބް، ހދ. ކުޅުދުއްފުށި ސިޓީގެ މައި ދެ ސަރަހައްދެއް ކަމަށްވާ ބަނދަރާއި، އާރުޓީއެލް (RTL) ފެރީ ޓާމިނަލް ސަރަހައްދުން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކަކީ ކުޅުދުއްފުށި ސިޓީގެ އަމާންކަން ބެލެހެއްޓުމަށާއި، އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ދިއުން ހުއްޓުވުމަށް ކުޅުދުއްފުށި ޕޮލިސްއާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ ހަރަކާތްތަކެކެވެ. އާރުޓީއެލް ފެރީ... އަލީ އާދިލް · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ހދ. ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ތަރައްގީކޮށްފިއެވެ. އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތްކޮށްދީފައި ވަނީ އާރުޑީސީގެއިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނޮޅިވަރަމް ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އާރުޑީސީން އިއްޔެ ބުނިގޮތުގައި ނޮޅިވަރަމް ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިއެވެ. މި ޕްލެޓްފޯމްގެ މަސައްކަތަށް ބޭނުނ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ސައޫދީ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފިއެވެ. “މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް” ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ކޮންމެ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން […] ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބިންތައް ކައުންސިލުން ވަކިކުރެވޭ ހަންނާނުގެ ބިލަށް ވޯޓު ނުދިނުމަށް އާތިފް ގޮވައިލަށްވައިފި ރަށްރަށުގެ ބިންތައް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ. މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައި ވަނީ، ބައެއް ކައުންސިލްތަކުން މަޝްރޫއުތަކަށް ބިން ނުދީ ހިފަހައްޓ... އައިޝަތު ޢާދަމް · 3 މަސް ކުރިން
ރާއްޖެ ފައިސަލްގެ ވިސްނުން: މެމްބަރުންގެ އަދަދު 60 އަށް މަދުކޮށް، ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ ގައުމުގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި އޭނާގެ ނަޒަރުގައި 14 ދާއިރާއަކުން ޤާނޫނުއަސާސީ އަށް ގެންނަންޖެހިފައިވާ އިސްލާހުތަ... އަލީ އާދިލް · 3 މަސް ކުރިން
ބައިނަލްއަގުވާމީ އޭއައި ބޭނުންކޮށްގެން ސައިންސްވެރިން އަލަށް ވައިރަސްތަކެއް އުފައްދައިފި އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީ އާއި އާކް އިންސްޓިޓިއުޓްގެ ދިރާސާވެރިން ވަނީ ޖެނެރޭޓިވް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ، މުޅިން އާ ބަޔޮލޮޖިކަލް ވައިރަސްތަކެއް އުފައްދައިފިއެވެ. އާކް އިންސްޓިޓިއުޓްގެ ސައިންސް މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ މިއީ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މިފަދަ ވައިރަސްތަކެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ. ބެކްޓީރިއާއަށް ހަމަލާދޭ ވައިރަސްތަކެއް މި ދިރާސާގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވަނީ ބެކްޓީރިއޯފޭޖްސް އެވެ. މިއީ އިންސާނުންނ... ނާޒިމާ އަލީ · 3 މަސް ކުރިން
ކޮލަމް ''ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން'' ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. “މަޑުމައިތިރިކަން އިސްކުރުން” މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް ބާރުއަޅާ ފުރިހަމަ ދީނެއް ކަމަށެވެ. މި ހުތުބާގައި ގެނެސްދީފައިވާ މަތިވެރި ނަސޭހަތްތަކުން ބައެއް ނަސޭހަތްތަކަކީ، އަޚުލާޤީ ރިވެތ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު ދެކުނު ކޮރެއާ ވޯލްޑް ކަޕުން ކެޓި ހޫނުގަނޑު މަޑެއްނުވޭ، ފުލުހުން ފުޓްބޯޅަ ފެޑެރޭޝަން ރެއިޑްކޮށްފި ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހޮންގް މިޔުންގް-ބޯ އައްޔަންކުރުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެފްއޭ) ގެ އޮފީސްތައް ފުލުހުން ބުރާސްފަތި ދުވަހު ރެއިޑްކޮށްފިއެވެ. ފުލުހުން ވަނީ ސޯލްއާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޗިއޮނަންގައި ހުންނަ ކޭއެފްއޭގެ ހެޑްކުއާޓަރާއި، ސޯލްގެ މެދުތެރޭގައި ހުންނަ ކޭއެފްއޭ ހައުސް ބަލައި ފާސްކޮށްފައެވެ. މި ރެއިޑްގެ ބޭނުމަކީ ކޯޗު ހޮވުމުގެ މަރުހަލާގައި އޮފިޝަލުން ނުފޫޒު ފޯރުވ... އަޙްމަދު ވަހީދު · 3 މަސް ކުރިން