ކުޅިވަރު ވިނީޝިއަސް އާއި ރެއާލް މެޑްރިޑުން 2032ގެ ނިޔަލަށް އެއްބަސްވުން އާކޮށްފި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ޖޫން 2032 ގެ ނިޔަލަށް އާކުރުމަށް ނިންމައިފި ކަމަށް އެ ކްލަބުން ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ. އުމުރުން 26 އަހަރުގެ ވިންގާގެ ކޮންޓްރެކްޓްގެ ފަހު އަހަރަށް ވަދެފައިވަނިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލްއިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އާ އެއްބަސްވުމާއެކު އޭނާ އިތުރު ހަ އަހަރު ބާންބިއުގައު މަޑުކުރާނެއެވެ. އުމުރުން 18 އަހަރުގަ... އަޙްމަދު ވަހީދު · 3 މަސް ކުރިން
ބައިނަލްއަގުވާމީ އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން 21 މީހަކު ހައްޔަރުކޮށްފި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅުން އޮތް 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ މިނިސްޓްރީ އޮފް އިންޓެލިޖެންސުން ބުނި ގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ އެ ގައުމުގެ އިރުދެކުނު ކަރްމާން ޕްރޮވިންސުންނެވެ. ދައުލަތުގެ މީޑިއާތަކާއި އިންޓެލިޖެންސް އޮފިޝަލުން މި މީހުން ސިފަކޮށްފައިވަނީ “މޮސާޑް މާސިނަރީޒް” ނުވަތަ މޮސާޑަށް މަސައްކަތްކޮށްދޭ ކުލީ ސިފައިންގެ ގޮތުގައެވެ. މި މީހުންގެ މައްޗަށް ކުރެވޭ މައިގަނޑު... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު މަަކުނުދޫ ފަޅުތެރޭގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން އަނެއްކާވެސް ބިޑަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި “ހަލާލް ޓޫރިޒަމް” މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ހދ. އަތޮޅާއި، ލ. އަތޮޅުގެ އިތުރުން ސ. އަތޮޅުގެ ސަރަހައްދުތަކެކެވެ. މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވަނީ ހދ. މަަކުނުދޫ ފަޅުންނެވެ. އެ ފަޅުން ރިސޯޓު ތަރައްގީ ކުރުމަށް 200 ހ... އިބްރާހިމް އަސްވާޤް · 3 މަސް ކުރިން
ބައިނަލްއަގުވާމީ އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން އިވުނު ބާރުގަދަ ދެ ގޮވުމަކީ ހޮރްމުޒް ކަނޑުއޮޅިއަށް ވަންނަން އުޅުނު ދުޝްމަނުންގެ އަމާޒުތަކަކަށް ހަމަލާދީ އެ ތަކެތި ހުއްޓުވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ތަސްނީމް ނިއުސް އިން ބުނި ގޮތުގައި، ރޭގަނޑު ގަޑިން ގާތްގަނޑަކަށް 9:40 ހާއިރު އިވުނު މި ގޮވުންތަކަކީ އީރާނުގެ ކަނޑުގެ ސިފައިން ދުޝްމަނުންގެ ވައިގެ ނުވަތަ ކަނޑުގެ އަމާޒުތަކަކަށް ހަމަލާދީ، އެ ތަކެތި […] ނާޒިމާ އަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރާ ބިލެއް އީރާނުގެ މަޖިލީހަށް ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ދަތުރުކުރުން މަނާކުރުމާ ގުޅޭ ބިލެއް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ދިރާސާ ކުރަން ފަށައިފިއެވެ. “ސްޓްރެޓީޖިކް އެކްޝަން ފޯ ދަ ސެކިއުރިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އޮފް ދަ ސްޓްރެއިޓް އޮފް ހޮރްމޫޒް އެންޑް ދަ ޕާޝިއަން ގަލްފް” ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލަކީ އެ ސަރަހައްދުގެ ދަތުރުފަތުރުތަކުގެ މައްޗަށް ދައުލަތުގެ ބާރުވެރިކަން ވަރުގަދަކުރުމަށް […] ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން ސ. މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. މި ތަކެއްޗަކީ އައްޑ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީގެ ފަންނުވެރިންނަށް ޓިކެޓާއި އިނާޔަތް ދެނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ ފަރާތްތަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމާއެކު، ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 05 އޮގަސްޓް 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ނިންމުމަކީ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ އުފެއްދުންތެރިންނަށް ހިތްވަރުދީ، އެފަރާތްތަކަށް މާލީ ގޮތުން އެހީތެރ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ އަލް-ސައްޔިދު ބަލިކުރަން އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން 60 މިލިއަން ޑޮލަރު ޚަރަދުކުރި އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑިއަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މުސްލިމެއްކަމަށްވާ ކުރިއަރަމުން އަންނަ އާންމު ސިއްހަތުގެ މާހިރު އަބްދުލް އަލް-ސައްޔިދު ކާމިޔާބު ކުރައްވީ އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން އޭނާ ބަލިކުރުމަށް 60 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައި ވަނިކޮށްކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަލް-ސައްޔިދު ހޯއްދެވި މި ކާމިޔާބީއަކީ އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން އޭނާ ބަލިކުރުމަށް 60 މި... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު އިނގިރޭސިންގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޖެންޓީނާއިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ މައްޗަށް އާޖެންޓީނާއިން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް، ކޮންމެ އަހަރެއްގެ ޖުލައި 15 ވަނަ ދުވަހަކީ “ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ދުވަސް” ގެ ގޮތުގައި އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކަނޑައަޅައިފިއެވެ. އެޓްލާންޓާގައި ކުޅުނު މި ފޯރިގަދަ މެޗުގައި އިނގިރޭސިވިލާތުން ލީޑު ނެގީ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު އާޖެންޓީނާއިން ވަނީ ކުޅުން ވަރުގަދަކޮށް 85 ވަނަ މިނެޓާއި […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ އެމްޑީޕީން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ޝުޖާޢު ދިވެހިރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝުޖާޢު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށ... އަލީ އާދިލް · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް ހދ. ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކުރުމަށް އެރަށުގެ ކުންފުންޏެއްކަމަށްވާ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އާއެކު ހަނިމާދޫ ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމް އިބްރާހީމެވެ. ޖުމްލަ 2,774,736.00 ރުފިޔާ ހަރަދުކޮށ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ފެސިލިޓީތަކާއި މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ. މީގެ ތެރޭގައި ވަޑާމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެކަށީގެންވާ ވަޞީލަތްތަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ހޮރްމުޒް ކަނޑުއޮޅިން ވަންނަ އުޅަނދުތަކުގެ ކޮންޓްރޯލް އީރާނަށް ދިނުމަށް މަޝްވަރާކުރަނީ އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އޮމާނުން ހުށަހަޅާފައިވާ އެއްބަސްވުމެއްގެ ދަށުން، ހޮރްމުޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުތަކުގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ލިބިދާނެ ކަމަށް ”ރޮއިޓާސް” އިން ރިޕޯޓްކޮށްފިއެވެ. މިއީ މިހާތަނަށް އީރާނަށް ލިބޭނެ އެންމެ ބޮޑު އެއް ދޫކުރުން ކަމަށް މަސްދަރުތަކުން ބުނެއެވެ. މި ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވާކަމަށް އެ ނޫހުން ބުންޏެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައ... ނާޒިމާ އަލީ · 3 މަސް ކުރިން