އެއްވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް އަމީރު އަނެއްކާވެސް ވިދާޅުވެއްޖެ
ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. އަމީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންމެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިނގަނީ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 37 އިންސައްތަ އިތުރުވާނެ ކަމަށް ލ...