ރައުލާގެ ދުލުން މައެއްގެ "ގުރުބާނީ" މަދަހަ، ގިނަ ބައެއްގެ ތައުރީފް!
ރާއްޖޭގައި މި ފަހަކަށް އައިސް މަދަހަ ކިޔާ ޒުވާނުން އަންނަނީ އިތުރުވަމުން ނެވެ. އެކުދިން ކިޔާފައި ހުންނަ މަދަހަތަކަށް އާންމުންގެ ތައުރީފު ވެސް އޮހެއެވެ. މީގެކުރިން ތަފާތު އެކި ފަންނާނުން ކިޔާފައިވާ މަދަހަތަކާއި އަލަށް އުފައްދާފައިހުންނަ މަދަހަތައް ޒުވާން “ނޫކަށި” ފުރައިގެ ކުދިންގެ އަޑުން ކިޔާލުމުން ނުހަނު ހިތްގައިމެވެ. އެގޮތުން “ސައުންޑް ކްލައުޑް” އަށް އަޕްލޯޑު ކޮށްފައިވާ “ގުރުބާނީ” މަދަހައަށް އަންނަނީ ގިނަބައެއްގެ ސަމާލުކަން ލިބެމުން ނެވެ. މިއީ ރައުލާ އަބްދުއްސަލާމް ކިޔާފައިވާ މަދަހަ އެކެވެ. މި...