މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (04:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބީސާދަ ސްޕޯރޓްސް ފެސްޓިވަލް: މާޒިންސް އަދި ޑީސީ ސެމީއަށް

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް: މާޒިންސް އަދި ޑީސީ ސެމީއަށް

ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހޯމަދުވަހު ކުޅުނު މެޗުތަކުން މޮޅުވެ މާޒިންސް އެފްސީ އަދި ޑީސީ ފްރެޓާނިޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކޮށް މާޒިންސް ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިޔާދު ސެނޯން އަދި ސިވިކް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ސެނޯންއަށް ސެމީއަށް ދެވެން […]

އަލީ ރިޔާޟް
"ސަބަބުވެރި އިންސާނާ" އަކީ ކާކު؟

"ސަބަބުވެރި އިންސާނާ" އަކީ ކާކު؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމަށްފަހު މިހާރު ސޯޝަލް މީޑިއާގައި އާއި ސައިހޮޓާތަކާއި ކޮފީ މޭޒުތަކުގައި ވެސް އެންމެ ދައުރުވާ ބަހަކީ ސަބަބުވެރި އިންސާނާ އެވެ. ނުވަތަ “ސަބަބުވެރި އިންސާނެއްގެ ވިސްނުން” މިހެންނެވެ. މި ބަސް މިހާ އާންމުވީ ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަރަށް ގިނައިން އެ ޖުމްލަ ބޭނުން ކޮށްފައި ހުރުމުންނެވެ. ގިނަ މީހުންނަށް މިއީ އާ ބަހެކެވެ. އަނެއް ބަޔަކު އެކަން ނެގީ […]

ހުސައިން ހަބީބް
''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފި

''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފި

”ގާބަރ” ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް “ގާރބަރ” ބްރޭންޑުގެ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް މާލޭގެ ފިހާރަތަކާއި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ޅަފަތުގެ ކުދިންނާއި ކުޑަކުދ...

މުޙައްމަދު އަފްރާޙް
ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ރައީސް ނަޝީދު ކެމްޕެއިން ޓީމްގެ އިސް އޮފިޝަލަކު މިއަދު ”ތިލަދުން’ އަށް ވިދާޅުވީ، މިދަތުރުފުޅު ފައްޓަވަން މިހާރު ޕްލޭންކޮށްފައި އޮތީ މި ޑިސެމްބަރު މަހުގެ 29 ވާ ބްރާސްފަތި ދުވަހު ކަމަށެވެ. އަދި […]

މުޙައްމަދު އަފްރާޙް
އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި

މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއާ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި އެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައ...

މުޙައްމަދު އަފްރާޙް
ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ

ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކޮށްފައިވާ ސިނާއީ ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ އެއް ބިން 20 އަހަރަށް އަދި ހަމަ އެ ސަރަހައްދުން 5000 (ފަސްހާސް) އަކަފޫޓުގެ 3 ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށެވެ. ހަނިމާދޫ ލޭންޑް ޔޫސް ޕްލޭނުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ […]

އިބްރާހިމް ޚަލީލް
އުރީދޫ ފަން ރަންގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓު ދަތުރެއް

އުރީދޫ ފަން ރަންގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓު ދަތުރެއް

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގެ ފޮޓޯއެއް ހިއްސާކޮށްގެން ރިދޯޓު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެެ. އުރީދޫން މިއަދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް “ފަން ރަން”ގެ ފޮޓޯއެއް، “ފަން ރަން މޫމްމެންޓް” ހޭޝްޓަގާއެކު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ޓެގް ކުރަން ޖެހެއެވެ. މި ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް އޯގާ ރިސޯޓުގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ […]

އަޙްމަދު ވަހީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ ހޮވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ ހޮވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ އިންތިޚާބީ ކޮމެޓީ ރޭ ހޮވައިފިއެވެ. މި ކޮމެޓީ ހޮވާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 6 ވަނަ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ. އެ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަނީ

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަނީ

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށެވެ. މީގެއިތުރުން ހަލާކުވެފައި ހުރި އުޅަނދުތަކާއި ސުން ބޯޑު އަޅުވާފައި ހުންނަ އުޅަނދުތައް ވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ޓޯ ކުރާނެ ކަމަށް ބުނެފައިވެއެވެ. ހުޅުމާލޭގައި ޕާކިން […]

އަޙްމަދު ވަހީދު
ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބު: ޒިނޭ އާންމުވުމާއި ކާވެންޏަށް މުޤައްދަސް މަޤާމެއް ނުދެވުން! 

ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބު: ޒިނޭ އާންމުވުމާއި ކާވެންޏަށް މުޤައްދަސް މަޤާމެއް ނުދެވުން! 

މާތް ﷲ އާދަމުގެފާނާއި ޙައްވާގެފާނު ޚަލްޤުކުރެއްވީ ވަރަށް މާތް މަޤްޞަދަކަށް ޓަކައެވެ. އެއީ ދެމަފަރިން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވުމާއެކު، މާތް ﷲ އެއްކައުވަންތަކުރާ ޙާލުގައި، މާތް ﷲ އަށް އަޅުކަން ކުރުމެވެ. ކާވެނީގެ މުޤައްދަސް ގުޅުމުގެ ތެރެއިންނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ((وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)) (سورة الروم: 21) […]

ޝެއިޚް ޝަފީއު އަބްދުﷲ
އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް

އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓެ ހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލުން ފަރަގު ބޮޑުކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ. ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓް ހޭމުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ […]

އިބްރާހިމް ޚަލީލް
ޖީމެއިލްގައި ނުކިޔާ ހުރި އީމެއިލްތައް، އެއްފަހަރާ ޑިލީޓް ކުރާނެ ގޮތް

ޖީމެއިލްގައި ނުކިޔާ ހުރި އީމެއިލްތައް، އެއްފަހަރާ ޑިލީޓް ކުރާނެ ގޮތް

ގިނަ މީހުންގެ އީމެއިލް އިންބޮކްސްގައި ގިނައީ ނުކިޔާހުރި އީމެއިލްތަކެވެ. ފޭސްބުކާއި އެކި އެކި ވެބްސައިޓް ތަކުގައި ސަބްސްކުރައިބް ކުރެފައިވުމުން، ފޮނުވާ އެކި އެކި ނިއުސް ލެޓާތަކާއި އިސްތިހާރުތަކުން ޖީމެއިލް އޮންނަނީ ފުރި ބާރުވެފަ އެވެ. ނުކިޔޭ އީމެއިލްތައް ގިނަވެ ހައްދުން ނެއްޓުމުން ނޮޓިފިކޭޝަން އޮފްކޮށްލާ މެއިލް އަންނާނެވަރަކަށް އައިސް އިންބޮކްސް ފުރެންދެން މެއިލްތައް ފުނިޖެހެން ފަށައެއެވެ. އަވަދި ނެތި އުޅެމުން އިންބޮކްސް ތަރުތީބުކޮށް ހަމައަކަށް އަޅުވަން އުޅެން ހަނދާންވަނީ ސްޕޭސް ހުސްވާކަމުގެ އިން...

އަލީ އާދިލް
ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދުކަނޑާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށި މެޗުގައި ޓޮޓެންހަމްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ގިނަ ހަމަލާ އުފެއްދީ ޓޮޓެންހަމުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑެވެ. ފުރަތަމަ ލަނޑު 15 […]

އިބްރާހިމް ޚަލީލް
އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މުޒާހަރާއަށް

އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މުޒާހަރާއަށް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ވެސް މުޒާހަރާ ފަށައިފިއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު […]

ޔުމްނާ ޢަލީ