ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި
ހ. ޝީރީންވިލާގޭގައި ތޫނުއެއްޗަކުން ޙަމަލާދީ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއެކު ޖުމްލަ ފަސް ދައުވާ ސާހިލްގެ މައްޗަށް އުފުލާފަ...