މިރޭ އެމްޓީސީސީން ފެރީ އާއި ބަސް ދަތުރުގެ ވަގުތު އިތުރު ކޮށްފި
އައު އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހާއި ފެރީ ދަތުރުތައް ކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިރޭ ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް ތަވާލު ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބު...