އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ފަށައިގެން ފޯރީގައި ކުރިއަށް
ހއ. އުލިގަމުގައި ބާއްވާ “ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023” ފަށައިގެން ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. އުލިގަމުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމުގެ ސަޤާފަތެއްގެ ގޮތުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ފެށިގެންއައި ގޮތް ސީދާ އެނގެން ނެތްނަމަވެސް އެ ހަރަކާތް ކުރިން ބާއްވަމުން އައިސްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޒަމާން ބަދަލުވެ މަސްފިހުމުގެ ހަރަކާތް ބާއްވާ...