ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތެއް ލިބިފައެއްނެތް: ފުލުހުން
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމަވާލައްވަން އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ޖަލްސާ ނިންމާލުމުން އެ ޖަލްސާ ކުރުކޮށްލީ ސަލާމަތީ ސަަބަބުތަކަކަށްޓަކައި ކަމަށް ބައެއް މީޑިއާތަކުން...