މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.
ކާމިޔާބަކީ ހިންމަތާއި މިންނަތްކުރާ ބަޔަކަށް މާތް ﷲ މިންވަރުކުރައްވާ ކަމެކެވެ. ކާމިޔާބަކީ ދެއަތްއުރައިލައިގެން ތިބޭ ބަޔަކަށް ލިބޭ އެއްޗެއް ނޫނެވެ. މުސްލިމުންނަކީ ހީވާގިވާން ޖެހޭ ބައެކެވެ. ހިންމަތާއި މިންނަތް ކުރަންޖެހޭ ބައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިގެން ދިޔައީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން ވަރުބަލިފުޅުކަމެއް ނެތި ކުރެއްވި މިންނެތް މަސައްކަތްޕުޅުންނެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދާއި ހިދާޔަތު ލިބޭނީ އެފަދައ...