ވިޔަފާރި ހަންކެޑެ ތަރައްގީ ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑްވިސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކުއެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ވެސް ބައިވެރިވެލެއްވ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން މަގާމުން ވަކިކޮށްފި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ އެގްރޯނެޓްގެ މެނެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު މަގާމުން ވަކިކޮށްފިއެވެ. އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެގްރޯ ނެޓްގެ އެމްޑީގެ މަގާމަށް ހާރޫން އައްޔަނު ކުރައްވާފައިވަނި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫނަކީ އެސްއެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި ވިލިމާލެ ފެރީ ޓާމިނަލް ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އަންގައިފި މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ. އެމްޓީސީސީން ބުނީ އެ ފަޅަކީ ހަމައެކަނި އެމްޓީސީސީގެ ފެރީތައް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެހެން އުޅަނދުތައް ގަވާއިދާ ޚިލާފަށް އަޅާފައިހުރުމުގެ ސަބަބުން ފެރީތައް ގަޑިއަ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކޮލަމް މަރުވުމަށްފަހު ވާނެގޮތް ތިބާ އެ ދަތުރަށް ތައްޔާރު ހެއްޔެވެ؟ އެ ވަގުތު ދަނީ ކައިރިއަށް ޖެހެމުންނެވެ. ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު، ކޮންމެ މިނިޓަކު، ކޮންމެ ސިކުންތަކުއެވެ. ކަންބޮޑުވިޔަސް މަރު ބައްދަލުކުރާނެއެވެ. މަރުވުމަށް ފަހު ތިބާގެ ހަށިގަނޑު ލިބޭނީ ދިރިތިބީންނަށެވެ. ކުރާނެކަމަކާއި ކުރާނެގޮތެއް އެނގޭނީ އެ މީހުންނަށެވެ. އުންމީދުކުރާށެވެ. ހިނަވާނެއެވެ. ކަފުންކުރާނެއެވެ. ކަށުނަމާދު ކުރާނެއެވެ. ވަޅުލާނެއެވެ. ހެޔޮ ދުޢާކުރާނެއެވެ. ތިބާ ވަކިވެ ދިއުމުން ރޯ ބަޔަކު ތިބޭނެއެވެ. ތިބާގެ ވާހަކަ ދައްކާ ބަޔަކު ތިބޭނެވެ. ދުވަސްކޮޅަ... ޢަބްދުﷲ ސަޢީދު · 3 އަހަރު ކުރިން
ރާއްޖެ ޣާޒީ ބިލްޑިން ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަނީ ޣާޒީ ބިލްޑިންގ ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަން ޕްލޭނިންގ މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލެއަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ ކަމަށެވެ. އެގޮތުން މަސައްކަތް ކުރަމުން ދަނީ އަންނަ ޖޫން 20 ގެ ނިޔަލަށް އެ އިމާރާތް ތަޅާލުމަށް ކަމަށް ވެސް ބުނެއެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އައި ޣާޒީ ބިލްޑިންގގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ 52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވާހަކަ ކުރުވާހަކަ: އަހަރެންގެ ތިން ވަނަ ފިރިމީހާ މެންދަމުން އަލިވެ ތިނެއް ޖެހި އިރުގައިވެސް އަހަންނަކަށް ނުނިދެއެވެ. ފުރޮޅި ފުރޮޅި އޮވެވުނީ އަދިވެސް ވިޔާމް ގެއަށް ނާންނާތީއެވެ. ޝަކުވާތައް ހިތުތެރެއިން ފުރިގެން ބަންޑުންވަނީއެވެ. ލޮލުތެރެއިން ކަރުނަތައް ފޫދިގެން ކޯތާފަތްމަތި ތެންމަނީއެވެ. ބަދަލެއް ނުވާ ދިގުދެމިގެންދާ ރޭތަކެވެ. މާޔޫސީ، އެކަނިވެރި ވަގުތުތަކެވެ. މިއީ ކޮންމެ ރެއެއްގެވެސް އަހަރެންގެ ޙާލެވެ. މޫނުގައި ބާލީސް އަޅައިގެން ރޯން އޮއްވާ ވިޔާމް އައިސް ވަނެވެ. އޭނާ ވަނުމާއެކު މޫނުމަތިން ބާލީސްނަގާ، އެނދުމަތީ އިށީނދެލީމެވެ. ޝަކުވާކުރަން ބޭނުމެވ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި ހއ. ދިއްދޫ ބަނދަރު ތަރައްގޫ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 70 އިންސައްތަ މިހާރު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 92 އިންސައްތަ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި [... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދާކަށް ބޭނުމެއް ނޫން: އެމްއާރްއެމް މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދަން ބޭނުމެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން މިހެން ވިދާޅުވީ ކުލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފާރިސް ވިދާޅުވީ ގާނޫނުގައި އޮތް އަދަދު ހަމަވުުމުން ނިމުނީ ކަމަށާއި ދައުލަތުން ފައިސާ ހޯއްދަވަން ނޫޅުއްވާނެ ކަމަށެވެ. އެމްއާރްއެމް އަކީ މައުމޫންގެ އާއިލީ ޕާޓީއެއް ކަމަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި މުލީ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 35 އިންސައްތަ ނިންމާލައިފި މ. މުލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އިހުލާސްތެރި ކަމާއެކު ކުރާ ބުރަ މަސައްކަތުގެ ހަދިޔާ އަކަށް ވާނީ އެއްލައިލުން: ޝިދާތާ އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލައިލުން ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި ތިބި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝިދާތާ ވަނީ ރައީސް ޞާލިޙް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ނިންމަވައިފިއެވެ. ޖޭޕީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ޤާސިމް ފޮނުއްވި ސިޓީ އެ ޕާޓީގެ ރަސްމީ ޓްވީޓާގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައި ޤާސިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ޝަރުތު ހަމަވާ އެ ޤާބިލުކަން ހުރި އެތައް ބޭފުޅުންނެއް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކޮލަމް އެނގޭ ކަންކަމަށް ވެސް ޢަމަލު ނުކުރަނީ ކީއްވެބާ؟ ދީނީ ކަންކަން އޮޅުން ފިލުވުމާއި، ދަންނަބޭކަލުންނާ ސުވާލު ކުރުމަކީ މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم، ﷲ سبحانه ةتعالىގެ ފަރާތުން ގެނެސްދެއްވި ރިސާލަތަށް އެނބުރި އަންނަން ބޭނުންވާ މީހުން މަދެއްނޫނެވެ. ހެޔޮކަމުގެ މަގު އިޚްތިޔާރު ކުރުމާއި، ނުބައިކަންކަން ދޫކޮށް، ތައުބާވާން އެދޭ މީހުން ކޮންމެ ދުވަހަކު ވެސް އުޅެއެވެ. ތައުބާވެ އިޞްލާޙީ މަގު ޚިޔާރު ކުރުމަށްޓަކައި، ދީނީ މަޢުލޫމާތު ހޯދަން ފަށާއިރު، އެ މަޢުލޫމާތުތަކަކީ ވަރަށް ޝައުޤުވެރި އަޑުއަހަން ފަސޭހަ، […] އައްޝައިޚް މުޙައްމަދު އަފްޟަލް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (19) ކުރީގެ ޢަދަދާއިގުޅޭ، ” ތަންކޮޅަކަށް ފޭބިތަނާ ފައި އައްސިވާކަހަލަ ގޮތެއްވަނީ! އެހެންވެ ފައި އަޅަން ނުކެރިފަ މިހުރީ!” އުޝާ އެހެން ބުނުމުން ޒައިން އޭނާގެ އަތް ދިއްކޮށްލިއެވެ. އަތުގައި ހިފައިގެން ފޭބޭތޯ ބެލުމަށެވެ. އުޝާ މަޑުމަޑުން ޒައިންގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. ނަދާ ރުޅި އަޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ. ” ބަލައިގެން އަންނައްޗޭ! ” ޒައިން އެހެން ބުނުމަށްފަހު މަޑުމަޑުން ތިރިއަށް ފައިބަންފެށިއެވެ ދެމީހުން އައިސް ކާމޭޒުކައިރީ ހުއްޓުމާއެކު ނަދާ ކޮޅަށް ތެދުވިއެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން