މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

އަމިއްލަ ފަރާތަކުން، އުތީމުގައި ފްލެޓް ޢިމާރާތް ކޮށްދިނުމާއި، ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް، އުތީމު ކައުންސިލުން ބުނެފިއެވެ. އެ ފަރާތުން ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. މި ޕްރޮޖެކްޓްގެ ދަށުން، ގެދޮރު އިމާރާތް ކުރުމަށާއި، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށްދިނުމަށް ކޮންޓ...

ފާތިމަތު ސަޙާ
އެއް މަސްދުވަހުގެ މަޝްވަރާތަކަށްފަހު އީރާނާއި އޮމާނުން އެއްބަސްވުމަކަށް

އެއް މަސްދުވަހުގެ މަޝްވަރާތަކަށްފަހު އީރާނާއި އޮމާނުން އެއްބަސްވުމަކަށް

ހޮރުމުޒު ކަނޑުއޮޅީގެ ސަރަހައްދީ އިމާއި، އެ ކަނޑުއޮޅިން ލިބޭ އާމްދަނީ ދެ ގައުމުގެ ދެމެދުގައި ބެހުމާ ގުޅޭ ގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ. އައިއާރުޖީސީގެ ތަރުޖަމާނު ހުސައިން މުހިއްބީ އީރާނުގެ ދައުލަތުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑުއޮޅީގެ ސަރަހައްދީ އިމުން ކޮންމެ ގައުމަކަށް ލިބޭ މިންވަރާއި، އާމްދަނީން އީރާނާއި އޮމާނަށް ލިބޭނެ މިންވަރާ މެދު ވަނީ އެއްބަސްވުންތަކަކަށް އ...

ނާޒިމާ އަލީ
ފަތުރުވެރިކަމުގެ 25 އަހަރުގެ ތަޖުރިބާއާއެކު، ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު

ފަތުރުވެރިކަމުގެ 25 އަހަރުގެ ތަޖުރިބާއާއެކު، ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް، ފަތުރުވެރިކަމުގެ ދާއިރާގެ 25 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ. ޔާސިރު އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ވީއެމްސީން ބުނީ، އޭނާގެ ލީޑަޝިޕާއެކު އައު ޚިޔާލުތަކާއި އެއްބާރުލުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދ...

އަޙްމަދު ވަހީދު
ޝާހިދުގެ ކެމްޕޭންގައި ބައިވެރިވުމަށް އަހްމަދު އިސްތިއުފާދެއްވައިފި

ޝާހިދުގެ ކެމްޕޭންގައި ބައިވެރިވުމަށް އަހްމަދު އިސްތިއުފާދެއްވައިފި

އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޕާޓީގެ އެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބައެއް ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ޢަބްދުﷲ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މަގާމުން އިސްތިއުފާދެއްވުމަށް އަހްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީ އޭނާ ވަނީ މީސް މީޑިއާގައި އާންމުކުރަށްވާފައެވެ. އަދި އެ ސިޓީ އާންމުކުރެއްވީ އިސްތިއުފާދެއްވި ސަބަބުން އަންގައިދިނުމަށް ކަމަށް ވ...

ޔުމްނާ ޢަލީ
އީރާނުގައި ތަރައްޤީކުރި އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓް ހުޅުވައިފި

އީރާނުގައި ތަރައްޤީކުރި އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓް ހުޅުވައިފި

އީރާނުގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕްލާންޓް ހުޅުވާފައިވަނީ ސަރުކާރު ހަފުތާގެ ދެވަނަ ދުވަހާ ދިމާކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންގެ ޙާޟިރުގައެވެ. މި ވަސީލަތް ޤާއިމުކޮށްފައިވަނީ ތެހެރާންގެ ދެކުނު-އިރުމަތީގައި އޮންނަ، އެ ޤައުމުގެ އެންމެ ބޮޑު ސިނާޢީ ސަރަޙައްދު ކަމަށްވާ ޝަމްސުއާބާދު އިންޑަސްޓްރިއަލް ޓައުނަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ. އިރްނާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާންގެ އިތުރުން އެނާޖީ މިނިސ...

ނާޒިމާ އަލީ
ޑޮލަރުގެ ފިޔަވަޅުތައް އަޅަނީ ދިރާސާތަކަށްފަހު ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

ޑޮލަރުގެ ފިޔަވަޅުތައް އަޅަނީ ދިރާސާތަކަށްފަހު ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި، އިގްތިސޯދީ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކި ގޮތްތަކަކަށް ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ....

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނައަށް ޢުމްރާ ދަތުރެއް

ނަރުދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނައަށް ޢުމްރާ ދަތުރެއް

ށ.ނަރުދޫ ކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ މުޅިމުބާރާތުގެ އެއްވަނައަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް، އެ ކައުންސިލުން ބުނެފިއެވެ. ނަރުދޫ ކައުންސިލުން “ތިލަދުން”އަށް ބުނީ، މުޅި މުބާރާތުގެ އެއްވަނައަށް ދާ ބައިވެރިޔާއަށް ޢުމްރާ ދަތުރު ސްޕޮންސަރ ކޮއްދެއްވީ “އަލް މަދީނާ ޙައްޖު އެންޑް ޢުމްރާ ގްރޫޕް”އިން ކަމަށެވެ. މިއީ ނަރުދޫގެ ތާރީޚުގައި ވެސް ކައުންސިލްގެ ފަރާތުން ޤުރުއާން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ރަށު ކައުންސިލުން ހާމަ ކުރި ގޮތުގައި، ރަށުގެ ރައްޔިތުންގެ ހިތްތަކު...

ފާތިމަތު ސަޙާ
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި 247 މީހަކު

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި 247 މީހަކު

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޢާންމުކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އަދާހަމަކޮށް ޝާޢިއުކޮށްފިއެވެ. އެ ދަފްތަރުގައި މިހާތަނަށް 247 މީހަކު ހިމެނިފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) އިން ބުނި އެ ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން ޝާއިޢުކުރާ ލިސްޓެކެވެ. މި ލިސްޓުގައި ހިމެނޭ މީހުން މިހާރު ތިބި ތަނާބ...

ޔުމްނާ ޢަލީ
ކައުންސިލްތަކުގެ ބިން ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

ކައުންސިލްތަކުގެ ބިން ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލަށް ސަރުކާރު...

ޔުމްނާ ޢަލީ
ނޭޕާލާއި ޗައިނާ ބޯޑަރުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ 380 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ނޭޕާލާއި ޗައިނާ ބޯޑަރުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ 380 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ނޭޕާލާއި ޓިބެޓް (ޗައިނާ) ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމާއި ބޮޑު ކިސަޑު ފޭބުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ މައިގަނޑު ގޮތެއްގައި ހިނގާފައިވަނީ ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓްގެ ސަރަހައްދުތަކާއި ޓިބެޓްގެ ގިޔިރޮންގް ޕޯޓް ހިމެނޭ ސަރަހައްދަށެވެ. ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިހާތަނަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކ...

ނާޒިމާ އަލީ
ގޯއްޗާއި ފްލެޓް ފޯމުގެ ލިޔެކިޔުންތައް ފުރިހަމަކުރަން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

ގޯއްޗާއި ފްލެޓް ފޯމުގެ ލިޔެކިޔުންތައް ފުރިހަމަކުރަން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މައްސަލަ އުޅޭ ފޯމުތަކުގެ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު 21 ދުވަހަށް އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން ބުނީ، އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް ލިބިގެން...

ޔުމްނާ ޢަލީ
130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި

130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މާލޭގެ ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. މި […]

ޔުމްނާ ޢަލީ
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެއީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ފުނަދޫ...

ޔުމްނާ ޢަލީ
މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި ހދ. ނޮޅިވަރަންފަރު މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މޫސައަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވީ ނަމަވެސް, އޭނާ...

ހުސައިން ހަބީބް
ކޭއާރުއެޗުގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

ކޭއާރުއެޗުގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. ކޭއާރުއެޗާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މި ޚިދުމަތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޭއާރްއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޮދަރން އޭރިޔާ ކޮމާންޑަރުގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅުދުއްފުށީގައި ގާއިމްވެފައިވާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ވެސް...

ފާތިމަތު ސަޙާ