މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޅ. ކުރެންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 29 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިލާސާގެ / ޅ. ކުރެންދޫ، އިބްރާހީމް ޒާހީ ސުލައިމާން (29އ) އެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުރެންދޫ ފުލުހ...

އަލީ އާދިލް
ފަރުކޮޅު ބެލެހެއްޓުމަށް ޚާއްސަ އުޅަނދެއް ގެނެސްފި

ފަރުކޮޅު ބެލެހެއްޓުމަށް ޚާއްސަ އުޅަނދެއް ގެނެސްފި

ށ. ފަރުކޮޅު (ނުވަތަ ފަރޮޅު) ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލަހައްޓައި، ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ފަރޮޅު ރޭންޖަރ” އުޅަނދު ރާއްޖެ ގެނެސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި އުޅަނދާއެކު، ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު ހީވާގިކަމާއެކު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޭންޖަރުންގެ ޚާއްސަ ޓީމުން ވަރަށް އަވަހަށް ފަށާނެއެވެ. ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކުރުން މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ށ. ފ...

ޔުމްނާ ޢަލީ
ހުރުމުޒު ކަނޑުއޮޅީގައި ވަގުތީ މަގެއް ގާއިމުކުރުމަށް ގަތަރާއި އީރާނުން މަޝްވަރާކޮށްފި

ހުރުމުޒު ކަނޑުއޮޅީގައި ވަގުތީ މަގެއް ގާއިމުކުރުމަށް ގަތަރާއި އީރާނުން މަޝްވަރާކޮށްފި

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަގުތީ ކޮރިޑޯއެއް ގާއިމުކުރުމާ ގުޅޭގޮތުން ގަތަރާއި އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައެވެ. ބުރާސްފަތި ދުވަހު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މި މަޝްވަރާތަކުގައި، އެމެރިކާއާއި އީރާނާ ދެ...

ނާޒިމާ އަލީ
ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ކައުންސިލުން ހޯދަނީ

ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ކައުންސިލުން ހޯދަނީ

ހދ.ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި، އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ހުރި ފަރާތްތަކުން، ކައުންސިލް އިދާރާއަށް ފޮޓޯތައް ޙިއްޞާކޮއްދެއްވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. އެ ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް، ދެެމެހެއްޓުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި، އެ ތަންތަން ކުރިން ހުރި އަސްލުގޮތަށް އިޔާދަ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ މަސައްކަތް ވީހާ...

ފާތިމަތު ސަޙާ
އުލިގަމުގައި ކުރިއަށްގެންދިޔަ ''ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން'' ކޯހުގެ ދަސްވެނިވުން ބާއްވައިފި

އުލިގަމުގައި ކުރިއަށްގެންދިޔަ ''ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން'' ކޯހުގެ ދަސްވެނިވުން ބާއްވައިފި

ހއ. އުލިގަމު ކައުންސިލާއި، މޯލްޑިވްސް ޕޮލީޓެކްނިކް އަދި އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން އުލިގަމުގައި ހިންގުނު ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހުގެ ދަސްވެނިވުން އިއްޔެ ބާއްވައިފިއެވެ. ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި، ހަ މަސް ދުވަހުގެ މުއްދަތަށް ބޭއްވުނު މި ކޯހުގައި ޖުމްލަ 29 ފަރާތަކުން ބައިވެރިވިއެވެ. އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގެ އެކަޑެމިކް ކޯޑިނޭޓަރ ހައްމާދު ޢަބްދުﷲ “ތިލަދުން”އަށް ވިދާޅުވި ގޮތުގައި މި ކޯހުގައި އިލެކްޓްރިކް ވައިރިންއާ ގު...

ފާތިމަތު ސަޙާ
އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރެއްވި ހިސާން އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފަވެއެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވ...

ޔުމްނާ ޢަލީ
ފީވަކުގައި މިސްކިތެއް އެޅުމަށް ސައިޓް ހަވާލުކޮށްފި

ފީވަކުގައި މިސްކިތެއް އެޅުމަށް ސައިޓް ހަވާލުކޮށްފި

ށ.ފީވަކުގައި މިސްކިތެއް އިމާރާތް ކުރުމަށްޓަކައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ، ސައިޓް ޙަވާލް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮއްފިއެވެ. އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން  ސޮއި ކުރެއްވީ އަޝްރަފް ޢަލީއެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް، ޢަލީ ރަޝީދު ޙަސަން ސޮއި ކުރެއްވި އިރު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މަރްޔަމް [...

ފާތިމަތު ސަޙާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމު ކުރިން ފުރުއްވާފައިވާ ޝުޢައިބު ޔޫސުފް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު...

އިބްރާހިމް އަސްވާޤް
ރޯމާ ދުވާލު ހިޔާ ޓަވަރެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މައްސަލައެއް!

ރޯމާ ދުވާލު ހިޔާ ޓަވަރެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މައްސަލައެއް!

ހުޅުމާލޭގެ ހިޔާ ފްލެޓް 12 ގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި، އެތައް ބަޔަކަށް ފެންނާނެހެން ރޯމާ ދުވާލު އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލާއި ޖިންސީ ގުޅުން ހިންގި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އިން ބުނީ، ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ...

އަލީ އާދިލް
އީރާނުގައި 130،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓާއި 1،485 ތަރައްޤީގެ މަޝްރޫޢު އިފްތިތާޙުކޮށްފި

އީރާނުގައި 130،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓާއި 1،485 ތަރައްޤީގެ މަޝްރޫޢު އިފްތިތާޙުކޮށްފި

އީރާނުގެ މިނިސްޓްރީ އޮފް ރޯޑްސް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުން މުޅި ޤައުމުގައި ހިންގި 130،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓާއި 1،485 ތަރައްޤީގެ މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ސަރުކާރު ހަފްތާއާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތްތައް އިފްތިތާޙުކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވީ، މި މަޝްރޫޢުތަކަކީ އުމ...

ނާޒިމާ އަލީ
ރައީސާ ބައްދަލުކުރަން މިލަންދޫ ދާއިރާ ހިމެނޭހެން އަށް ދާއިރާއަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

ރައީސާ ބައްދަލުކުރަން މިލަންދޫ ދާއިރާ ހިމެނޭހެން އަށް ދާއިރާއަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދެން އޮންނަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ 8 ދާއިރާއަކަށެވެ. އެއީ މިލަންދޫ ދާއިރާ،...

ޔުމްނާ ޢަލީ
ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް: މީހަކު ނިޔާވެ އިތުރު މީހަކަށް ފަރުވާދެނީ

ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް: މީހަކު ނިޔާވެ އިތުރު މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި ތިއްބައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ މާލޭ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ކަމަށެވެ. ހާލުދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، […]

ޔުމްނާ ޢަލީ
ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް

ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް

މީސްމީޑިއާގެ މަންސަހުން، ތަފާތު، ރީތި ސައިކަލްތަކެއް ފެންނަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ލޮލުގައި އަޅައިގަތީ މަޑުދަނބު ކުލައިގެ ސްކޫޕީއެކެވެ. ދަނބު ކުލައިގެ  ސްކޫޕީއެއް މީގެ ކުރިން ފެނިފައިނުވާތީ، ވާނުވާ ބަލައިލަން ކުޑަ ދިރާސާއެއް ކޮއްލީމެވެ. އެ ސައިކަލް ޕޯސްޓް ކޮއްފައިވާ ”އަދޭ ގަރާޖް” ގެ ނަމުގައި އޮތް ފޭސްބުކް ޕޭޖް ބަލައިލެވުނީ ޝައުޤުވެރިކަމާއެކުއެވެ. އެއާއެކު ފެނިގެން ދިޔައީ، ދުވަހަކު ވެސް ނުދެކޭފަދަ ރީތި ސައިކަލްތަކެކެވެ. މާލޭގެ ފިހާރަތަކުން އެ ފަދަަ ރީތި، ކުލަކުލައިގެ ސައިކ...

ސަލާމާ ޢަބްދުލް ޢަލީމް
އެމްބާޕޭގެ ހެޓްރިކާއެކު ރެއާލަށް ބޮޑު މޮޅެއް، ސާވިއޯގެ ފުރަތަމަ މެޗުގައި ތަފާތު ދައްކައިފި

އެމްބާޕޭގެ ހެޓްރިކާއެކު ރެއާލަށް ބޮޑު މޮޅެއް، ސާވިއޯގެ ފުރަތަމަ މެޗުގައި ތަފާތު ދައްކައިފި

ސްޕެނިޝް ލީގުގައި ބުދަ ދުވަހު ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކާއެކު ރެއާލް މެޑްރިޑުން 4-1 އިން ރެއާލް ސޮސިއެދާދް ބަލިކޮށްފިއެވެ. އަދި އަލަށް ގެނައި ސާވިއޯގެ އެހީތެރިކަމާއެކު އިންގްލިޝް ލީގު ކަޕުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ 5-1 އިން ޗާލްޓަން ބަލިކޮށްފައެވެ. މޮރީނިއޯގެ އެނބުރި އައުމާއެކު ރެއާލްގެ ފުރިހަމަ ކާމިޔާބީއެއް ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ރެއާލް މެޑްރިޑާ ހަވާލުވެ، ސެންޓިއާގޯ ބަރނަބެއު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ހޯމް މެޗުގައި އެމްބާޕޭ ވަނީ ފުރަތަމަ ހާފުގައި އެއް […]

އަޙްމަދު ވަހީދު
އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

އަމިއްލަ ފަރާތަކުން، އުތީމުގައި ފްލެޓް ޢިމާރާތް ކޮށްދިނުމާއި، ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް، އުތީމު ކައުންސިލުން ބުނެފިއެވެ. އެ ފަރާތުން ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. މި ޕްރޮޖެކްޓްގެ ދަށުން، ގެދޮރު އިމާރާތް ކުރުމަށާއި، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށްދިނުމަށް ކޮންޓ...

ފާތިމަތު ސަޙާ