ރާއްޖެ އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައި: އެމްޓީޑީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމްޓީޑީ އިން ހާމަކޮށްފިއެވެ. އެ ޕާޓީން މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށުމާއި ގުޅިގެން މީޑިއާ އަށް މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަނީ ހއ. އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވަނީ އެރަށުގައި ތައުލީމާއި ތަމްރީން ދޭ މަރުކަޒެއް ގާއިމްކޮށްދީ، ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެޗްއާރްސީއެމް ގެ "ޙައްޤުގެ ސައްލާ" މި މަހު 10 ގައި ބާއްވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ “ޙައްޤުގެ ސައްލާ” މި ޖުލައި މަހު ބާއްވަން ނިންމައިފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަކާއި މައްސަލަ ޙައްލު ކުރާނެގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ހުޅުވައިލައިގެން ބާއްވާ ޕްރޮގްރާމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އޮންލައިން މީޓިން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އެއްބަސްވުން އައުކުރުން ނޫން ގޮތެއް އެމްބާޕޭއަކަށް ނެތް ކުރިއަށް އޮތް ސީޒަންގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުން ނޫންގޮތެއް ނޯންނާނެ ކަމުގައި އެ ކުލަބުގެ ރައީސް ނަސީރު އަލް ޚެލައިފީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭ، ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ. އުމުރުން 24 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އަލް ޚެލައިފީ ބުނީ އެމްބާޕޭ ޓީމްގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާހު އިސްމާއިލް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާޢިލް (ސާޔާ) އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީއޭ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޝާހު އިސްމާއިލަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރި ފުޓްބޯޅަ ފޯވާޑުންގެ ތެރޭގައި ހިމެނުނު ފަރާތެކެވެ. އަދި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ މި ކުޅުންތެރިޔާ ވަނީ ފުޓްބޯޅަ ކުޅުއްވިއިރު، ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދަވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނީ ޔާމީނަށް: އާދަމް ޝަރީފް މިވަގުތު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (13) ކުރީގެ އަދާއިގުޅޭ، ” ތި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން..” ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންއަށް ދެލޯ މަރާލެވުނެވެ. އަތުގެ އިނގިލިތައް ފިއްތާލެވުނުލެއް ބާރުކަމުން، އޭނާގެ އަތުގެ އުޅަނބޮށިން ފެށިގެން އަތްތިލައާއި ހަމައަށް ފުއްޕާފައި ހުރި ނާރުތަކަށްވެސް ބާރުވެގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި ހުރި ހާރޫންއަށް ދެލޯ ހުޅުވައިލެވުނީ ދާދި ކައިރިން އިވުނު ޔަޝްމީގެ އަޑުންނެވެ. އޭރު ޔަޝްމީ ހުރީ ސީދާ އޭނާގެ ކުރިމަތީގައެވެ. ” އަހަރެންގެ ފަހަތުން ނޫޅޭ! ހެޔޮނުވާނެ! ” ރައްދުގައި […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ވިޔަފާރި އެމްޕީއެލްގެ މުވައްޒަފުން ތަމްރީން ކުރަން އެންއެމްޔޫސީއާއެކު ސޮއިކޮށްފި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ތަމްރީން ކުރުމަށް ނެދަލެންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެންއެމްޔޫސީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޗެއާމަން ދާޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ފަހުމުނާމާއަކީ އެމްޕީއެލް އާއި އެންއ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ރައީސް ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް: ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވަނީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން އެއްގޮތަަކަށް ވެސް ކަމުނުދާ ކަމަށާއި ރައްޔިތުން އެދެނީ މި ވެރިކަން ބަދަލުކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އަދީބާއި ޒިޔަތު ނެތަސް ޔާމީން ކުށްވެރިވާނެ ހެކި އެބަހުރި: ދައުލަތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ފަރާތް ކުރިޔަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ އެހީގައި މިލަންދޫގައި އައުޓްޑޯ ރީޑިން ޕާކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެރިކަން އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އިމްތިހާނުތަކާ ގުޅިގެން ފޮނުވާ ސެޓްފިކެޓްތައް އަތޮޅުތެރެއަށް ފޮނުވަން ޕޯސްޓް އޮފީހަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާއެއްގައި ދެ ފަރާތުން ވަނީ ސޮއި ކޮށްފައެވެ. ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، ޕަބްލިކް އެގްޒާމިނޭޝަން އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި ކުރިން ބާސެލޯނާއަށާއި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން ލުއިސް އެންރީކޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމު ހުސްވެފައި ވަނިކޮށެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އެންރީކޭ ކޯޗިން... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން