ވިޔަފާރި އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ، އަވަހަށް ރަޖިސްޓްރީ ކޮށްލާ! އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި، ރަޖިސްޓްރީވުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ދިވެހި ބަސް ދިރުވައި އާލާކުރުމަށް ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނި މިހެން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރާއްޖޭގައި މިއަދުފާހަގަކުރާ މި ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝަޢުގުވެރިކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. “ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނާޒިމް މިއަދު ހދ. ގެ ތިން ރަށަކަށް، ޖަލްސާ މިރޭ މަކުނުދޫގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހދ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ. ނާޒިމްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައެވެ. އެއަށްފަހު މިއަދު ހދ. އަތޮޅުގެ ތިން ރަށަކަށް ނާޒިމް ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެއެވެ. ނާޒިމް މިއަދު ވަޑައިގަންނަވާ ރަށްތަކަކީ ނެއްލައިދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މަކުނުދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް އޮންނާނެ ކަމަށް އެ […... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ބޮޑު ތިލަދުންމަތި ހެދޭނެ: ނާޒިމް ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވިއްޖެނަމަ، ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ވާނީ ހަމައެކަނި ބޮޑު ތިލަދުންމަތި ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ “އުޖާލާ ޒަމާން” ގެ ނަމުގައި ހދ. ކުޅުދުއްފުށި ސިޓީގައި އެމްއެންޕީ އިން ކުރިއަށްގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ރާއްޖެއަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި އަދި ދެކުނު އޭޝިއާ އަށ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ހުޅުމާލޭގައި އެޅި "ވަން ސެންޓްރަލް ޕާކް" އެޕާޓްމެންޓްތައް ހަވާލުކޮށްފި ހުޅުމާލޭގައި އަޅާފައިވާ “ވަން ސެންޓްރަލް ޕާކް” މަޝްރޫއު ދެ އަހަރުތެރޭ ނިންމާ އެޕާޓްމެންޓްތައް ގަތް ފަރާތްތަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މި އެޕާޓްމަންޓްތައް ގަތް ފަރާތްތަކާއި ހަވާލުކުރުމަށް ހުޅުމާލޭ ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެޕާޓްމަންޓްތައް ތަރައްގީކުރި ކުންފުނީގެ ފަރާތުން މިސްޓަރ ނީރ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މި ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންގެންނެވުމަށް ނާޒިމް މިހާރު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ކުޅުދުއްފުށީގެ އެމްއެންޕީގެ ސަޕޯޓަރުން ވަނީ ނާޒިމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެމްއެންޕީގެ މިރޭގެ ޖަލްސާގައި އެ ޕާޓީގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ތަރ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ހައްޖުގެ އަޅުކަމަށްފަހު މިއަދު ރާއްޖެ އަންނަން ފަށައިފިއެވެ. 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ. ދިވެހި ހައްޖުވެރިން މިއަދު ރާޖެ އަންނަން ފެށިއިރު މިގޮތުން މިއަދު ވަނީ ދެ ފްލައިޓެއްގައި ހައްޖުވެރިން ރާއްޖެ އައިސްފައެވެ. މިއަދު ރާއްޖެ އައިސްފައި ވަނީ ޙައްޖު ކޯރޕަރޭޝަނާއި، އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ މީހުންނެވެ. […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު އާސެނަލް ދޫކޮށް ޝަކާ ލެވަކޫސަން އަށް ސްވިޒަލެންޑާއި އާސެނަލްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ގްރޭނިޓް ޝަކާ، އާސެނަލް ދޫކޮށް ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއި ގުޅިއްޖެއެވެ. އުމުރުން 30 އަހަރުގެ ޝަކާ އާސެނަލާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މިވަނީ އާސެނަލް ދޫކޮށް 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ލެވަކޫސަންއަށް ސޮއި ކޮށްފައެވެ. ޝަކާ އާސެނަލާއި ގުޅިފައި ވަނީ ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލެޑްބަކްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން ޓޫރިޒަމް ވިޔަފާރިއަށް 40 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި 5000 (ފަސްހާސް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އުކުޅަހުގެ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރާނެއެވެ. އެގޮތުން، މި މަގުތަކުގެ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން "ތުރުކީ މެސީ" ރެއާލަށް “ތުރުކީ މެސީ” ގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ، ތުރުކީގެ ޒުވާން މިޑްފީލްޑަރ އާރްދާ ގުލާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅިއްޖެއެވެ. ތުރުކީ ލީގުގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ގުލާ ރެއާލާއި ގުޅިފައިވަނީ 20 މިލިއަން ޔޫރޯ (22 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. ގުލާ ވަނީ ނިމިދިޔަ ސީޒަންގައި ފެނަބާޗޭގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީ ހަތަރު ލަނޑު ޖަހަން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ނުދައްކާ ހުރި ބިލްތައް ދެއްކުމުން ޖޫރިމަނާ މާފު ކޮށްދެނީ ފެން ބިލުގެ ޖޫރިމަނާ މައާފުކުުރުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފެށީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމުލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރާ ކަސްޓަމަރުނ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސްކޮލާޝިޕް ދީފި ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސަރުކާރުން ސްކޮލާޝިޕް ދީފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވައިލި 200 ފުރުސަތަށް 322 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ޕަބްލިކް ކެޓަގަރީ 50 ކެންޑިޑޭޓުން ކޮލިފައިވެފައިވާއިރު، އޯޕަން ކެޓަގަރީ އަށް 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ހުވަދު އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށަން ލޯންޗުތައް ފުރައިފި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެ، ލޯންޗުތައް މާލެއިން މިއަދު ފުރައިފިއެވެ. މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ވަނީ ހުވަދު އަތޮޅުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ހަ ލޯންޗު މިއަދު އެ އަތޮޅަށް ފުރުވާލައިފައެވެ. […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައި: އެމްޓީޑީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމްޓީޑީ އިން ހާމަކޮށްފިއެވެ. އެ ޕާޓީން މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށުމާއި ގުޅިގެން މީޑިއާ އަށް މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން