ރާއްޖެ އަދީބު ބޭހަށް ބޭރަށް ފުރައިފި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލް ޣަފޫރު ބޭސް ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މިއަދު ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސާވިސްއިން ދީފައިވާ ކަމަށެވެ. ކަރެކްޝަނަލް އޭނާއަށް ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށް ބޭސްފަރުވާއަށް ރާއްޖޭން […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހަދާނަން: ނާޒިމް ހއ. ދިއްދޫ ކައިރީގައި އޮތް ފިނޮޅުހިއްކައި، ރިސޯޓެއް ހައްދައިދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ނާޒިމް ވިދާޅުވީ އެރަަށާއި ކައިރީގައި ރިސޯޓު ހެދޭނެ ތަންތަން އެބަހުރި ކަމަށާއި އެގޮތުން އެރަށަށް އެންމެބޮޑު ނަފާ ލިބޭނީ ކިހިނެއްތޯ ދިރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ޕުލިސިޗް އޭސީ މިލާނަށް ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް އޭސީ މިލާނާއި ގުޅުމާއި ގާތަށް ގޮސްފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އުމުރުން 24 އަހަރުގެ ޕުލިސިޗް ޗެލްސީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕުލިސިޗް މިލާނާއި ގުޅެނީ 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާގެ މެޑިކަލް ކަންކަން މިލާނުން މި ހަފްތާގައި ނިންމާނެއެވެ. ޕުލިސިޗް ޗެލްސީއަށް ގެނެސްފައި ވަނީ 2019 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑު... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އުތީމު ގަނޑުވަރުގެ މަރާމާތާއެކު 9 މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއެކު އެއްބަސްވެއްޖެ ހއ. އުތީމު ގަނޑުވަރުގެ މަރާމާތާއެކު ގިނަ މަޝްރޫއެއް ހިންގުމަށް ރާއްޖެއިން އިންޑިއާ އާއެކު އެއްބަސްވެއްޖެއެވެ. މިއީ ރާއްޖެއާއި އިންޑިއާއި ދެގައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. އެގޮތުން މުހިންމު 9 އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދެގައުމުގެ ދެމެދުގައި މއިަދު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހއ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއޭސީއެލް އިން ކެއާ ސޮސައިޓީއަށް އެއް ލައްކަ ރުފިޔާގެ އެހީއެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ. މިއީ ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ. އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިން އެހީ އާއި ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ މި ހަދިޔާއަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އޭޝްލީ ޔަންގް އެވަޓަންއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން އިންގްލެންޑްގެ ތަޖުރިބާކާރު ފުލްބެކް އޭޝްލީ ޔަންގް އެވަޓަން އަށް ބަދަލުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ޔަންގް ނިމިދިޔަ ސީޒަންގައި ކުޅުނީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށެވެ. އޭނާ ވިލާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވުމާއިއެކު އޭނާ އެވަޓަންއާއި ގުޅިފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނިމިދިޔަ ސީޒަންގައި އޭނާ ވަނީ ވިލާއަށް 32 މެޗު ކުޅެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ އެވަޓަންއަށް ބަދަލުވުމަށް ފުރިހަމަ ކުރަންޖެހޭ މެޑިކަލް ޓެ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި 100،000ރ. ގެ ޕްރައިޒް ޕޫލަކާއެކު އުރީދޫ ނޭޝަން ޕަބްޖީ މުބާރާތް މި މަހުގެ 21 ގައި އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތްކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އުރީދޫ ނޭޝަންއިން ކުރިއަށްގެންދާ މި މުބާރާތަކީ ގޭމު ކުޅޭ ފަރާތްތަކުގެ ތެރެއިން ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް، ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަރާމާތަށްފަހު ކުޅުދުއްފުށީ ބެޑްމިންޓަން އެރީނާ ހުޅުވައިފި މަރާމާތަށް ބަންދުކުރިތާ ހަތަރުމަހެއްހާ ދުވަސްފަހުން، އެ މަސައްކަތް ނިންމައި ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން އެރީނާގެ ދެ ބެޑްމިންޓަން ކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. ބެޑްމިންޓަން ކޯޓްތައް ހުޅުވުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މިއަދު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގައި ބެޑްމިންޓަން އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ރަންނަރު ޙުސައިން އަލީ އެވެ. މީގެ ހަތަރުމަހެއްހާ ދުވަސްކުރިން ބެންޒީ ޕްރައިވެޓް... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވަނީ ހދ. ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި “އަޅިވިލާ” ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި މިއީ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ. މި ދޯނި ޅ. ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސިޔާސީ ގޮތުން މަސައްކަތް ކުރާނެ ވަކި ފަޅިއެއް އަދި ނުނިންމަން: އަލީ ވަހީދު ސިޔާސީ ގޮތުން މަސައްކަތް ކުރާނީ ކޮން ފަޅިއެއްގައި އަދި ކޮން ސިޔާސީ ޕާޓީއަަކާއި އެކުގައިކަން އަދިނުނިންމާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެެވެ. އޭނާ މިހެން ވިދާޅުވީ އަމިއްލައަށް އަރުވާލެވިގެން ގާތްގަޑަކަށް ދެ އަހަރެއްހާ ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަލީ ވިދާޅުވީ އޭނާ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވަނީ ގައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައި، އަދި ގައުމުގެ ތަރައްގީ ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް ބާރުއަޅުއްވާފައެވެ. އަދި އިގްތިސާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ‘’ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023’’ އިއްޔެ ފަށައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި ފިއެސްޓާ ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އެވެ. މި ފިއެސްޓާ ހުޅުވި މެޗުގައި ބްލެކް ކޯނަރ އާއި ފިއުރިއަސް އެވެ. މި މެޗް ބްލެކް ކޯނަރ ކާމިޔާބު ކުރީ 2-0 އިންނެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ބްލެކް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދެ ފަނޑިޔާރުން ޗުއްޓީއާ އެކު ޔާމީނަށް އިންތިހާބުގެ ފުރުސަތު ހަނިވެއްޖެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ސަލާމަތްވުމުގެ ފުރުސަތު ހަނިވެއްޖެ އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވާ ބައްލަވަނީ ފަނޑިޔާރުންގެ ތެރެއިން ހުޒައިފާ މުހައްމަދު މިހާރު ހުންނެވީ މެޑިކަލް […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދޭނަން: ނާޒިމް ހއ. އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދެއްވާނެ ކަމުގެ ވައުދާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފިއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހާރު ގެންދަވަނީ ކެމްޕޭނަށް ބޮޑު ތިލަދުން މައްޗަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން އިއްޔެ ނާޒިމް ވަނީ ހއ.ގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފައެވެ. މިގޮތުން އުތީމު، ތަކަނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ''އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ'' އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމަށެވެ. ރާއްޖޭގައި ވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވި ކަމަށާއި އެބޭފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން