މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޑިމޮކްރެޓްސް އިން ދިނީ މުހުލަތެއް، އެއްބަސް ނުވެވޭނަމަ ވަކިއަތަކަށް ނުޖެހޭނެ

ޑިމޮކްރެޓްސް އިން ދިނީ މުހުލަތެއް، އެއްބަސް ނުވެވޭނަމަ ވަކިއަތަކަށް ނުޖެހޭނެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނާއެކު ކުރިއަށް ދިއުމުގައި ގޮތެއް ނިންމުމަށް މުހުލަތެއް ދީ، އެއްބަސްވުމަކަށް ނާދެވޭ ނަމަ، އިންތިހާބުގައި ވަކި އަތަކަށް ނުޖެހެން ޑިމޮކްރެޓްސް އިން ފާސްކޮށްފިއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ޝިފާޒް (ޝިއްޕެ) ހުށަހެޅުއްވި ގަރާރަކުން މިގޮތަށް ފާސްކުރީ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ ތެރއެއިން، 50 މެންބަރުން ވޯޓު ދީގެންނެވެ. އެ ގަރާރުގައި ހިމެނެނީ މައިގަނޑު ތިން ނުކުތާއެކެވެ. ގަރާރުގައި ވާގޮތުން ސ...

އިސްމާއިލް މޫސާ
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ނިންމާފައި ވަނީ މި މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށް ގެންދާށެވެ. އެއީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ތިން ޓީމް ބައިވެރިވާނަމައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައ...

އިބްރާހިމް ޚަލީލް
ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން: މުއިއްޒު

ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން: މުއިއްޒު

މި ސަރުކާރުން އިންސާފު ގާއިމު ކުރުމުގައި ފެއިލް ވެފައިވާ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާގެ އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފު ހޯދައިދީފައި ނުވާ ކަމަށާއި އެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ވެސް ދީފައި ނުވާކަމަށެވެ. އަދި ނަޝީދުއަށް އިންސާފު ހޯދައިދޭނީ ޕީ...

އިސްމާއިލް މޫސާ
ސެކިއުރިޓީ ވަރުގަދަކުރަން ބީއެމްއެލް މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް

ސެކިއުރިޓީ ވަރުގަދަކުރަން ބީއެމްއެލް މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފިއެވެ. މިއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން އެ ބޭންކުން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓާކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ބީ...

އަޙްމަދު ވަހީދު
ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ބޭރުތޮށި ލުމާއި، 14 [...

އަޙްމަދު ވަހީދު
ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޑިމޮކްރެޓުންގެ ނިންމުން މިރޭ

ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޑިމޮކްރެޓުންގެ ނިންމުން މިރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުން އަރާނެ ފަޅިއެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ މި ނިންމުން ނިންމާނީ މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިއީ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ހަތްވަނަ ބައްދަލުވުން ކަމަށާއި މި ބައްދަލުވުން އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. […]

މުޙައްމަދު އަފްރާޙް
އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި

އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކޮށްފިއެވެ. އެމްޓީޑީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ދެ ޕާޓީގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ގައުމުގެ ހުރި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ޕާޓީން އެމްޑީޕީ އާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އިނ...

މުޙައްމަދު އަފްރާޙް
މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ބިއްދަރިގޭ އިބްރާހިމް އަހުމަދުގެ މައްޗަށް އެ ހުކުމް އައީ މާލޭގެ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަސާސީ […]

ހުސައިން ހަބީބް
މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ

މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ބަނދަރު ސަރަހައްދުން ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށު ބަނދަރުން އެކިއެކި ވިޔަފާރިއަށް ޖުމްލަ ފަސް ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާއިރު، ފިއުލް ސްޓޯރޭޖާއި ޕެޓްރޯލް ޝެޑް ހެދުމަށް 5598.78 އަކަފޫޓުގެ ދެ ބިމެއް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ކެފޭ ރެސްޓޯރެންޓް ހިންގުމަށް 1806.03 އަކަފޫޓުގެ އެއް ބިން 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށް ނިންމާފައިވާއިރު، އާންމު...

އިބްރާހިމް ޚަލީލް
ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އެ ރަށު އުދަރެސް، އަލްމަރްހޫމާ ހަދީޖާ މުހައްމަދާއި އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ހަނދާނުގައި، އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިއްދޫ އެކުވެރިކަމުގެ ޗޭން، ޖަމިއްޔާއިންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި...

އިބްރާހިމް ޚަލީލް
މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ރެއާލް އެއްވަނައަށް

މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ ސޮސިއެޑާޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗު ކާމިޔާބު ކޮށްފައެވެ. މިއީ ލީގުގައި ރެއާލުން ކުޅުނު ފަސްވަނަ މެޗެވެ. އެ ޓީމް ވަނީ މި ފަސްމެޗު ވެސް ކާމިޔާބު ކޮށްފައެވެ. މިވަގުތު 15 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ރެއާލްއެވެ. ދެވަނާގައި އޮތް […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ކުރީގެ އަދަދާއިގުޅޭ، ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވ...

ސަލާމާ ޢަބްދުލް ޢަލީމް
ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގައިދޮށްވެފައިވާއިރު، ހަގީގަތާއި ހިލާފް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން އެ ކޮމިޝަނުން ބޭނުން ކުރަމުން އަންނަ ޕޯޓަލް އަކީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް، ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުން ކުރަމުން އަންނަ ޕޯޓަލެ...

ޔުމްނާ ޢަލީ
ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެ، ދެން މިފައްޓަނީ އިރަން: ޝިޔާންޓޭ

ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެ، ދެން މިފައްޓަނީ އިރަން: ޝިޔާންޓޭ

ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެކަމަށާއި، މިހާރު ފަށާފައި ވަނީ ”އިރަން” ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ރޭ ވިދާޅުވެއްޖެއެވެ. ޝިޔާންޓޭ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު އަށް ތާއީދުކުރައްވައި، ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފައެވެ. ޝިޔާންޓޭ ޕީޕީއެމާއި ގުޅިވަޑައިގަތީ ރޭ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ކުރިއަށް ދިޔަ މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ. ފެށުނީއްސުރެ އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމ...

ޔުމްނާ ޢަލީ
މިއަދު ވެސް ކޯރަމް ހަމަނުވެ މަޖިލިސް ނުފެށުނު

މިއަދު ވެސް ކޯރަމް ހަމަނުވެ މަޖިލިސް ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ފެށޭގޮތެއްނުވިއެވެ. މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާއެވެ. މި ޖަލްސާގެ އެޖެންޑާގައި އިބުތިދާއީ ބަހުސްގެ ބައިގައި ހިމަނާފައިވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީޖީ ލީޑަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ”ގެއްލުނު މަސްކަނޑުގެ ބައި އަވަހަށް ހޯދުމަށް ގޮވައިލާ” ގަރާރެވެ. މީގެ އިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖު ކުރުމު...

ޔުމްނާ ޢަލީ