ރާއްޖެ އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ ކެބިނެޓެއް: މުއިއްޒު އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ އަދި ރައްޔިތުން ފަހުރުވެރިވާ ކެބިނެޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. “ސަންގު” ޓީވީ އާއި “ޗެނަލް 13″ ގުޅިގެން ދެއްކި “އާސްކު މުއިއްޒު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށެވެ. އަދި ކެބިނެޓްގައި ތިއްބަވާނ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މާާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރު ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރަށްވެހިންގެ ތެރެއިން... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫއިން އަންނަ މަހު ބާއްވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” އަންނަ މަހު ބާއްވަން ނިންމައިފިއެވެ. އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 19، 20 އަދ 21ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި އުރީދޫ ނޭޝަން ޕަބްޖީ މޯބައިލް، […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
މަޖިލިސް ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ. ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަތުމާ ގުޅިގެން މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވުމުން އެކަމަށް ތާއިދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް އިހުލާސްތެރި ވެރިއަކު ހޯދަން ޖެހޭ: މޮސްޓާ ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ވެރިއަކު ނާންނަ ކަމަށާއި ވެރިން އަންނަނީ އަމިއްލަ ޖީބަށް ކަންތައް ކޮށްދޭން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މޮސްޓާ ވިދާޅުވީ އިއުލާނުކޮށްގެން ވިޔަސް، ބޭހެއް ކާންދީގެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ. ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ. އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ މި އެލަވަންސް ދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދޭގޮތަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، އެ އެލަވަން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު މެސީއާއި ރޮނާލްޑޯ ނުލައި ޗެމްޕިއަންސް ލީގު މި ހަފްތާގައި ފަށަނީ ފާއިތުވި ވިއްސަކަށް އަހަރު ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލައިނަލް މެސީ ނުލައި، ޔުއެފާ ޗެމްޕިއަންސް ލީގު 2023/24 ސީޒަން މިރޭ ފަށާނެއެވެ. ރޮނާލްޑޯއާއި މެސީއަކީ ފާއިތުވި ވިއްސަކަށް އަހަރު ވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ ޖުމްލަ ފަސްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގިނަ ރެކޯޑްތަކެއް ވެސް މި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޑިމޮކްރެޓްސް ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އުފެއްދި ދަ ޑިމޮކްރެޓްސް، ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެއްޖެއެވެ. ދަ ޑިމޮކްރެޓްސްއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ލިބިފައިވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާއި އެކުގައެވެ. ދަ ޑިމޮކްރެޓްސްއަށް މި ބާރު ލިބުމުގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. އޭރު މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެވެ.... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. “ޓީބީ މުތާ ޕްރިންސަސް” ޓަގު ބޯޓާއި “މުތާ ޕްރައިޑް” ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއީ ސްރީލަންކާގެ މމަސްބޯޓެއް ކަމަށާއި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. މި ބޯޓު މިއަދު އަތުލައިގަނެފައިވާއިރު، އިއްޔެ ވެސް ވަނީ ރާއްޖެ ސަރަހައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (64) ކުރީގެ އަދަދާއިގުޅޭ، ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ. ” އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި” ޔަޝްމީއަށް ބުނެވުނެވެ. *** މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ތުހުމަތު ކުރާނެ ކަމެއް ނޯންނާނެ، ލޯ ލާރިއެއްގައި ވެސް ނުޖެހޭނަން: ރައީސް އެމަނިކުފާނާމެދު ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިރަށް މާލޭގައި ރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، ބައެއް މީހުން އެމަނިކުފާނަށް ހިޔާނާތުގެ ތުހުމަތު ކުރެއްވި ނަމަވެސް ދައުލަތުގެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން