ރާއްޖެ މަޝްވަރާ ކުރަނީ އަންނަ މަހު 29 ގައި ނިޒާމީ ވޯޓެއް ނަގަން: އީސީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައި ވަނީ އަންނަ މަހުގެ 29 ގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާން ކުރާ އިރު، އީސީގެ މެމްބަރުންގެ ވިސްނުމުގައި ހުރީ އޮކްޓޯބަރު 29 ގައި ވޯޓު […] މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުލަބުގެ ފަރާތުން މުބާރާތަށް ކަނޑައަޅާފައިވާ އިންޗާޖް މުހައްމަދު ސައީދުއެވެ. އަތޮޅު ކައުންސިލުގެ ފަރާތުން މ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ހުޅުމާލޭގައި އީ ސްކޫޓާ ތައާރަފުކޮށްފި ހުޅުމާލެގައި “އާބަން ގްލައިޑް” ގެ ނަމުގައި އީސްކޫޓާ ތައާރަފްކޮށްފިއެވެ. އާބަންކޯއިން ތައާރަފު ކޮށްފައިވާ މި ހިދުމަތް އަންނަ އާދިއްތަ ދުވަހުންފެށިގެން އާންމުނަށް ހުޅުވާލާނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގައި ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އީ ސްކޫޓަރު ލިބެން ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުންނެވެ. އެތަނުގައި ވަނީ ހަތަރު އީސްކޫޓަރު ބަހައްޓާފައެވެ. މިސްކޫޓަރުތައް ދުއްވަން ބޭނުންނާ ފަރާތް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާ މައްސަލަ ބަލަން ގޮވާލައިފި އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި އެ ގައުމާއި ރައްޔިތުންނާ މެދުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ބެލުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ. ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދިފައި އޮތް އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ދޮގު ރިޕޯޓުތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދ... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ޑޮކްޓަރުންގެ ލަފައާ އެކު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އަދީބު ބޭސްފަރުވާ އަށް ވަޑައިގެންނެވީ މިދިޔަ ޖުލައި 12 ގައެވެ. ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ހުއްދަ އެންމެ ފުރަތަމަ އަދީބަށް ދިނީ 10 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދިން މުއްދަތު ވެސް ހަމަވެ ފަހުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރު ކޮށްދީފައެވެ. […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އަލީ ވަހީދު ސިޔާސީ ގޮތުން ކުރިއަށް ދާނެ ގޮތެއް މާދަމާ ހާމަކުރައްވަނީ ސިޔާސީ ގޮތުން ނިންމަވާ ނިންމެވުން މާދަމާ ހާމަކުރައްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހިން އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. “ކަމުގެ ހަގީގަތް ޓައިމްލައިނާ އެކު ބަލައިފިން. އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަކުރާނަން،” އަލީ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައ... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ހދ. އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ސިރާޖު އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ. ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ހދ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށި ސިޓީގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް […] އަލީ އާދިލް · 3 އަހަރު ކުރިން
ޚަބަރު ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ އިސްރަށްވެހިންނަށް ރަނގަޅު "އޯލްޑް އޭޖް ހޯމް" ޤާއިމްކުރާނަން: ޑރ. މުޢިއްޒު ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ރަނގަޅު ފެންވަރެއްގެ “އޯލްޑް އޭޖް ހޯމް” އެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި ބައިވެރިވި އިސްރަށްވެއްސެއްގެ ޝަކުވާއަށް ޖަވާބު ދެއްވަމުންނެވެ. ސުވާލުކުރި އިސްރައްވެއްސަކު ސުވާލުކުރީ ބޭނުންވަނީ އުމުރުން ދުވަސްވެފަތިބޭ މީހުނާ ރައްޓެހިކޮށް ގާ... އަލީ އާދިލް · 3 އަހަރު ކުރިން
ޚަބަރު މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅު ހިއްކަން ފަށައިފި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށައިފިއެވެ. އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދަށުން އެތަނަށް 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހުޅުމާލެ އިން ހިއްކަނީ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ގުޅުވާލާ ބްރިޖުގެ ހުޅަނގު އުތުރުކޮޅުގައި އޮންނަ ފަޅެވެ. އެ ފަޅު ހިއްކުމާއެކު، ފަރުކޮޅުފުއްޓާ ގުޅިގެންދާނެއެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯ އިން ބުނީ މި މަޝްރޫއާ އެކީގައި މާލޭގެ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވެރިކަން ކުރާނީ އެއްވެސް ރައްޔިތެއް ތަފާތުނުކޮށް: މުޢިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންނަށް ހަމަމަކަމާއިއެކު ވެރިކަން ކޮށްދެއްވުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެމްޕޭންގައި މިއަދު މެންދުރުފަހު ހިތާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި މުޢިއްޒު ވަނީ، އެރަށު ކައުންސިލްގެ ރައީސް އިސްވެ ހުންނަވާ އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވުމާއި ގުޅިގެން ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑުމެން ވެރިކަމަށް އަންނަނީ ހުރިހާ ރައްޔިތު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު އޮޑެގާޑް ކޮންޓްރެކްޓް އައުކޮށްފި އާސެނަލްއަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރ މާޓިން އޮޑެގާޑް، އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. އުމުރުން 24 އަހަރުގެ އޮޑެގާޑް ވަނީ އިތުރު ފަސް އަހަރު އެ ޓީމްގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓް އައުކޮށްފައެވެ. އައު ކޮންޓްރެކްޓްގެ ދަށުން 2027-28 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާނެއެވެ. އޮޑެގާޑަކީ 2021 ވަނަ އަހަރި ޖަނަވަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އާސެނަލުން ވަނީ އެ އަހަރުގ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކޮލަމް ''ރިޝްވަތު ޙަރާމް، ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާއަށް މާތްﷲ ލަޢުނަތްލެއްވި'' ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލަޢުނަތްލައްވާފައިކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުތުބާގެ މަޢުލޫއަކީ ”ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ނުބައިކަން” މިއެވެ. މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފައިވާގޮތުގައި، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން އެންމެ ފިލުވާލަން އުނދަގޫ އެއް ވަބާ އަކީ ރިޝްވަތުގެ ވަބާއެވެ. ބައެއް މުޖުތަމައުތަކުގައި ރިޝްވަަަތުގެ ވަބާ ވަރަށް ބޮޑަށް ޢާންމުވެފައިވާއިރު، ބައެއް މުޖުތަމައުތަކުގައި ރި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން