ތިލަދުންމަތީ ޚަބަރު ވިދިވިދިގެން 3 ވަނަ ފަހަރަށް ތިލަދެކުނު ޤުރުއާން މުބާރާތް، ނޮޅިވަރަމުން ކާމިޔާބުކޮށްފި ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ތިލަދެކުނު ޤުރުއާން މުބާރާތް 2023” ގެ އެއްވަނަ ވިދިވިދިގެން ތިންވަނަ ފަހަރަށް ނޮޅިވަރަމުން ހޯދައިފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 21 ސެޕްޓެމްބަރ އިން 23 ސެޕްޓެމްބަރ އަށް ހދ.ކުޅުދުއްފުށީގައެވެ. މި މުބާރާތުގެ އެއްވަނަ ނޮޅިވަރަމުން ހޯދިއިރު، ދެވަނަ ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މުބާރާތުގެ ވަނަތައް މުޅި މުބާރާތުން އެއް... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އިސްލާހީ ބަދަލުތައް ދެން ގެނެވޭނީ ރައީސް ސޯލިހަށް: އަމީން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިގަތުމުން ދެން ރާއްޖެ އަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނެ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި ކުރީގެ ހެލްތް މިނިސްޓަރު އަދި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ނަޝީދަށް ދިން ބޮމުގެ ހަމަލާ: އަލިމަނިކު ފަސް އަހަރަށް ޖަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2021 ވަނަ އަހަރު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ 10 ޕްރޮޖެކްޓް ހޮވައިފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުތައް ހޮވައިފިއެވެ. ދެވަނަ ފިޔަވަހީގައި ފަންޑަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން ވަނީ އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައިފައެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުތައް: 1. ފިިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް – ދަ ރީޑިންގ ރޫމް، ހުޅުމާލެ 2. އަންހެނުންނަށް ހާއްސަ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މާލެ ސަރަހައްދުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކީ ވެސް މި ސަރުކާރުން ގެނެސްފައިވާ ހެލިކޮޕްޓަރުތަކެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ”އެންމެން މިކޮޅަށް – އަނިޔާވެރިކަމާދެކޮޅަށް” ނަމުގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (67) ކުރީގެ އަދަދާއިގުޅޭ، މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު ސީޓުގައި ލެނގިލެވުނީ ވެފައިވާ ވަރުބަލިކަމުންނެވެ. ނަމަވެސް ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ. ” ޔަޝްމީ މޭމް! ” އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ. ” ޑްރައިވަރ ނައީމް! ” ޔަޝްމީއަށް ގޮވައިލެވުނީ ނުހަނު ކަންބޮޑުވެފައިވާ ރާގަކަށެވެ. ” ބޮސް ކޮބާ؟ ވީތަނެއް އެނގޭތަ؟ ” އެންމެ […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުން... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ބާރެތް ނެތް: މުއިއްޒު ދިވެހި ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، މާލެ އަތޮޅު އުތުރު ތިލަފަޅުގައި ދިވެހިން ސިފައިންގެ ބާރެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާއެކު މިރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއްއިޒު ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުފައި ދިވެހި ސިފައިންގެ ބާރެތް ނެތްކަމަށާއި، އެތަނަށް ދިވެހި ސިފައިން ވެސް ދާންޖެހެނީ ހުއްދަ ނަގައިގެން ކަމަށެވެ. “ކިތަންމެ ވަރަކަށް އަޅުގަނޑ... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ރާއްޖެ ޑރ. އަމީން އާއެކު ޖޭޕީ ކައުންސިލްގެ ގިނަ ބަޔަކު ރައީސް ސޯލިހަށް ތާއީދުކޮށްފި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި ކެމްޕެއިނާ މިރޭ ގުޅިވަޑައިގެންފިއެވެ. ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާފައިވާ ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި އަމީންގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި ގާސިމްގެ އެޑްވައިޒަރ ޔަޝްފާ އަބުދުލްޣަނީ ގާސިމްގެ […] މުޙައްމަދު · 3 އަހަރު ކުރިން
ޚަބަރު އުތުރު ތިލަފަޅުން ގޯތި ދިނުމަށް ރައީސް ނިންމަވައިފި މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ސަރުކާރުން މިހާރު މާލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާ ކަނ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޖިހާދާއެކު ޖޭޕީގެ އިސް ބޭފުޅުންތަކެއް ޕީޕީއެމްއާއި ގުޅި، ތާއީދު މުއިއްޒަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މިރޭ ތާއީދުކު ރައްވައިފި އެވެ. އެ ބޭފުޅުން ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ މާފަންނު، ގިރާވަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެވެ. ކުރީގެ އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޖިހާދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ […] އަލީ އާދިލް · 3 އަހަރު ކުރިން
ޚަބަރު ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް އާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ... މުޙައްމަދު · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވެގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވެގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އުރީދޫ މޯލްޑިވްސް އިން ހަދިޔާ ކުރަން ނިންމާފައިވަނީ އައިފޯން 15 ޕްރޯ މެކްސް ފޯނެކެވެ. އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވާން ބޭނުންވާ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭން 1000 އަދި އެއަށްވުރެ ބޮޑުކުރުމުން މެމްބަރަކަށް ވެވޭނެއެވެ. މިއާއެކު އުރީދޫގެ ހާއްސަ ފައިދާތައް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި އޮފާ އުރީދޫއިން ހުޅުވާލާފައިވަނީ 30 ނޮވެމްބަރުގެ ނިޔަލަށެވެ. މި އޮފާގައި... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ސެޕްޓެންބަރު 16 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށާއި ފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން