ރާއްޖެ ރާއްޖޭގެ ތަރައްގީ އަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ: ސަފީރު ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮން ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި މުއިއްޒުގެ ރިޔާސީ ދައުރުގައި އެމެރިކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް މުއިއްޒު ވިދާޅުވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކެބިނެޓް އެކުލަވާލާނީ މުއިއްޒު، އެކަމަށް އިތުރު ފަރާތެއްގެ ލިސްޓެއް ބޭނުމެއްނުވޭ: އަދުރޭ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރީ ޑރ. މުޙައްމަދު މުޢިއްޒު އާއި ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައިކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ލީލީއިން ކުންފުންޏަކަށް 10 މިލިއަން ރުފިޔާ ދައްކަން ހުކުމެއް އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާތީ އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުނެފައި […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފި ދިވެހި ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. މި ޖޫރިމަނާ ކުޑަކޮށްފައިވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުންނެވެ. ޕާސްޕޯޓު ގެއްލުމުން، އަލުން އައު ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު ވަނީ އިސްލާހުކޮށް، މިއަދު ވަނީ ގެޒެޓުކޮށްފައެވެ. ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާ އިން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އެމަނިކުފާނަށް ފޮނުވައިފިއެވެ. މި ނޯޓިސް ނަޝީދަށް ފޮނުވާފައިވަނީ މިއަދުއެވެ. މި ނޯޓިސް ނަޝީދަށް އެ ނޯޓިސް ފޮނުވާފައިވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، ހުށަހެޅީ 49 މެންބަރުންގެ ސޮޔާއި އެކުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުގ ެމަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވާ ހުކުރު ދުވަހު ހަވީރުއެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދުވަހުގެ ހަވީރު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ބާމިންހަމްގެ އައު ކޯޗަކަށް ރޫނީ އިންގްލެންޑްގެ ލީގު ފުޓްބޯޅައިގެ ދެވަނަ ގިންތި ކަމަށްވާ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބާމިންހަމް ސިޓީގެ ކޯޗަކަށް ވޭން ރޫނީ ހަމަޖައްސައިފިއެވެ. މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމްގެ ކެޕްޓަން ކޮށްފައިވާ، ރޫނީ (37) އަށް ބާމިންހަމުން ދީފައި ވަނީ ތިން އަހަރާ ބައި ގެ އެއްބަސްވުމެކެވެ. ބާމިންހަމްގެ ކޯޗްގެ މަގާމުގައި 2022 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ހުރީ ޖޯން އެއުސްޓޭސްއެވެ. ފާއިތުވި ފަނަރަ މަސްދުވަނު އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފައެވެ. ރޫނީގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނާންގަން: މުއިއްޒު އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން އަބްގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުއްޓާލަމުންދަނީ އިންތިހާބީ ރައީސްގެ އެންގެވުމަށް ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މެންބަރު ޣަފޫރު ޕީއެންސީ އަށް ސޮޔެއް ނުކުރައްވާ! ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރެއްވި ޚަބަރު ދޮގުކޮށްފިއެވެ. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ކުރައްވާފައިވާ ޓްވީޓެއްގައި ގަޕޯ ފޯމެއްގައި ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިމަނުއްވައި ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ މަނަވަރުގެ ސަބަބުން އިތުރު ގަތުލުއާންމެއް ހިނގާފާނެ: އުރުދުޣާން ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލުމަށް ހާއްސަ މަނަވަރު، ޔޫއެސްއެސް ގެރަލްޑް މެދުއިރުމައްޗަށް ފޮނުވުމަށް ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ލޭއޮހޮރުވުންތަކެއް ހިނގާފާނެ ކަމެއް ކަމަށް ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހަމަރ އާއެކު އަންގާރަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ އެމެރިކާއިން މެ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ. އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން