މަޖިލިސް އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ނާޒިމް ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މިއަދު ފަށައިފިއެވެ. ނާޒިމް މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ 2 އޯގަސްޓް 2022 ގައެވެ. އެ ގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ވެސް އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ވަނީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އެމިޑޯން ސަސްޕެންޝަން'' ބޭސް، ރާއްޖޭގައި މަނާކޮށްފި ޕާކިސްތާނުން، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ”އެމިޑޯން ސަސްޕެންޝަން’ ބޭސް، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނީ، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއްކަމަށްވާ ”އެމިޑޯން ސަސްޕެންޝަން” ގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އޮތޯރިިޓީން އަންގާފަ ވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ”އެމިޑޯން ސަސްޕެންޝަން’ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތަޢުލީމީ ފަންޑުން ހަތަރު ސްކޫލަކަށް ބޭންޑް ސާމާނު ހަދިޔާކޮށްފި ތަޢުލީމީ ފަންޑުން ހަތަރު ސްކޫލެއްގެ ބޭންޑަށް ބޭނުންވާ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ. ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަހަރު ތަޢުލީމީ ފަންޑުން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރާ ބޭންޑް ސާމާނު މިއަދު ހަތަރު ސްކޫލަކަށް ހަދިޔާކޮށްފައިވާ ކަމަށެވެ. މި ސާމާނު އެ ސްކޫލްތަކާއި ހަވާލުކޮށްދެއްވީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ. މިއަދު ބޭންޑް ސާމާނު ހަވާލުކޮށްފައި ވަނީ މާލެ ސަރަޙައްދުގެ 4 ސްކޫލެއްގެ ބޭންޑަށެވެ. އެ ސްކޫލް ތަކަކީ، ދަރުމަވަންތަ ސްކޫލް، ޢިއްޒުއްދީން ސްކޫލް، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރާ މައްސަލަ ސަރުކާރުން އަނބުރާ ގެންގޮސްފި މަދަނީ މިންގަނޑުން ދަރިންގެ ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ. ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ. އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނު ނަމަވެސް އެ ކުއްޖާއަކީ ދަރި ލަ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި މިއަދު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ހުޅުމާލޭ މިދިލި މަގުގައި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިއަދު 12:09 ގައެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވަނީ އަނިޔާ ވެފައެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު 3 ނޮވެމްބަރު އުދުވާނުގެ މުގުލުގައި ހުރި ލުތުފީ މިއަދު މިނިވަންވަނީ ނޮވެމްބަރު 3، 1988 ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ހަތިޔާރާ އެކު ރާއްޖެ އަރައި ދިން ވަރުގަދަ އުދުވާނީ ހަމަލައާ ގުޅިގެން ހަމަލާގައި މޭސްތިރިޔާ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލުމަށް ހަމަޖެހިއްޖެއެވެ. ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ބާޣީ ލުތުފީގެ މައްޗަށް ފުރަތަމަ އައީ މަރުގެ ހުކުމެކެވެ. އެކަމަކު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ. މި ބައްދަލުވުން އޮންނާނެކަން އަންގައި ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) އަޒްލީން އަހްމަދު މެސެޖެއް ފޮނުއްވީ މިއަދު 12:27 ހާއިރު ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު މައުލޫމާތު ދެއްވިއެވެ. މި ބައްދަލުވުން 2:30 އަށް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާގެ 4 ވަނަ ނަންބަރުގައި އޮތީ ކުއްލިކަމެއްގައި ވޯޓަށް އަހަންޖެހޭ ކަމެއް އޮތްނަމަ އެކަމަކަށް ވޯޓަށް އެހުމެވެ. އެޖެންޑާގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މޭޔަރު ހޮވާ އިންތިޚާބު އަންނަ ޖެނުއަރީ މަހު މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މާދަމާ އިން ފެށިގެން އަންނަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 10 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 14,412 މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލާ ގުޅުން ހުރި އިތުރު ބޯޓެއް ޔަމަނުގެ ހޫތީން ރަހީނުކޮށްފި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ހަތިޔާރު އެޅި ބަޔަކު އިސްރާއީލްއާ ގުޅުން ހުރި އިތުރު ބޯޓެއް ރަހީނުކޮށްފިއެވެ. ލައިބީރިއާގެ ދިދަ ޖަހާފައިވާ ބޯޓު އަތުލައިގަތީ ޔަމަން ކައިރިން ދުއްވާފައި ދަނިކޮށް ކަމަށާއި މިއީ ޒޮޑިއަކް މެރިޓައިމުން ހިންގަމުން އަންނަ ބޯޓެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުގައި 22 ފަޅުވެރިން ތިބި ކަމަށް ބުނާ އިރު، ބޯޓު ހައިޖެކް ކުރި ކަން ނުވަތަ ނޫން ކަން ވެސް އެއްވެސް ހަތިޔާރު އެޅި ބަޔަކު ކަށަވަރުކޮށް ދީފައެއް ނުވެއެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުއިއްޒު ތުރުކީވިލާތަށް ވަޑައިގެންފި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ތުރުކީވިލާތުގެ އަންކާރާ އެސިންބޯގަ އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަނީ އެ ގައުމުގެ އިސް އޮފިޝަލުން މަރުޙަބާ ދަންނަވައިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުރު... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ފަލަސްތީނަށް އެހީވާން އާބަންކޯއިން ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަނީ ފަލަސްތީނަށް އެހީވާން އާބަންކޯއިން އަންނަ ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ 1 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 2 ގައި ފަންޑް ރެއިޒިން އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށެވެ. މިއީ އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ފަންޑް ރެއިސިންގް އިވެންޓެކެވެ. މި އިވެންޓުގައި […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސިޓީ ހޮޓާ ހެދުމަށް 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ބައްތިރީސް) ސްކެއާ މީޓަރ ބިމެއް ދޫކުރަން ނިންމައި އެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ބިމުގައި ސިޓީ ހޮޓާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) 11:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް ބީލަށް ހުށަހެޅުމުގ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން