ރާއްޖެ ލަމްހާ އަނެއްކާވެސް ބަންދުކޮށްދޭން އެދި ޕީޖީން ހައި ކޯޓަށް އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު، ތިން މަސް ދުވަހަަށެވެ. ލަމްހާ ބަންދުން ދޫކޮށްލީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށް، ލުއި ހޯދައިދޭން މަސައްކަތް ކުރާނަން'' ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވީ، ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. އެ ބޭފުޅުން އައްޔަނު ކުރެއްވި ވުޒާރާތައް ރައީސް އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތަކަކީ، 1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ޞާލިޙް ޙުސައިން 2. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، ޢާއިޝަތު ޝަހުދާ ޢަބްދުﷲ 3. މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫ ކައުންސިލް ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޮޅަދޫ ކައުންސިލުން ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ، އެ ކައުންސިލުގެ ރަސްމީ އެކިއެކި ލިޔެކިޔުންތަކާއި ތަކެތީގެ އިތުރުން ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ބޭނުންކުރެވޭނެ ފަދަ އެ ރަށާއި ގުޅޭނެ ލޯގޯއެއް އޮތުމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކައުންސިލުން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ، ލޯގޯ ހުށަހަޅާ ފަރާތައް 3000.00 (ތިންހާސް) ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. ލޯގޯ ފަރުމާކުރަނ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ބިގޭކަން ޢިއުލާންކޮށްފި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ކަން މިއަދު މަޖިލީހުގައި ޢިއުލާންކޮށްފިއެވެ. މިކަން ޢިއުލާންކުރައްވާފައި ވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާ ގައެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ބައިގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓެއް އަޅަން ވަރަށް އަވަހަށް އިއުލާންކުރަނީ ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާނެ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ތުރުކީ: ދެ ރައީސުންގެ ބައްދަލުވުމުގައި އިސްރާއީލުގެ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ރޭ ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ރައީސުން ވަނީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަޙްސަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ. އަޙްސަން އަކީ، ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އެވެ. އަދި އައިއޯސީސީ ނައިބު ރައީސްކަން ވެސް އެއިގެ ކުރިންކުރެއްވި އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި އަޙްސަން ވަނީ މޯލްޑިވްސް މީޑިޔ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ - ތުރުކީ، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެ ދިވެހިރާއްޖެ އާއި ތުރުކީ ވިލާތާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެއެވެ. މި މަގުޗާޓަށް އެއްބަސްވެފައި ވަނީ، ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިންނެވެ. އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި ރާއްޖެއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (3) ” މީ އަހަރެން… އެނގިއްޖެތަ؟ ” ފަށާނެ ގޮތެއް ނުވިސްނިގެން މުއާޒަށް ބުނެވުނެވެ. ” ލައްބަ! އެނގިިއްޖެ! ކަލްކިޔުލައިޓަރ ލިބުމުން ބައްޕަ އުޅުނު ފައިސާދޭން.. އެކަމަކު ހިފައިގެން އައި މީހާ ބުނީ ބޮސް ބުނެފައޭ އޮތީ ނުހިފާށޭ! އެހެންވެ އަޅުގަނޑުމެން މިތިބީ ނުހަނު ކަންބޮޑުވެފައި.. އެކަމަކު ގުޅާލަންވެސް ނުކެރިފަ މިހުރީ” ޒާރާ ވާހަކަ ދެއްކީ ނުހަނު އިޙްތިރާމާއިއެކުގައެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ހުރި މުއާޒް ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” ޒާރާ ގާތު […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ތުރުކީން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެނީ ތުރުކީވިލާތު ވިލާތުން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕްގެ ފުރުޞަތު ދެއްވާނެކަން ޔަޤީން ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށް... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ވިޔަފާރި އާޒިމްއާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރެއް، މައްސަލަ ބަލައިދޭން އޭސީސީގައި އެމްޓީސީސީން އެދިއްޖެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ނާޖާއިޒް މަންފާއެއް ހޯދާފައިވާކަމަށް ތުހުމަތުކޮށް “ދިޔަރެސް” ނޫހުން އާއްމުކޮށްފައިވަނީ ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ އާމްދަނީ އާއި ފައިދާ އަދި ހިއ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުޢިއްޒު، ތުރުކީގެ ރައީސް އުރްދުޣާން އާއި ބައްދަލުކުރައްވައިފި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ބައްދަލުވުން ބޭއްވެވިކަން އުރްދުޣާންގެ ރަސްމީ ”އެކްސް” ހޭންޑްލް އިން ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ. ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގެ އިތުރު މައުލޫމާތެއް ތުރުކީގެ ރަސްމީ އިދާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސް އޮފީހުން ވެސް ހާމައެއް ނުކުރައްވައެވެ. އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒުގެ ދެކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހޯދަނީ ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި އަލަށް ހަދާފައިވާ މަގުތަކާއި، މިހާތަނަށް ރަސްމީކޮށް ނަމެއް ދެވިފައި ނުވާ ބައެއް މަގުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަލަށް ނަން ކިޔަން ބޭނުންވާ މަގުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފެންސް މަގު، ގެސްޓް ހައުސް މަގު، ފުޓްބޯޅަ ދަނޑުގެ އުތުރުން ފެނަކައާއި ދެމެދު އޮންނަ މަގު، ފުޓްބޯޅަ ދަނޑުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން