ރާއްޖެ މަޖިލީހުގެ ދައުރު އަނެއްކާ ވެސް ދަންމާލަނީ ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާ އިރު، ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލިހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޗައިނާގެ ކުންމިންގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ. “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރންމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އައިވީއެފް އާއި އައިޔޫއައި ފަރުވާ އަށް އާސަންދަ ލިބޭގޮތް ހަދައިފި ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ. މިކަން ޢިއުލާން ކުރެއްވީ، އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ހަވީރު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އާޗާ ޕްރިޕެއިޑާއެކު އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު! ކޮންމެ ދުވަހަކު ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އާޗާ ޕްރިޕެއިޑް އާއި އެކު އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. ޕްރިޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް އާޗާ ޕްރިޕެއިޑް ގެ ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ތައްޔާރުކުރެވިފައިވާ ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ. އުރީދޫ ގެ އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ލޫޓަން އަތުން އާސެނަލް މޮޅުކޮށްދިނީ ރައިސް އިނިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޑެކްލަން ރައިސް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ. ޖުމްލަ ހަތްލަނޑު ފެނިގެންދިޔަ މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރަން މިފްކޯ ވަކި ކުންފުންޏެއް ގޮތުގައި ހިންގަން ނިންމައިފި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ވަކި ކުންފުންޏެއް ގޮތުގައި ހިންގަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މި ނިންމުން ނިންމެވިއިރު، މިފްކޯ ހިންގަމުން އައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ވަޒީރުންނާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިފްކޯ އ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ ގުޅިގެން މަސައްކަތް ކުރުމާމެދު އެމްޑީޕީ އާއި އަދާލަތު މަޝްވަރާކޮށްފި ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ. އެމްޑީޕީން ބުނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމުނުކަމަށް އެމްޑީޕީން ބުންޏެވެ. އަދާލަތު ޕާޓީއަކީ 201... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ހައްޖަށް ފޮނުވަނީ ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށެވެ، އެހެންވެ، މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި އަންނަ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު، ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ކިޔެވުން ފަށާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުް ވިދާޅުވި ގޮތުގައި، މިގޮތައް ނިންމެވުމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. މިގޮތައް ޤައުމީ ސަލާމް ކިޔާން ނިން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި ޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، އެތަންތަނުގެ ކުލި ކުޑަކޮށްދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ. މިކަން ޢިއުލާން ކުރެއްވީ މިއަދު އިރުއޮއްސެނިކޮށް ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މިހާރު މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކޮށްދެއްވުމަށް އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދާއިއެއްގޮތައް ވިނަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 3984ރ. އަށް ކުޑަކޮށްފި ހުޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ހިޔާ ފްލެޓްތަކުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 3984 ރުފިޔާއަށް ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިސިންއަށް ދިޔަ ޚަރަދުގެ ތެެރެއިން އެވްރެޖް އަގަކަށް 2 ލައްކަ ރުފިޔާ ކަނޑައަޅައި، ފްލެޓްތައް ލިބުނު ފަރާތްތަކަށް ޑިސްކައުންޓް ލިބޭގޮތައް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމާމެދު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްފި ރަށްރަށުގައި ސަރުކާރުން އަޅާފައި ހުރި ހައުސިން ޔުނިޓްތަކާއި، ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އަޅާފައިވާ ރޯ ހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ފްލެޓްތައްފަދަ އާންމު ބޯހިޔާވަހިކަމުގެ ތަންތަނަށް މަހަކު 5000 އެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ”ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ބޯހިޔާވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނަދީމްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުން ބަންދު ނުކުރީ ގާނޫނާ ހިލާފަށް: ދައުލަތް މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ ނަދީމް އިބްރާހިމްގެ މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން އިސްތިއުނާފް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި އެއްވެސް ދާއިމީ މުވައްޒަފަކު ވަކި ކުރަން ނުނިންމާ: ފެނަކަ ފެނަކަ ކޯޕަރޭޝަނުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއަދު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަތައް ފަތުރަނީ ކަމުގެ ހަގީގަތް އޮޅުވާލައި ނާޖައިޒު މަގުސަދެއް ހާސިލް ކުރުމަށް ރޭވުންތަކެއްގެ ތެރެއިން ކަމަށެވެ. ފެނަކައިން ބުނީ ބައެއް ރަށްރަށުގައި އިންޖީނުގެ އާއި އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުރައް ނިމި ބައެއް މަޝްރޫއުތަކަށް ބޭނުންވާ ތަކެތު ހުސްވެ، ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް އިރު އެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން