ރާއްޖެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި، 26 އަހަރާއި އަދި 27 އަހަރުގެ މީހެކެވެ. މި މީހުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން އުމުރުން 25 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފި ތިލަދުންމަތީ އުތުރުބުރި މުރައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ނުވަވަނަ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހަފްތާގެ ބުދަދުވަހު ކުޅެފައިވާއިރު، ފައިނަލްގައި ބައްދަލުކުރީ މޫނިމާ ކަންމައްޗާއި ނީޑް ފޯ ސްޕީޑް އެވެ. ފައިނަލް މެޗު 3-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޫނިމާ ކަންމަތިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މޫނިމާ ކަންމަތީގެ އައިޝަތު އިބާދާއެވެ. މުބާރާތ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާވެސް އަބްދުﷲ އިންތިހާބުވެއްޖެ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްއަކަށް އެ މަގާމުގައި މިހާރު ވެސް ހުންނެވި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) މިއަދު އިންތިހާބުވެވަޑައިގެންފިއެވެ. އަބްދުﷲ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތީ މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނެޝަނަލް ހޮޓަލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. އަހަރީ އާންމު ޖަލްސާގައި ވަނީ އެސޯސިއޭޝަންގެ ބޯޑު އެކުލަވާލައިފައެވެ. އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ނޫމޫ ގެސްޓްހައުސްގެ ވެ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކްރޫޒްލައިނާތަކާގުޅޭ ގަވާއިދު އިސްލާހްކޮށް ދަތިތަކަށް ހައްލު ހޯދައިދޭނަން: ފައިސަލް ކްރޫޒްލައިނާތަކާގުޅޭގޮތުން ކުރީ ސަރުކާރުން ހެދި ގަވާއިދު އިސްލާހްކޮށް، އެކަމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ކްރޫޒްލައިނާތަކާ ގުޅިގެން ހެދި ގަވާއިދާއެކު ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށް ބުނެ އެ ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް މި އަހަރުގެ ތިން ވަނަ ކުއާޓާގައި ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ އިދާރާ އިން އިއްޔެ ހާމަކޮށްފިއެވެ. ފުލުހުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އެންމެ ގިނަ އިން ފުލުހުންނަށް ހުށަހެޅިފައިވަނީ ވައްކަމުގެ 1،012 މައްސަލައެވެ. ދެވަނަ އަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެއީ 606 މައްސަލައެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފިއެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ. ސިޓީ ކައުންސިލުން ދެން ހުސްވެފައިވާ ތިން ދާއިރާއަކީ މެދުހެންވޭރާއި ހެންވޭރު ދ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދު (16 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00) އާ ހަމަޔަށެވެ. އެމްޑީޕީން ބުނީ، އެ ޕާޓޯގެ ޓިކެޓް ދޭނެ ފަރާތްތައް ހޮވަން، ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކ. ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފިއެވެ. މި ދޯންޏަކީ، “ޑޮނަޓެއްލާ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ދޯނި އަރާފައި ވަނީ، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށެވެ. މި ދޯނި އަރައިގެން އެކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން އެބަ ތިއްބެވެ. އެ ދޯނި، ފަރަށްއެރިކަމުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްލުން ބަލައިގަންނަންޖެހޭނެ: މަހްލޫފް ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތްހެދުމަކީ މުޖުތައު ބަލައިގަންނަންޖެހޭ ކަމެއްކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ކުރީގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންގައިގެން ރާއްޖޭގައި ފެންނަ ބަރަހަނާ ސައިޓުތައް އިއްޔެއިން ފެށިގެން ވަނީ ބްލޮކްކޮށްލާފައެވެ. މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން މަހްލޫފް ‘’އެކްސް’’ ގައި ވިދާޅުވީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށެވެ. ’’... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ފޮރެސްޓް ބަލިކޮށް ޓޮޓެންހަމުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައ ރޭ ޓޮޓެންހަމާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ގަދަހަތަރެއްގެ އުންމީދު ޓޮޓެންހަމުން ދަމަހައްޓައިފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޓޮޓެންހަމް މިވަގުތު އޮތީ ފަސްވަނާގައެވެ. އެ ޓީމަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ސިޓީއަށް ވެސް ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭގޮތް ހަދައިފި ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކްކޮށްފިއެވެ. މިކަން ތަންފީޒު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން އެންގިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާބެހޭ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ހަދާފައިވާއިރު، އެ ފަދަ ސައިޓެއް ލޯޑު ވެސް ދެން ނުކުރެވޭނެއެވެ. މިފަދަ ނިންމުމެއްގެ ވާހަކަ ރަސްމީކޮށް ކުރިން ހާމަކޮށްފައިނުވާއި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ "30 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތް ފަށައިފި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުލީއާއި ޔޫތު ފްރެންޑްސް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އަހުލީންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ޔޫތު ފްރެންޑްސް އިން ޑޮމިނޭޓް ކުރި ނަމަވެސް، ފުރަތަމަ ލަނޑުޖަހައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފި މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ކައުންސިލުން، ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފިއެވެ. މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ނާރެސް ޕްރީސްކޫލާއި ހަވާލުކޮށް، އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލު ކުރީ 4 އަހަރުގެ މުއްތަށެވެ. މިތަން ހިންގަން ހަވާލުކޮށްފައި ވަނީ އަހަރަކު 400،000.00 ރުފިޔާ އަށެވެ. މަކުނުދޫ ކައުންސިލުން ބުނީ، މަކުނުދޫގައި ޕްރީ ސްކޫލުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ނާރެސް ޕްރީ ސްކޫލާއި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޑރ. ޝާހް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑރ. ޝާހް މާހިރު ޢައްޔަނުކޮށްފިއެވެ. މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝާހް އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިއްޔެވެ. ސާހް ހެލްތުގެ މަގާމަށް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައި ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އޭނާ ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ. އިނގިރޭސިވިލާތުން މަތީތައުލީމާއި އެމްބީބީއެސް ފުރިހަމަކުރެއްވި ޑރ. ޝާހް ވަނީ އެ ގައުމުގެ ލަންޑަންގެ އެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ އަށް ފަސްކޮށްފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް މިއަދު އެ އިއްތިހާދުން ނެރުނު ޢިއުލާނެއްގައި ބުނީ އެ ޕްރައިމަރީ އަންނަ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ. ޕްރައިމަރީ ލަސްކުރި […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން