މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބަންގްލަދޭޝުން ލޭބަރުން ގެނެވޭ ގޮތް ހަދައިފި

ބަންގްލަދޭޝުން ލޭބަރުން ގެނެވޭ ގޮތް ހަދައިފި

Lބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަނެއްކާވެސް ހުއްދަ ދޭން ފަށައިފިއެވެ. މިގޮތަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނިންމާފައިވަނީ ބަންގްލަދޭޝުން ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުންނެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަ...

އަޙްމަދު ވަހީދު
ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ”ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން” ފަށަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ވަޒީރުންގެ މަޖިލީހ...

ޔުމްނާ ޢަލީ
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު  މުޙައްމަދު ޝަހީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އެވެ. ޝަހީބު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މު...

ޔުމްނާ ޢަލީ
ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް

ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ  މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު  މުޙައްމަދު ޝަހީބު އެވެ. އިސް ތަރުޖަމާނުގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ،  މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލު...

ޔުމްނާ ޢަލީ
ބީއެމްއެލް އެމްޕްލޯއީ ސްޓާ އެވޯޑް 20 މުވައްޒަފަކަށް

ބީއެމްއެލް އެމްޕްލޯއީ ސްޓާ އެވޯޑް 20 މުވައްޒަފަކަށް

މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޭ ‘އެމްޕްލޯއީ ސްޓާ އެވޯޑްސް’ 20 މުވައްޒަފަކަށް ދީފިއެވެ. އެ ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑު ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާލް ސްޓުމްކައެވެ. ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއްކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަ...

އަޙްމަދު ވަހީދު
ކުވޭތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރުން މިރޭ އިސްލާމީ މަރުކަޒުގައި

ކުވޭތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރުން މިރޭ އިސްލާމީ މަރުކަޒުގައި

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްގެ މައްޗަށް ރާއްޖޭގައި ވެސް ކަށުނަމާދުކުރަން ނިންމާފައިވާއިރު، އެ ނަމާދު އޮންނާނީ މިރޭ އިސްލާމީ މަރުކަޒުގައި ކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ އިއްޔެ އެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައި ވަނީ ކުވޭތުގެ އަމީރަކީ ރާއްޖެއާ ނުހަނު ގާތް އަޚުވަންތަ ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އަމީރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނު މަ...

ޔުމްނާ ޢަލީ
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރުކަމުގައި ކަނޑައަޅައިފި

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރުކަމުގައި ކަނޑައަޅައިފި

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ. މިގޮތުން އެކަން ކަނޑައަޅުއްވައި ރައީސް މިއަދު ނެރުއްވި ޤަރާރުގައިވާގޮތުން ސްޕެޝަލް އެކޮނިމިކް ޒޯނުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުކުރާ އެސްއީޒެޑް ޒޯނެއްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. 2018 ވަނަ އަހަރު އޭރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލީހްގެ ގަރާރަކުން ކުރިން ކަނޑައަޅާފައި އޮންނަ އަދަ...

ޔުމްނާ ޢަލީ
ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސްގެ ނަސޭހަތެއް

ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސްގެ ނަސޭހަތެއް

ފަރުޟު ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމަށް ރައީސްގެ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ. މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރައް ރޭ މާލޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ޤައުމީ ބަތަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން)ގެ ޖިހާދުން ދިވެހިންނަށް ލިބިދޭ އިބުރަތްތަކާއި ފިލާވަޅުތަކުގެ...

ޔުމްނާ ޢަލީ
''ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ދޮރުތަކުގައި ތަންޑު އަޅުވާނަން''

''ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ދޮރުތަކުގައި ތަންޑު އަޅުވާނަން''

ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ވެރިރަށް މާލޭގައި ރޭ ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމަށާއި، ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނ...

ޔުމްނާ ޢަލީ
ފަހުވަގުތު ޕެލަސް އިން ސިޓީ ހުއްޓުވައިފި

ފަހުވަގުތު ޕެލަސް އިން ސިޓީ ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ މޮޅުވާން ދަނިކޮށް އިތުރު ވަގުތު ޕެލަސް އިން ލަނޑުޖަހައި ސިޓީ ހުއްޓުވައިފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ ސިޓީ ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
''ބާރު ދައްކަން ބޭނުންވުމުން ކޮންމެ ގޮތެއް ވަރިހަމަވުމަކީ ޤައުމަށް ޣައްދާރުވުން''

''ބާރު ދައްކަން ބޭނުންވުމުން ކޮންމެ ގޮތެއް ވަރިހަމަވުމަކީ ޤައުމަށް ޣައްދާރުވުން''

ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ރާއްޖޭގެ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟(11)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟(11)

ކުރީގެ އަދަދާއިގުޅޭ، ” ކަންތަކާ ލައިގަތީއޭމި! މީނަ ކައިރި މަޖަލަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ! ” ރުޅި އައިސް އިނދެ މާހިލް ހާނިމާ ދިމާލަށް ބުނެލިއެވެ. އޭރުވެސް ހާނިމް އިނީ ފާޑަކަށް ހޭށެވެ. ” ބްރޯ! މާބޮޑު ކަމަަކަށް ހަދާނެކަމެއް ނެތޭ! ތި ނަންބަރަށް ގުޅާލަބަލަ!” މާހިލް ދެފަރާތަށް ބޯ ހޫރާލީ އެކަމާ ދެބަސް ވުމުގެ ގޮތުންނެވެ. ނަމަވެސް ހާނިމް އިނީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ދެވަނަ ފަހަރަށްވެސް މާހިލާ ދިމާކުރަން ފެށިއެވެ. ” މަ […]

ސަލާމާ ޢަބްދުލް ޢަލީމް
ވެލެންސިއާ އަތުން ވެސް ބާސާއަށް މޮޅެއް ނުވެވުނު

ވެލެންސިއާ އަތުން ވެސް ބާސާއަށް މޮޅެއް ނުވެވުނު

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ބާސާއަށް ގެއްލިއްޖެއެވެ. ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ މޮޅެއް ނުލިބި ބާސާ ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ. ފާއިތުވި ހަފްތާގައި ލީގުގައި ޖިރޯނާ އަތުން އަމިއްލަ ދަނޑުގައި ބާސާ ބަލިވިއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޯޔަލް އެންޓްވަޕް އަތުން ވެސް ބާސާ ވަނީ […]

އިބްރާހިމް ޚަލީލް
ޑޮމިނޭޓާސް ބަލިކޮށް ރިއަލް ސްޓާސް އިން ފެށުން ރަނގަޅުކޮށްފި

ޑޮމިނޭޓާސް ބަލިކޮށް ރިއަލް ސްޓާސް އިން ފެށުން ރަނގަޅުކޮށްފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފިއެވެ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރިއަލް ސްޓާސް އިން ކާމިޔާބު ކޮށްފައި ވަނީ ޑޮމިނޭޓާސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-1) ޖަހައިގެންނެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދު އެވެ. މިކަމުގެ ހިތާމާގައި  17 ޑިސެންބަރު 2023 އިން ފެށިގެން 19 ޑިސެންބަރު 2023 އަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު […]

ޔުމްނާ ޢަލީ