މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު 7 އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑްގެ ކާމިޔާބު 7 އޮޕަރޭޝަންއެއް ކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ވޭތުވި ދެމަހެއްހާ ދުވަސްތެރޭގައި ކާމިޔާބު ކަމާއިއެކު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފިއެވެ. ށ. އަތޮޅު ފުނަދޫގައި ހުންނަ، އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ވޭތުވި ދެ މަސްދުވަހުގެ ތެރޭގައި ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް އެ ހޮސްޕިޓަލުން ކޮށްފައިވާނެ ކަމަށާއި، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަތޮޅު ހޮސްޕިޓަލަކުން މިފަދަ ބޮޑެތި އޮޕަރޭޝަންތަކެއްކުރި ފުރަތަމަ ފަހަރުކަމަށެވެ. ފުނަދޫ ހޮސްޕިޓަލުން މިހޯދި ކާމިޔާބާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުނ...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ށ. ފުނަދޫ ކައުންސިލުން، ”ފުނަފެހި” ޕްރޮގްރާމްގެ ނަމުގައި ފުނަދޫ ފެހި ކުރުމަށް ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއާއި ގުޅިގެން އެރަށުގައިވަނީ 300 ރުއް އިންދާފައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، ފުނަދޫ ފެހި ކުރުމަށް ފެށި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. ”އިއްޔެ ކައުންސިލްގެ ބަޖެޓް މި...

ޙުސައިން ޝަހުދީ
ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ. މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައ...

އަޙްމަދު ވަހީދު
"ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ޕްރޮގްރާމް ފުނަދޫގައި ފަށައިފި 📍 ށ. ފުނަދޫ

"ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ޕްރޮގްރާމް ފުނަދޫގައި ފަށައިފި

“ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިފި އެވެ. މި ޕްރޮގުރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މި ޖެނުއަރީ މަހުގެ 9 ން 14 އަށް  ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން […]

އިބްރާހިމް އަސްވާޤް
ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި

ށ. ފުނަދޫގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއިން، އެ ޖަމިއްޔާގެ ”ދަ ގްރީން ޕްރޮޖެކްޓް” ފަށައިފިއެވެ. ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ފެށި މި މަސައްކަތް، އެ ޖަމިއްޔާއިން ފަށާފައި ވަނީ އިއްޔެއެވެ. އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް...

ޙުސައިން ޝަހުދީ
ތެޔޮ އުފުލާ ދޯންޏެއްގައި ރޯވުން: 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިއްޖެ 📍 ށ. ކަނޑިތީމު

ތެޔޮ އުފުލާ ދޯންޏެއްގައި ރޯވުން: 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިއްޖެ

ށ. ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިރޭ 23:05 ގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާއާއި ގުޅިގެން ކުރިން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި...

ޔުމްނާ ޢަލީ
ކަނޑިތީމު ބަނދަރުގައި އޮތް ލަކުޑި ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ބަނދަރުގައި އޮތް ލަކުޑި ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

ށ.ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދަން ފަށައިފިއެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. މިހާރު ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި އިތުރު އުޅަނދުތައް ދުރައްޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވ...

އިބްރާހިމް ޚަލީލް
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 2021 ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 10 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ […]

ޙުސައިން ޝަހުދީ
ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި

ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަ...

ޔުމްނާ ޢަލީ
އެމްޓީސީސީން ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ 📍 ށ. ފޭދޫ

އެމްޓީސީސީން ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް ހަވާލުވެފައިވާ ށ. ފޭދޫ ބަނދަރުގެ މަޝްރޫޢޫގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. އެމްޓީސީސީން ބުނީ ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 5 ޖެނުއަރީ 2021 ގައި، އެ ކުންފުނީގެ ޓީމާއި، އެ މަސައްކަތަށް ބޭނުންވާނޭ އާލާތްތައް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހ...

އަޙްމަދު ވަހީދު
ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި

ށ. ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި އެވެ. ގޮއިދޫ ކައުންސިލުން އެރަށުގެ ދަނޑުވެރިންނަށް ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދީފައި ވަނީ އަންނަ ރަމަޟާން މަހަށް ދަނޑުތައް ހައްދާ އެރަށުގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު ”ތިލަދުން”އަށް ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނު...

ޙުސައިން ޝަހުދީ
މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު! 📍 ށ. މަރޮށި

މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު!

ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންނެވީ ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ. މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް މުޙައްމަދު ވަޙީދު ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވ...

ތިލަދުން
ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ”ތިލަދުން” އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ”ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން […]

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...

ޙުސައިން ޝަހުދީ
ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ ށ. ފުނަދޫ ބްރާންޗްއިން، އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗްގެ މި އެހީތެރިކަމަކީ، އުންގާ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ފާހަގަ ކުރަމުންއަންނަ ”ސާފުކުރާ ހޮނިހިރު ދުވަސް”ގައި ބޭނުން ކުރުމަށް ހަދިޔާކުރި އަންގިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗުން، އުންގާ ޖަމިއްޔާއަށް އަންގި ހަދިޔާކުރުން އޮތީ އިއްޔެ، އެ ބްރާ...

ޙުސައިން ޝަހުދީ