މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި

ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި

އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ. ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާވެސް […]

ޔުމްނާ ޢަލީ
ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […]

އަޙްމަދު އަރުޝަމް
ފީވަކުން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ

ފީވަކުން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ

ށ. ފީވަކުން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި 4 މީހަކާއި ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވުނު ކުޑަ ކުއްޖެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާ ވެސް އިތުރު ބަޔަކު ރަށުން ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުތެރޭގައި އުޅޭއުޅުމުގައި […]

އަޙްމަދު އަރުޝަމް
މާއުނގޫދޫ އަންހެނުންގެ ކޮމިޓީއަށް އާމްދަނީ ހޯދަން ފަތް ކެޔޮ ހައްދަނީ

މާއުނގޫދޫ އަންހެނުންގެ ކޮމިޓީއަށް އާމްދަނީ ހޯދަން ފަތް ކެޔޮ ހައްދަނީ

ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް އާމްދަނީ ހޯދުމުގެ ގޮތުން އެ ކޮމިޓީން ފަތް ކެޔޮ ހައްދަން ފަށައިފި އެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ސަލްމާ އަބްދުއްޞަމަދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތް ކެޔޮ ދަނޑެއް ހައްދަން އެ ކޮމިޓީން ނިންމީ އެ މަސައްކަތަކީ އެރަށުގައި ވަރަށް ލާރި ލިބޭ މަސައްކަތަކަށް ވުމާއެކު ކޮޮމެޓީއަށް އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި […]

އަޙްމަދު އަރުޝަމް
ފީވަކަށް އަނެއްކާވެސް ހާސްކަން، އަލާމާތް ފެނިގެން ޓެސްޓްކުރި މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކަށް އަނެއްކާވެސް ހާސްކަން، އަލާމާތް ފެނިގެން ޓެސްޓްކުރި މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރި މީހެކެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ފިރިހެނެކެވެ. ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ، އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުންނެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެފަހަރު އެރަށް މޮނިޓަރި...

ޔުމްނާ ޢަލީ
މިލަންދޫ ޠޫލާ ހިމެނޭހެން 11 ޙާފިޡަކަަށް މެޑަލް ދީފި 📍 ށ. މިލަންދޫ

މިލަންދޫ ޠޫލާ ހިމެނޭހެން 11 ޙާފިޡަކަަށް މެޑަލް ދީފި

ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް މިރޭ 11 ފަރާތަކަށް ދެއްވައިފި އެވެ. މި 11 ފަރާތުގެ ތެރޭގައި އުމުރުން 19 އަހަރުގެ ށ. މިލަންދޫ، ހުވާސް، ޢާއިޝަތު ޠޫލާ އަންވަރު ހިމެނެއެވެ. ޠޫލާ ޤުރުއާން ހިތުދަސްކުރަން ފެއްޓެވީ 2018 ގައެވެ. އަދި ހިތުދަސްކޮށް ނިންމެވީ 2020 ވަނަ އަހަރު އެވެ. މި އިނާމްތައް ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ […]

ޙުސައިން ޝަހުދީ
މަތީ ދަރަޖައިގެ ޚާއްޞަ އިނާމު ފޯކައިދޫ ހުމައިދާ ހިމެނޭހެން 11 ބޭފުޅަކަށް 📍 ށ. ފޯކައިދޫ

މަތީ ދަރަޖައިގެ ޚާއްޞަ އިނާމު ފޯކައިދޫ ހުމައިދާ ހިމެނޭހެން 11 ބޭފުޅަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 11 ބޭފުޅަކަށް ރޭ ދީފިއެވެ. މި އިނާމްތައް ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދި ބޭފުޅުން ތެރެއިން އެންމެ މަތީ ދަރަޖައިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިގެން ށ. ފޯކައިދޫ، […]

ޙުސައިން ޝަހުދީ
ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް

ށ. ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން އިންދުމަށް 3000 މަގޫ ގަސް އެރަށަށް ގެންގޮސްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށް ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމަށް އެކައުންސިލުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މަގޫ ގަސް އިންދުމަށް، މަގޫ ގަސް ހޯދުމުގެ ދަތުރެއް އިއްޔެ ވަނީ އެ އަތޮޅުގެ މަރޮށްޓަށް ކޮށްފައެވެ. މިގޮތުން މި ދަތުރުގައި 3000 މަގޫ ގަސް ގެނެވިފައިވާކަމަށް އެ ކައުންސިލުން ވަނީ […]

ޙުސައިން ޝަހުދީ
2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

ށ. މާއުނގޫދޫ އިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށު ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ކަމަށެވެ. އެ ދެމީހުން ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަލީމް ވިދާޅުވިއެވެ. މިމަހު 24 ވަނަ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް ފޯރުކޮށްދީފި އެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްޓަޑީ ކޭމްޕްތެކެއް ހިންގުމަށް -/62860 ވަނީ ހަދިޔާކޮށްފަ އެވެ. މި އެހީ މިހާރުވަނީ އެދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފައިސާ ހަަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރަސްމީ ތަޢ...

އަލީ އާދިލް
ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލާން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެރަށް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ޕްރޮޖެކްޓް ސައިޓަށް މި ޝިޕްމެންޓް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ. މި މަޝްރޫގެ ދަށުން 24،125 ކިއުބިކް މީޓަރރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން  98 މީޓަރުގެ ސަރަޙައްދެއްގައި އެއ...

އަޙްމަދު ވަހީދު
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް 📍 ށ. ކަނޑިތީމު

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާގެ ރައީސްކަމަށް އަމީން ފައިޞަލް އިންތިހާބު ވެއްޖެ އެވެ. ދާއިރާގެ ރައީސް ކަމަށް އަމީން ފައިސަލް އާއި ވާދަކުރެއްވީ ވާސިޢު އިމްދާދު އެވެ. އަމީން އަށް 544 ވޯޓް ލިބިފައިވާއިރު ވާސިޢުއަށް ލިބުނީ 223 ވޯޓެވެ. ދާއިރާގެ ނައިބު ރައީސްކަމަށް 2 ބޭފުޅަކު ވާދަކުރެއްވި އެވެ. އަހުމަދު ސުނީލް އަައި ވާދަކޮށް ކާމިޔާބު ކުރެއްވީ ޙުސައިން ނިހާދު އެވެ. އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ […]

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް! 📍 ހއ. ހޯރަފުށި

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް!

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ. މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް...

އަލީ އާދިލް
ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި 📍 ށ. ފޭދޫ

ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މ...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ 📍 ށ. ފުނަދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ. ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނ...

އަލީ އާދިލް