މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފޯކައިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމް ކުރި ކޭކު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމް ކުރި ކޭކު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. ފޯކައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދެވުނު ކޭކު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ކޯހަކީ މި އަހަރުގެ ޖުލައި މަހު އެރަށުގައި ކުރިއަށް ގެންދެވުނު ކޯހެކެވެ. ނަމަވެސް، ކޯވިޑް-19 ގެ ހާލަތާއި ހެދި އެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގައެވެ. ފޯކައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ލުވާ ‘ތިލަދުން’ އަށް […]

އަޙްމަދު އަރުޝަމް
ނަރުދޫ އާ އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ އާ އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފި

ށ. ނަރުދޫގައި އަލަށް ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ. އިންޖީނުގެއާ އެކު އާ އޮފީސް ބައި ވެސް ވަނީ މިހާރު ބޭނުން ކުރަން ފަށާފައެވެ. މި އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަށް ދެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އެ ރަށުގައި އަލަށް ތަރައްގީ ކުރީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. ހަ ސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނަރުދޫގައި އާ އިންޖީނުގޭގެ ސަބަބުން ކަރަންޓުގެ މައްސަލައަށް […]

އަޙްމަދު ވަހީދު
ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް

ށ. ފުނަދޫގެ އާންމުންގެ ގޭބިސީތަކަށާއި، ވިޔަފާރިތަކަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 20ވަނަ ޖަލްސާގައެވެ. މި ނިންމުމުގައި ބުނެފައިވާގޮތުން މިގޮތަށް ކައުންސިލުން މިގޮތަށް ނިންމީ އެރަށުގައި ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރަށް ދިމާވި މައްސަލައާއިގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު އަވަސްއަވަހަށް ކަރަންޓްކަނޑަން ޖެހުމުގެ ސަބަބުން އެމަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެފައިވާތީ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ދޯންޏެއް ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިފި 📍 ށ. ފީވަށް

ކުޅުދުއްފުށި ދޯންޏެއް ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިފި

ހ.ދ ކުޅުދުއްފުށި ސިޓީ އިން ފުރައިގެން ށ. ފީވަކު ފަޅަށް ވަންނަނިކޮށް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިދޯންޏަކީ ކުޅުދުއްފުށި ދޯންޏެއްކަމަށާއި އެދޯނިން ދަތުރު ކުރަމުން އައީ 3 މީހުންކަމަށެވެ. ވިއްސަކަށް ފޫޓުގެ މިދޯނި މިހާރު އޮތީ ފަޅުތެރެއަށް ވައްދާފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު އެވެ. ހަބަރު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އެދޯނީގައި […]

އިބްރާހިމް އަސްވާޤް
ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް 📍 ށ. ބިލެތްފަހި

ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް

މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ށ. ބިލެތްފަހީ، ފިނި، އާދަމް އަނޫސް ހިމެނިއްޖެއެވެ. ރޭ މާލޭ ސިޓީގެ ތާޖުއްދީން ސްކޫލްގައި ކުރިއަށް ދިޔަ “މަތީ އަރުތަވެރިންގެ އިނާމް 2019” ހަފްލާގައި ވަނީ އެކި މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ. […]

ޙުސައިން ޝަހުދީ
ކޮޅިގަނޑެއްގައިޖެހި މުދާ އުފުލާ ދޯންޏެއްގައި ހުރި 2 ކޮންޓެއިނާ ކަނޑަށް

ކޮޅިގަނޑެއްގައިޖެހި މުދާ އުފުލާ ދޯންޏެއްގައި ހުރި 2 ކޮންޓެއިނާ ކަނޑަށް

މާލެ ސިޓީން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީގެ ސަރަހައްދީ ބަނދަރަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބާރު ކޮޅިގަނޑެއްގައިޖެހި އެ ދޯނީގައި ހުރި 2 ކޮންޓެއިނާ ކަނޑަށް ވެއްޓުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މިއީ ށ. ފީވަކު ބަލްމާ ކުންފުނީގެ “ވީނަސް” ނަމަކަށް ކިޔާ ދޯންޏެއްކަމަށް މި ނޫހަށް މައުލޫމާތު ލިބިފައެވެ. އެމައުލޫމާތު އެނގޭ މީހަކު ށ. ފީވަކުގައި ހުރެ “ތިލަދުން”އަށް ބުނީ މި ދޯންޏަކީ މާލޭ ވިޔަފާރި ބަނދަރުން 2 ކޮންޓެއިނާ ބަރުކޮށްގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް […]

އަޙްމަދު އަރުޝަމް
ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި އަންހެނުންގެ ކޮމެޓީއިން ހިންގާ ފަހާ ކޯސް ފަށައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެރަށުގައި ހިންގާ ފަހާ ކޯސް އިއްޔެ ފެށިއްޖެއެވެ. 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފަހާ ކޯހުގައި އެރަށުގެ 30 ކަނބަލަކު ވަނީ ބައިވެރިވެފައެވެ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޚަދީޖާ މޫސާ “ތިލަދުން”އަށް މި ކޯހާބެހޭ މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. މިގޮތުން އެ ކޮމެޓީއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކ...

އަޒްފާ ރަޝީދު
ފޯކައިދޫ ސްކޫލް ކީސްޓޭޖްގެ 1،2ގެ ދަރިވަރުން ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްކޫލް ކީސްޓޭޖްގެ 1،2ގެ ދަރިވަރުން ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފި

ށ. ފޯކައިދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ “މައި ކޮމިއުނިޓީ” ތީމްގެ ދަށުން އެރަށުގައި ޕިކްނިކް ދާ ސަރަހައްދެއް ތަރައްޤީކޮށްފިއެވެ. މި ސަރަހައްދަށް ދީފައިވާ ނަމަކީ “ކޮށްލަވާނި ބީޗް”އެވެ. މިމަސައްކަތްކޮށްފައިވަނީ ގްރޭޑް 1 ކާއި 6 ކާއި ދެމެދު ކިޔަވާ ކުދިންގެ ތެރެއިން ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނެވެ. މިމަސައްކަތުގައި ދަރިވަރުންނަށް އެހީތެރިވެދީފައިވަނީ ފޯކައިދޫ އަންހެނުންގެ ކޮމިޓީއާއި، މި މަސައްކަތްކުރި ދަރިވަރުންގެ ބެލެނިވެރިންނާއި އަދި ޓީޗަރުން ނެވެ. މިކަން […]

އަޒްފާ ރަޝީދު
ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ށ. ފުނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން “ދަންދާނަ ބާޒާރު 2021” ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ. ފުނަދޫ ކައުންސިލް އިދާރާގެ ހުޅަގުން އޮތް ހުސްބިމުގައި 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ހާއްސަ ކޮށްފައި ވަނީ ކަނބަލުންނަށެވެ. މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ [...

އިބްރާހިމް ޚަލީލް
ފީވަކުން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 22 އަށް

ފީވަކުން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 22 އަށް

ފީވަކުން އިތުރު 9 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 22 އަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ސާމްޕަލްތަކަކީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެވެ. މި ސާމްޕަލްތަކަކީ އޮކްޓޯބަރު 8 ވަނަ ދުވަހު ފީވަކުން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ނަގައިފާވާ ސާމްޕަލްތަކެއް ކަމަށް މައުލޫމާތުލިބެއެވެ. ވޭތުވެ ދިޔަ ހަފްތާގައި އެރަށުން ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރި ސާމްޕަލްތަކެއްވެސް ޕޮޒިޓިވް ވެފައެވެ. […]

އަޙްމަދު އަރުޝަމް
މާއުނގޫދޫ މޮނިޓަރިން ހާލަތުން ނަގައިފި

މާއުނގޫދޫ މޮނިޓަރިން ހާލަތުން ނަގައިފި

ކޮވިޑް-19 އާއި ގުޅިގެން ށ. މާއުނގޫދޫ މޮނިޓަރިންގައި އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ. އެޗްޕީއޭއިން އެރަށު ކައުންސިލަށް ފޮނުވި ލިއުމުގައި ވާގޮތުން އެރަށް މޮނިޓަރިން އުވާލައިފާ ވަނީ މިއަދު ހެނދުނު 11:12 ގައެވެ. އެޗްޕީއޭ އިން ބުނީ މޮނިޓަރިން އުވާލީ ޤާނޫނުގައި ބުނެފައިވާ މޮނިޓަރ ކުރުމަށްޓަކައި ބަލުން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ. މާއުނގޫދޫ ސިއްޙީ މަރުކަޒަށް ދެއްކި […]

އަޙްމަދު އަރުޝަމް
ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެ ކުރިއަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި އެވެ. ފޭދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ވަނީ 14 ފަރާތެއް ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 އިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ކޭކް އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލްއަށް ވަނީ ކިޔަވަދީފައެވެ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް […]

އަޙްމަދު އަރުޝަމް
މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ

ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ. މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ. މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ. […]

އަޙްމަދު އަރުޝަމް
ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި 📍 ށ. ނޫމަރާ

ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި

ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ...

ޔުމްނާ ޢަލީ
ފީވަކަށް އިތުރު ހާސްކަން، އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެ

ފީވަކަށް އިތުރު ހާސްކަން، އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ކަޯވިޑްގެ ޢަލާމާތްތައް ފެނިގެން ވޭތުވެދިޔަ ހަފްތާގައި ފީވަކުން ނެގުނު ސާމްޕަލްތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގެ ތެެެރެއިން 11 އޮކްޓޯބަރުގައި އިތުރަށް ނެގުނު 26 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބައެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. ފީވަކުން އިތުރު ބަޔަކ...

ޙުސައިން ޝަހުދީ