މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ކޮމަންޑޫ ކައިރިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައިރިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރަން ހުޅުވާލައިފިއެވެ. މިއަދު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި އެ އަތޮޅުގައި ރިސޯޓު ހަދަން ހުޅުވާލީ ށ. މެދުރަށާއި ދިގުރަށާއި މައިރަށެވެ. 19 ހެކްޓަރުގެ މި ތިން ރަށް ދޫ ކުރާނީ 1.2 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުން ށ. އަތޮޅުގެ އިތުރު ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު މިހާރު ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން […]

އަޙްމަދު ވަހީދު
މަރޮށީގައި ޕޭސްޓްރީ ކޯހެއް ފަށަނީ 📍 ށ. މަރޮށި

މަރޮށީގައި ޕޭސްޓްރީ ކޯހެއް ފަށަނީ

ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މަރޮށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިގައި ވަނީ މި ފެށޭ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންހެނުންގެ ކޮމިޓީގެ ރައީސާ މާޖިދާ ޙުސައިން 9674633 ނުވަތަ ކައުންސިލަރ ނުހާ ޒާހިރު 9674633 އަށް ތަފްސީލް (ނަން، ދާއިމީ...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް

ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […]

އަލީ އާދިލް
ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ....

އައިޝަތު ނަސާޔާ
ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި

“އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 ” ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ […]

އައިޝަތު ނަސާޔާ
މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި 📍 ށ. މަރޮށި

މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. މަރޮށި ބަނދަރު އަޕްގްރޭޑިންގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަރޮށި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ގްރޮއިން ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

“އުފަލުން” ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން  އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ. އެގޮތުން އަންނައުނ...

އައިޝަތު ނަސާޔާ
ކެމްޕެއިންއަށް ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް 📍 ށ. ކޮމަންޑޫ

ކެމްޕެއިންއަށް ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް

އަންނަ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއިން ވާދަކުރާ މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ށ. ފޯކައިދޫއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އިތުރުން މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. އެގޮތުން މި ކެމްޕެއިނުގެ ދަށުން މިއަދު ށ. ފޯކައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާއިރު އެ...

އައިޝަތު ނަސާޔާ
ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ނަޝްރޫއު އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ކޮށްދެނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. His Exellency @AhmedMahloof, Minister of Youth, Sports and...

އަޙްމަދު ވަހީދު
ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި 📍 ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ. ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މިރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދު ގެ އިތުރުން ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް ބައިވެރ...

އަލީ އާދިލް
ހަންނާނުގެ މާލޭ ކެމްޕޭން ޖަގަހަ ހުޅުވައިފި 📍 ށ. ކޮމަންޑޫ

ހަންނާނުގެ މާލޭ ކެމްޕޭން ޖަގަހަ ހުޅުވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހަ މިރޭ ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުވައިދެއްވީ މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެންއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، ކެންޑިޑޭޓް ހަންނާނެވެ. މި ހަފްލާގައި އެމްއެންޕީގެ ލީޑަރޝިޕާއި، ހަންނާނުގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. މިޖަގަހަ ހުޅުވުމުން މާލޭ ސަރަހައްދުގެ ކެމްޕޭން ހަރަކާތްތަކުގެ ދުވެލި ވަރަށް ހ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން: ބަހުސް މިމަހު 25ގައި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން: ބަހުސް މިމަހު 25ގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ނިންމައިފިއެވެ. މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހަގެރޭ 9:00 ގަ އެވެ. މި ބަހުސް ޓީވީއެމްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން މީގެ ކުރިންވެސް އަންނަނީ މަޖިލިސް އިންތިހާބު ތަކުގައި ބަހުސް ބާއްވަމުންނެވެ. މި ބަހުސްއިން ރައްޔިތުންނަށް ކެންޑިޑޭޓުން ތައާރަފް ވުމަށް ފުރުސަތު ލިބ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ އަޑުއިއްވަން އެންމެ ފައްކާ ބޭފުޅަކީ މޫސާ ފަތުހީ: ރައީސް ޔާމީން 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ އަޑުއިއްވަން އެންމެ ފައްކާ ބޭފުޅަކީ މޫސާ ފަތުހީ: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ އަޑުއިއްވަން އެންމެ ފައްކާ ބޭފުޅަކީ އަލްއުސްތާޛު މޫސާ ފަތުހީކަމަށް ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް ޔާމިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އަށް ތާއީދު ހޯއްދެވުމަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫ ގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން އާއި...

އަލީ އާދިލް
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 250 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަ...

އަޙްމަދު ވަހީދު
އަދާލަތުން ތާއީދު ކުރާ ކެންޑިޑޭޓެއް އިއުލާން ކުރަނީ 📍 ށ. ކޮމަންޑޫ

އަދާލަތުން ތާއީދު ކުރާ ކެންޑިޑޭޓެއް އިއުލާން ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަދާލަތު ޕާޓީ (އޭޕީ) އިން ތާއީދު ކުރާ ކެންޑިޑޭޓެއް އަންނަ ހަފުތާގައި ޢިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މިގޮތުން، އޭޕީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީން ކެންޑިޑޭޓެއް ނެރެފައި ނުވިނަމަވެސް ކޮމަންޑޫ ދާއިރާއަކީ އެ ޕާޓީގެ މެންބަރުން އެކަށީގެންވާ ވަރަކަށް ތިބި ދާއިރާއެއް ކަމަށ...

އަލީ އާދިލް