މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފެނަކަ ސީއެސްއާރުގެ ދަށުން ށ. އަތޮޅު ތައުލީމީ މަރުކަޒަށް 10 ޓީވީ ހަދިޔާކޮށްފި

ފެނަކަ ސީއެސްއާރުގެ ދަށުން ށ. އަތޮޅު ތައުލީމީ މަރުކަޒަށް 10 ޓީވީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށް 55 އިންޗީގެ 10 ޓީވީ ހަދިޔާކޮށްފިއެވެ. މިއީ އެ ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އަޕްގުރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަމެކެވެ. މިކަމަށްޓަކައި އެމަރުކަޒުގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުންނާއި، ސީނިޔަރ މެޖޭޖުމެންޓާއި އަދި ޕީޓީއޭގެ ފަރާތުން، ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށާއި އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން...

އައިޝަތު ނަސާޔާ
ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު 📍 ށ. ކޮމަންޑޫ

ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު

ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރަށްވާ ކަމަށާއި، އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ދާއިރާ ކުރިން ތަމްސީލް ކުރެއްވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ރާޝިދު މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނުއެވެ. އެއަށްފަހު އޭނާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޤަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރ...

ޙުސައިން ޝަހުދީ
ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރ...

އައިޝަތު ނަސާޔާ
ރާޝިދު ހުވާ ކުރައްވައިފި 📍 ށ. ކޮމަންޑޫ

ރާޝިދު ހުވާ ކުރައްވައިފި

މިމަހުގެ 5 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދު، މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ. އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިިރަސްމިއްޔާތުގައި ރައްޔި...

ޔުމްނާ ޢަލީ
ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފީވަށް

ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 29 ޖެނުއަރީ ގައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 40,420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14,743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމާއި 356 […]

އަޙްމަދު ވަހީދު
ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބ...

އައިޝަތު ނަސާޔާ
ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ 📍 ށ. ބިލެތްފަހި

ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި...

އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވިކަން ވަރަށް ސާފުކަން އެނގެން އެބައޮތްކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ. ފަނޑ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ. މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، […]

ޝިއުނާ އާދަމް
ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު

މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […]

އަލީ އާދިލް
ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ

ރާޝިދު ފަތުހީ ހަންނާން ރަށް ފޮށި # 161 95 41 މަރޮށި C9.1 1 144 152 37 ކޮމަންޑޫ -1 C11.1 2 159 92 64 ކޮމަންޑޫ -2 C11.2 3 225 200 12 ފޯކައިދޫ -1 C7.2 4 195 201 13 ފޯކައިދޫ -2 C7.1 5 280 242 88 މާލެ – 1 T0.1 6 237 179 68 މާލެ – 2 T0.2 […]

ތިލަދުން
ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ވޯޓުލުން ކުރިއަށް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ވޯޓުލުން ކުރިއަށް

ފޯރިގަދަ ކެމްޕޭނަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ދާނެއެވެ. މީގެތެރެއިން 15:00 އިން 16:00 ޚާއްޞަކޮށްފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށާއި، ކަރަންޓީނު ކުރެވިފައިވާ މީހުން ވޯޓު ލުމަށެވެ. ކޮމަންޑޫގެ 1 ނަމްބަރު ވޯޓު ފޮށީގައި ވޯޓުލުން ފަށާފައި ވަނީ 8:03 އެވެ. 2 ނަންބަރު ފޮށީގައި ވޯޓުލުން ފެށީ 8:02 ގައެވެ. ފޯކައިދޫ 1 އަދި […]

ޔުމްނާ ޢަލީ
ސިޔާސީ ތަޖުރިބާ އެންމެ ބޮޑީ ރާޑޯ، އެއީ އެންމެ ރަނގަޅު ޗޮއިސް: ހުސައިން އަރީފް 📍 ށ. ކޮމަންޑޫ

ސިޔާސީ ތަޖުރިބާ އެންމެ ބޮޑީ ރާޑޯ، އެއީ އެންމެ ރަނގަޅު ޗޮއިސް: ހުސައިން އަރީފް

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ކުރެ އެންމެ ސިޔާސީ ތަޖުރިބާ ބޮޑީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ހުސައިން އަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ. ރާޑޯއަށް ތާއިދުކުރާކަން ހާމަކޮށް ހުސެންބެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާޑޯއަކީ އެ ގޮނޑިއަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ވިދާޅުވެފައެވެ. ހުސައިންބެ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެ...

އަލީ އާދިލް
އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލުހޯދައިދޭނަން: ހަންނާން 📍 ށ. ކޮމަންޑޫ

އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލުހޯދައިދޭނަން: ހަންނާން

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދީފިނަމަ، އެ ދާއިރާގެ އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުމަކީ އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާން ނުކުމެހުންނެވީ ކޮމަންޑޫ ދާއިރާއަށް ތަސައްވުރެ އެކުލަވާލައި، އެކަން ޕްލޭން ވެސް ކުރަށްވައިގެންކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާގެ ތަސައްވުރ...

ޝިއުނާ އާދަމް
ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު 📍 ށ. ކޮމަންޑޫ

ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު

ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ...

އަލީ އާދިލް