މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީގެ ފަހު ޖާގަ ނަރުދޫއަށް
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނަރުދޫން ހޯދައިފިއެވެ. ސެމީފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅުނު ޕްލޭއޮފް ބުރުގެ ފަހު މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ނަރުދޫއެވެ. ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. […]