📍 ށ. ނަރުދޫ
ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުވައިފި
މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ރައީސް ސާލިހު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ށ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އެ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި،...