📍 ށ. ކޮމަންޑޫ
ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
ށ. ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެރަށު ކައުންސިލުން މިއަދު އާންމުކޮށްފިއެވެ. އެ ލިސްޓު އާންމުކޮށް ކޮމަންޑޫ ކައުންސިލުން ބުނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ”ޝަކުވާ ފޯމު” މެދުވެރިކޮށެވެ. އެ ފޯމު އެ އިދާރާގެ ކައުންޓަރުން […]