ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި
ށ. އަތޮޅުގެ އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 13 ވަނަ ދުވަހު ށ. ފުނަދޫގައި ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މި ރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އަދި ށ. […]