ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ.އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން ށ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނަ އިރު، މީގެ ކުރިން ޚިދުމަތް ޤާއިމްކޮށްފައި ނެތް 10 ރަށެއްގައި މިހާރު ވަނީ މި ޚިދުމަތް ޤާއިމްކޮށްފައެވެ. މިރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމުން ބީއެމެއެލް އިން މުޅިރާއްޖޭގައި ބެހެއްޓި އޭޓީއެމްގެ ޢަދަދު ވަނީ 188 އަށް އަރާފައެވެ.
މިގޮތުން ށ. އަތޮޅުގައި އަލަށް އޭޓީއެމްގެ ޚިދުމަތް ފެށި ރަށްތަކުގެ ތެރޭގައި ބިލެތްފަހި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް އަދި ފޯކައިދޫގެ އިތުރުން އެ އަތޮޅު މަރޮށީ ހިމެނެއެވެ.
ށ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މި މަޝްރޫއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިންގ ޚިދުމަތްތައ،ް ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
"މި މަސައްކަތް މިހާ ހަލުވި ސްޕީޑޭއްގައި ގެންދެވޭކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް، މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި އަޅުގަނޑުމެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ގާއިމުކޮށްފިން، މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސ،ް އެ ރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމު ކުރުމަށް އަޅުގަނޑުމެންގެ ޓީމުން މި ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި،" ޝަރީފް ވިދާޅުވެފަވެއެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. އެހެންކަމުން ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމ،ް އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަނ މުޅި ރާއްޖެއަށް ބެންކް އޮފް މޯލްޑިވިސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައެވެ.
މި މަޝްރޫޢުއާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!