މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ށ.އަތޮޅުކައުންސިލްގެ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް: ޝިޔާމް

ށ.އަތޮޅުކައުންސިލްގެ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް: ޝިޔާމް

ށަވިޔަނި އަތޮޅު ކައުންސިލްގެ މަސައްކަތްތަކަކީ އެހެން ކައުންސިލްތަކަށް ނަމޫނާ ދައްކުވައިދޭފަދަ މަސައްކަތްތަކެއް ކަމަށް، އެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝިޔާމްގެ ވާހަކާގައި ވިދާޅުވީ، އަތޮޅާއި ރަށްތަކަށް ވަރަށް ގިނަ ކަންތައް ކުރެވި، އެކުވެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓިފައިވާ ކަމަ...

ޔުމްނާ ޢަލީ
ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޑްކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމާޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢު އާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް “ތިލަދުން” އަށް ވިދާޅުވީ، ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކުރުމަށް ރާވަފައިވަނީ ރަށު ސްކޫލްގެ ހޯލު ހޫނުގަދަވުމުގެ ސ...

އައިޝަތު އައިނީ އާމިރު
ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ 📍 ށ. ބިލެތްފަހި

ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ

ޤައުމީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން ށ. އަތޮޅު ބިލެތްފައްސަށް ކުރެއްވި ޒިޔާރަތަކީ، އުފާވެރިކަމާއި އުއްމީދު އާކޮށްދިން ކާމިޔާބު ޒިޔާރަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް ށ.އަތޮޅުން، އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި ވަނީ މިދިޔަ މަހު 29 އިން 30 އަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޝަރަފްވެރިއެއްގެ ގޮތުގައި ވަޒީރު މާރިޔާވެސް ބައިވެރިވެވަޑައިގަތެވެ. ޤައުމީ ދު...

އައިޝަތު އައިނީ އާމިރު
އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ 📍 ށ. ނަރުދޫ

އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ

ށ. ނަރުދޫގައި ހިންގަމުން އަންނަ އެންމެ ސަޅި ކެފޭ ކަމުގައިވާ ބްރީޒް ވިއުގެ އަހަރީ ޕްރޮމޯޝަން، އަގުބޮޑު އިނާމުތަކާއިއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއްވަނަ އިނާމަކަށް 43 އިންޗީގެ ބޮޑު ސްމާޓު ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ ޑައިނަމިކް ސުޕަރޖެނެރަލް ބްރޭންޑުގެ 7 ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ. […]

އަލީ އާދިލް
މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި

ށ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ހުޅުވާލަމުން އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި، އެ ސޮކޫލުން އަންމުކޮށްފައިވާ އިއުލާނުގައިވާ ފޯމު ޑައުންލޯޑ...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް 📍 ށ. ބިލެތްފަހި

ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާ...

ޙުސައިން ޝަހުދީ
ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ 📍 ށ. ބިލެތްފަހި

ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ

ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ. 29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް...

ޔުމްނާ ޢަލީ
ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް 📍 ށ. ފުނަދޫ

ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް

ށ. އަތޮޅުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކޮށްގެން، އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ “މާރެސް އެވޯޑު” އެ އަތޮޅު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ އިން ހާސިލްކޮށްފިއެވެ. މި އެވޯޑު ހަވާލުކޮށްފައިވަނީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. ބިލެތްފަހީގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.  މާރެސް އެވޯޑަށް ށ. އަތޮޅުގެ ޑަބްލިއުޑީސީތަކުން ކުރިމަތިލައ...

އައިޝަތު އައިނީ އާމިރު
ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ 📍 ށ. ގޮއިދޫ

ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ

ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ. އެމްގެޕް، ސެޓްފިކެޓް ހާސިލްކުރި ދަނޑުވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި...

އިބްރާހިމް ޚަލީލް
ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް

ށ. ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ. ށ. އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ބިލެތްފަހީގައި އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހީ ކައުންސިލުން ކާމިޔާބުކޮށްގެންނެވެ. މި އޮގަސްޓް މަހު 29 އިން 30 އަށް ދެ ދުވަހަށް ހަރަކާތްތައް ބ...

އައިޝަތު އައިނީ އާމިރު
ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް 📍 ށ. ފުނަދޫ

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […]

އިބްރާހިމް ޚަލީލް
ފުނަދޫ އަންހެނުންގެ ކޮމެޓީން ޖިމް ތަމްރީން ޕްރޮގްރާމަށްފަހު ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ޖިމް ތަމްރީން ޕްރޮގްރާމަށްފަހު ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް

ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށުގައި ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަކީ އޯގަސްޓް 10 އިން 20 އަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާއިރު، ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި 📍 ށ. ކަނޑިތީމު

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...

ޔުމްނާ ޢަލީ
ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ 📍 ށ. ފުނަދޫ

ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ. މި މުބާރާތަށް ގިނަބަޔެއްގެ ސަމާލުކަން އަމާޒުވެފައިވާ އެއް ކަމަކީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެތީއެވެ. މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ 27 ކުޅުންތެރިން ކުޅޭނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ބިދޭސީ 3 މީހަކު ހަރަކާތްތެރިވާނެއެވެ. މި […]

ޔުމްނާ ޢަލީ