މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ށ. ކޮމަންޑޫ ޗަމަން މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ. މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، ވަކިން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގަައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މ...

އިބްރާހިމް އަސްވާޤް
ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / މިއުނިކް، ޢަބްދުﷲ ސާލިމް (32އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހަ...

ޔުމްނާ ޢަލީ
ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ކޮމަންޑޫ ސިއްހީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. ކޮމަންޑޫ އިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާތީ، ކޮމަންޑޫ ޞިއްޙީ މަރުކަޒުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. ޑައިލިސިސްގެ ޚިދުމަތް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ ޑައިލިސިސްގެ ޚިދުމަތްދޭ ކޮޓަރި ބައްލަވާލައްވާފައެވެ. ކޮމަ...

ޔުމްނާ ޢަލީ
މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް މިލަންދޫ ސިއްހީ މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) އާއި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ. އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެކްރޭ ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތަށް...

ޔުމްނާ ޢަލީ
މިލަންދޫ އަށް ޑްރަގް އެތެރެކުރަން އުޅުޅުނު މީހަކު އެރަށު ބަނދަރުގައި އޮތް ލޯންޗަކުން ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އަށް ޑްރަގް އެތެރެކުރަން އުޅުޅުނު މީހަކު އެރަށު ބަނދަރުގައި އޮތް ލޯންޗަކުން ހައްޔަރުކޮށްފި

ށ. ފުނަދޫއިން އެ އަތޮޅު މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފުނަދޫ، ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަ...

ޔުމްނާ ޢަލީ
މިލަންދޫ އެފްއެސްއެމް ފިއުލް ޝެޑުން ޚިދުމަތް ދޭން ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ އެފްއެސްއެމް ފިއުލް ޝެޑުން ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ށ. މިލަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. އެފްއެސްއެމުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، މުޅި ރާއްޖޭގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، ކޮންމެ އަތޮޅެއްގައި ތެޔޮ ފިހާރައެއް ގާއިމުކުރުމުގެ އަމާޒާއެކު ރާއްޖޭގެ އެ...

ޔުމްނާ ޢަލީ
ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ

އަތޮޅުތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ އަދާހަމަ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ހިއްސާކުރައްވައިފިއެވެ. މިނިސްޓަރ މި މަޢުލޫމާތު ހިއްސާކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ވަނީ ނިންމާފައެވެ. 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް...

އައިޝަތު ޢާދަމް
ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި 📍 ށ. މަރޮށި

ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

ރާއްޖޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ. މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، […]

ޝިއުނާ އާދަމް
ށ.ގޮއިދޫ ދަނޑުވެރިންގެ ގިނަ އަދަދެއްގެ އުފެއްދުންތައް މާކެޓަށް ނެރުނު ކާމިޔާބު އަހަރެއް 📍 ށ. ގޮއިދޫ

ށ.ގޮއިދޫ ދަނޑުވެރިންގެ ގިނަ އަދަދެއްގެ އުފެއްދުންތައް މާކެޓަށް ނެރުނު ކާމިޔާބު އަހަރެއް

1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ށ.ގޮއިދޫގެ ދަނޑުވެރިން ވަނީ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް އުފައްދައި ބާޒާރަށް ނެރެފައެވެ. މި އުފެއްދުންތައް މާލެއާއި، ށ. އަތޮޅުގެ ރަށްތަކުގެ އިތުރުން ކައިރި އަތޮޅުތަކަށާއި ކުޅުދުއްފުށީ މާކެޓަށް ވަނީ ސަޕްލައިކޮށްފައެވެ. ގޮއިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ އެހީތަކެއް އެ ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުނ...

ޔުމްނާ ޢަލީ
ށ.އަތޮޅު ހޮސްޕިޓަލްގައި ސްޕީޗް ލޭންގްއޭޖް ތެރަޕީގެ ޚިދުމަތް ފަށައިފި

ށ.އަތޮޅު ހޮސްޕިޓަލްގައި ސްޕީޗް ލޭންގްއޭޖް ތެރަޕީގެ ޚިދުމަތް ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކުމާއި، ބަހާއި، މުވާސަލާތުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް ފެށިކަން އެ ހޮސްޕިޓަލުން ވަނީ ބުރާސްފަތި ދުވަހު މީސްމީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ޚިދުމަތުގެ ފައިދާ ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެއިޓިން ލިސްޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ވެއިޓިން ލިސްޓުގައި ބ...

ޔުމްނާ ޢަލީ
 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ށ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ރޯސް، ޢަބްދުﷲ ޝުޖާޢު (48އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 55 ރަބަރު ޕެކެޓު […]

އަލީ އާދިލް
ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި 📍 ށ. ގޮއިދޫ

ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި

ށ. ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ‘މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް’ (އެމްގެޕް) ސެޓިފައިޑް ދަނޑުވެރިކަމުގެ ބާވަތްތައް، މާލޭގެ ދަނޑުވެރިންގެ ބާޒާރަށް ނެރެ، އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުފެއްދުންތައް މިހާރު މާލޭ ނޯތު ހާބަރުގެ ދަނޑުވެރިންގެ ބާޒާރުން ލިބެން ހުންނާނެއެވެ. މި އުފެއްދުންތަކަކީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކަށް އިސްކަންދީގެން، ކާބޯތަކެތީގެ ރައްކާތެރިކަމާއި މަތީ ފެންވަރު ކަށަވަރުކޮށްފައިވާ ތަކ...

ޔުމްނާ ޢަލީ
ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި

ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ އިޖުތިމާއީ ސިޔާސަތުގެ ދަށުން އެ ރަށުގައި ތަރައްގީކުރި ”ބަނޑަހަމަގު ބީޗް” ގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނީ މި ބީޗަކީ ނަރުދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށްޓަކައި ތަރައްގީކުރި ތަނެއް ކަމަށެވެ. މި މަޝްރޫއު ނިމި، މިހާރު އެ ސަރަހައްދުގެ ބޭނުން ރައްޔިތުން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް […]

ޔުމްނާ ޢަލީ
އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި 📍 ށ. ފުނަދޫ

އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ށ. ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. 17,500 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލައަށް ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމް ކުރާ މި ސެންޓަރުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުރެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރި...

އައިޝަތު ޢާދަމް
ފޯކައިދޫގައި 1200 އެއްހާ މީހުންނާއެކު ބޮޑު ދަރުހެއް

ފޯކައިދޫގައި 1200 އެއްހާ މީހުންނާއެކު ބޮޑު ދަރުހެއް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން، ށ. ފޯކައިދޫ ކައުންސިލާއި މަންފާ ޖަމިއްޔާ ގުޅިގެން ފޯކައިދޫގައި ޚާއްޞަ ދީނީ ދަރުހެއް ބާއްވައިފިއެވެ. “ތައްޔާރުވަމާ” މި ނަމުގައި ބޭއްވުނު މި ދަރުހަކީ ރަށުގެ އެކި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ. ފޯކައިދޫގައި ބޭއްވުނު މި ބޮޑު ދަރުސް ދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް އެވެ. މި ދަރުސްގައި ރޯދަމަހަށް ރޫހާނީގޮތުންނާއި ނަފްސާނީގޮތުން...

ޔުމްނާ ޢަލީ