މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ނަރުދޫގައި ''މަންފާ ދަތުރު'' ދީނީ ޕްރޮގްރާމް މި މަހު 6 އަދި 7 ގައި 📍 ށ. ނަރުދޫ

ނަރުދޫގައި ''މަންފާ ދަތުރު'' ދީނީ ޕްރޮގްރާމް މި މަހު 6 އަދި 7 ގައި

ށ. ނަރުދޫގައި ޚާއްޞަ ދީނީ ޕްރޮގްރާމެއް މި އޯގަސްޓް މަހުގެ 6 އަދި 7 ގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވާން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އިސް ދައުރެއް އަދާކުރާ .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މިއީ “މަންފާ ދަތުރު” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ “މަންފާ ދަތުރު” ގެ ނަމުގައި .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަމްޒު ސްޕޯޓްސް […]

ޔުމްނާ ޢަލީ
ބަންޑާރަ ބިމުގައި ރުއްގަސް އިންދުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ: ނޫމަރާ ކައުންސިލް 📍 ށ. ނޫމަރާ

ބަންޑާރަ ބިމުގައި ރުއްގަސް އިންދުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ: ނޫމަރާ ކައުންސިލް

ށ. ނޫމަރާގެ ބަންޑާރަ ބިންތަކުގައި ކައުންސިލްގެ ހުއްދައެއް ނެތި ރުއްގަސް އިންދަމުންދާ ދިއުން ހުއްޓުވުމަށާއި، މިގޮތަށް އިންދާ ރުއްގަހަށް އެއްވެސް ބަދަލެއް ނުދޭނެކަމަށް އެރަށު ކައުންސިލުން އަންގައިފިއެވެ. ނޫމަރާ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު، ކައުންސިލުން ދައްކާ ސަރަޙައްދުތަކެއްގައި ކަމަށެވެ. އަދި މިގޮތަށް އިންދާ ރުއް ނުވަތަ ގަސް ކައުންސިލްގައި ދަފްތަރުކޮށް، އެކަން ކަށަވަރުކުރުމަކީ އ...

އިބްރާހިމް އަސްވާޤް
ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ 📍 ށ. ނަރުދޫ

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ

ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...

ޔުމްނާ ޢަލީ
ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ށ. ކަނޑިތީމުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި ޢިއުލާންގައި ކަނޑިތީމު ކައުންސިލުން ބުނީ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކަނޑިތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1750 އަކަފޫޓުގެ ދެ ބިމެކެވެ. އެއީ ބިން ނަންބަރު LT-026 އަދި LT-027 އެވެ. މި ބިންތަ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ފުޓްސަލް ބޯޅަ ހަދިޔާކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ފުޓްސަލް ބޯޅަ ހަދިޔާކޮށްފި

ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ. މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލީ ''ކަމިން އަޕް'' އިން 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލީ ''ކަމިން އަޕް'' އިން

ށ. ނަރުދޫ ކައުންސިލްގެ 12 ވަނަ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގައި އަލަށް ވާދަކުރި “ކަމިން އަޕް” ޓީމުން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ކޯޗު ޢަލީ ޝުޒޭންއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި ފައިނަލް މެޗުގައި ކަމިން އަޕް އިން ތަށި އުފުލާލީ އިއްތިހާދު އެފްސީއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް […]

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ކަމިން އަޕް އާއި އިއްތިހާދު އެފްސީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ކަމިން އަޕް އާއި އިއްތިހާދު އެފްސީ

ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގަތައް ކަމިން އަޕް އަދި އިއްތިހާދު އެފްސީ ކަށަވަރުކޮށްފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށް ފަހުއެވެ. ސެމީ ފައިނަލްގެ ދެ މެޗުވެސް ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ސެމީ ފައިނަލްގައި މި މުބާރާތުގައި އަލަށް ބައިވެރިވި ކަމިން […]

ޝިއުނާ އާދަމް
ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް، ބައިވެރިވާން ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް، ބައިވެރިވާން ހުޅުވާލައިފި

ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އިއްޔެ ހުޅުވާލައިފިއެވެ. “އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން” ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 20 އަށެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދ...

ޔުމްނާ ޢަލީ
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ 📍 ށ. ބިލެތްފަހި

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު...

އަޙްމަދު ވަހީދު
ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ތަފާތު އެކި ކަސ...

ޔުމްނާ ޢަލީ
ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އ...

ޔުމްނާ ޢަލީ
ފޯކައިދޫ ޑަބްލިޔުޑީސީން ބޭއްވި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ޑަބްލިޔުޑީސީން ބޭއްވި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 4 އިން 12 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 28 ބައިވެރިން ބައިވެރިވެ، ޕޭސްޓްރީގެ ދާއިރާއިން އައު ހުނަރުތަކެއް ދަސްކޮށްފައިވެއެވެ. “ކްރިއޭޓިވް ޕްރޮޑަކްޓްސް” ގެ ފަރާތުން ފާތިމަތު ނާޝީދާ ކިޔަވައިދެއްވި މި ކޯހުގައި، ތަފާތު 30 ބާވަތެއްގެ ޕޭސްޓްރީ ތައްޔާރުކުރާނެ ގޮތް އަމަލީގޮތ...

ޝިއުނާ އާދަމް
މާއުނގޫދޫ ކައުންސިލުން ރައްޔިތުންގެ ޚިޔާލު ހޯދަން ''ގެއިން ގެއަށް''

މާއުނގޫދޫ ކައުންސިލުން ރައްޔިތުންގެ ޚިޔާލު ހޯދަން ''ގެއިން ގެއަށް''

ށ. މާއުނގޫދޫ ކައުންސިލް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި “ގެއިން ގެއަށް” ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި ހަރަކާތަކީ ރަށުގެ ތަރައްގީއާއި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާތައް ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ

ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމައި މުބާރާތުގެ ގުރު ނަގައިފިއެވެ.   ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫހު އާލާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑް އާއި، […]

ޔުމްނާ ޢަލީ
''ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް''ގެ ދަށުން ށ.ގޮއިދޫ ޑަބްލިޔުޑީސީން ފަތްކެޔޮ އިންދައިފި 📍 ށ. ގޮއިދޫ

''ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް''ގެ ދަށުން ށ.ގޮއިދޫ ޑަބްލިޔުޑީސީން ފަތްކެޔޮ އިންދައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ “ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް” ގެ ދަށުން ށ. ގޮއިދޫގައި ފަތްކެޔޮ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ގޮއިދޫ ޑަބްލިޔުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އެ ރަށަށް ލިބިފައިވާ 117 ފަތްކެޔޮގަސް އިންދުމުގެ މަސައްކަތް މިހާރު ވަނީ ނިންމ...

ޔުމްނާ ޢަލީ