📍 ށ. ގޮއިދޫ
ގޮއިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ށ. ގޮއިދޫ ކައުންސިލުން އެރަށު އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026″ ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލް މުބާރާތަށް އެދެވޭ ތަރުޚީބެއް ލިބިފައިނުވާތީ، ކައުންސިލުން ނިންމާފައިވަނީ އޭގެ ބަދަލުގައި ބަށި މުބާރާތެއް ކުރިއަށް ގެންދިޔުމަށް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ” 2017 ވަނަ އަހަރުން ފެށިގެން މި ރަށުގައި މި ވަނީ ބަށި ކުޅުން ހުއ...