މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ! 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ!

ށ. ނަރުދޫ، ކެނެރީގެ ޢުމުރުން 37 އަހަރުގެ ފާޠިމަތު ޝަފީޤާގެ މަސައްކަތްތެރި ކަމާއި، އެ ރަށަށް ޝަފީޤާ ހިލޭ ސާބަހަށް ދެމުންދާ މާސްކު ފަހައި ދިނުމުގެ ޚިދުމަތަކީ މިވަގުތު އެރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތްކަން ޔަގީީނެވެ. ފެހުމުގެ މަސައްކަތުގައި 22 އަހަރު ހޭދަކޮށްފައިވާ ޝަފީޤާ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް އިތުރު މަސައްކަތެއްގެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެރަށު ކެފޭއެއްގައި ކޭޝިޔަރެއްގެ ވަޒީފާ އަދާ ކުރަން ފެށިއެވެ. ކެފޭގެ ވަޒީފާއަށް ދިޔަ ނަމަވެސް […]

ޙުސައިން ޝަހުދީ
ކޯވިޑް-19: ށ އަތޮޅުން 22 ސާމްޕަލް ނަގައިފި

ކޯވިޑް-19: ށ އަތޮޅުން 22 ސާމްޕަލް ނަގައިފި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، ށ. އަތޮޅުން އިތުރު 22 ސާމްޕަލް ނަގައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޯވިޑަށް ޓެސްޓް ކުރުމަށްޓަކައި، އެ އަތޮޅުން ނެގި 22 ސާމްޕަލާއި އެކު އެއަތޮޅު ފުނަދޫން ސީ އެމްބިއުލެންސް ފުރާފައިވާ ކަމަށެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވާ ގޮތުން އެ 22 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ނަރުދޫން 13 މީހެއްގެ ސާމްޕަލާއި، މިލަންދޫ 8 މީހެއްގެ ސާމްޕަލާއި އަދި ކަނޑިތީމު މީހެއްގެ ސާމްޕަލެކެވެ. https://www.facebook.com/468880206535132/posts/2920241288065...

ޝިއުނާ އާދަމް
ކޯވިޑް-19: މިލަންދޫ 8  މީހެއްގެ ސާމްޕަލް ނަގައިިފި 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ 8 މީހެއްގެ ސާމްޕަލް ނަގައިިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ. އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ. އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ. […]

ޝިއުނާ އާދަމް
ނަރުދޫން ފައްސިވި މީހުން ދޮނަކުޅިއަށް

ނަރުދޫން ފައްސިވި މީހުން ދޮނަކުޅިއަށް

ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އަންނަނީ ދޮނަކުޅި ރިސޯޓްގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކުރަމުން. މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން މިހާރު އަންނަނީ ބަނޑޮސް ރިސޯޓަށް ބަދަލުކުރަމުން. މާލެއިން ޕޮޒިޓިވް ވާ މީހުން ދެން ގެންދާނީ ބަނޑޮހަށް. މަބުރޫކް ވިދާޅު...

ޝިއުނާ އާދަމް
ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި 📍 ށ. ނަރުދޫ

ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި

ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި [...

އަލީ އާދިލް
ހުއްދަ ނެތި ބިލެތްފައްސަށް އެރި ބަޔަކު ހައްޔަރުކޮށްފި 📍 ށ. ބިލެތްފަހި

ހުއްދަ ނެތި ބިލެތްފައްސަށް އެރި ބަޔަކު ހައްޔަރުކޮށްފި

ށ. ބިލެތްފަހި ކޯވިޑް-19 ޓާސްކް ފޯހުގެ ހުއްދަނެތި އެ ރަށަށް އެރި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ ތިން މީހުން ބިލެތްފައްސަށް ދިޔައީ ށ. ފޭދޫން ފުރައިގެން ކަމަށެވެ. މީހުން ހައްޔަރުކުރީ ބިލެތްފައްސަށް ދިއުމަށް ފަހު އެނބުރި ފޭދު އަށް ދިޔަ މަގުމަތީގަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިދަނޑިވަޅުގައި ރަށު ޓާސްކް ފޯސްތަކުގެ ހުއްދަ ނެތި ދަތުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން […]

ޝިއުނާ އާދަމް
ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް […]

ޔުމްނާ ޢަލީ
ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ

ށ. މިލަންދޫ މީހަކުވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވެފައިވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހަކަށެވެ. އެޗްޕީއޭގެ ރަސްމީ ބަހެއް މިކަމަށް ލިބިފައި ނުވިޔަސް އެރަށުން މިކަން މި ނޫހަށް ވަނީ ޔަޤީން ކޮށްދީފައެވެ. މިލަންދޫ މީހަކު ކޯވިޑަށް ފައްސިވިއިރު، އަމާޒު ބޯޓު ނިސްބަތްވާ ނަރުދޫން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ފައްސިވެފައެވެ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ […]

ޝިއުނާ އާދަމް
ނަރުދޫން ފައްސިވި މީހުންގެ ޢަދަދު 6 އަށް 📍 ށ. ނަރުދޫ

ނަރުދޫން ފައްސިވި މީހުންގެ ޢަދަދު 6 އަށް

ށ. ނަރުދޫ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު 6 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ވަނީ އެރަށުން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ހަޔަކަށް އަރާފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ އެރަށުން ކޯވިޑް-19 ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަނބިމީހާއާއި، ދެ ދަރިންނާއި އަދި އަމާޒު ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ. އެ ރަށުން […]

ޝިއުނާ އާދަމް
ނަރުދޫން އިތުރު ތިން މީހުން ފައްސިވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫން އިތުރު ތިން މީހުން ފައްސިވެއްޖެ

ށ. ނަރުދޫ އިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުން އިތުރު ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ. އެކަން އެ ޢާއިލާއަށް އަންގާފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށްވެސް އޭނާ ބުންޏެވެ. އެ ރަށުން ވިހި މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އަލަށް ފައްސިވި ތިން މީހުންނަކީވެސް އަމާޒު ބޯޓު ކެޕްޓަނާއި ސީދާ […]

ޝިއުނާ އާދަމް
ފޮޓޯއިން ވާހަކަ "ތަކަފަތި ކަމަނަ"، މާއުނގޫދޫ ޒުވާނުންގެ މަސައްކަތް ވަރަށް ސަޅި!

ފޮޓޯއިން ވާހަކަ "ތަކަފަތި ކަމަނަ"، މާއުނގޫދޫ ޒުވާނުންގެ މަސައްކަތް ވަރަށް ސަޅި!

“ތަކަފަތި ކަމަކަ” އަކީ ށ. މާއުނގޫދޫ އަށް އުފަން އުމުރުން 21 އަހަރުގެ އިބްރާހީމް ޒަޔާން އާއި އެރަށުގެ ޒުވާން ކުދިންކޮޅެއްގެ ބުރަ މަސައްކަތުން ގެނެސްދީފައިވާ ވަރަށް ޝައުގުވެރި “ފޮޓޯއިން ވާހަކަ” އެކެވެ. ށ. މާއުނގޫދޫގެ ހިތްގައިމު ވަލު ތެރޭގައި ގަނާފައިވާ މަންޒަރު ތަކެކެވެ. އެރަށުގެ ކުއްޅަވަށް ފަލުގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދީފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަންފެށި ޒަޔާން މި ފޮޓޯ ސްޓޯރީއާއި ގުޅެގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ “ތަކަފަތި ކަމަނަ” އަކީ […]

ހުސައިން ހަބީބް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ

ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާއި ގުޅޭ އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައިކަން އެކައުންސިލުން ހާމަކޮށްފައިވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން އެ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. އެ ކައުންސިލުން ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން 16 އޭޕްރިލް […]

ޔުމްނާ ޢަލީ
ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް 📍 ށ. ފުނަދޫ

ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް

ށ. ފުނަދޫ އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ފުނަދޫ އޮތީ މޮނިޓަރިންގ ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނީ ދެންމެ އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައިއެވެ. އެ ޕޯސްޓްގައި ވަނީ އެއްވެސް ބޭނުމެއްގައި ބޭރަށް ނުނިކުތުމަށެވެ. https://www.facebook.com/553472748123209/posts/1822843057852832/ އެކައުންސިލުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން16 އޭޕްރިލް2020...

ޝިއުނާ އާދަމް
ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ށ. ފީވަކު ސްކޫލްގައި އެރަށުގެ ކޮވިޑް-19 ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމެއްގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މިމާރާމާރީގެ ރިޕޯރޓް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ދިއުމުން މިދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. މިދެމީހުންވެސް ޙަ...

ޝިއުނާ އާދަމް