މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް! 📍 ށ. މިލަންދޫ

ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް!

މިލަންދޫ ކައުންސިލްގެ ކައުންސިލް މެމްބަރ ޢަބްދުﷲ އާތިފް (ބޮޑޭ) މިލަންދޫގެ އެންމެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފިއެވެ. ޢަބްދުﷲ އާތިފް (ބޮޑޭ)ގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ނިމިގެންދިޔަ ދަޢުރުގައި އޭނާއަށް ވޯޓް ދެއްވައި، ވޯޓް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި، ވޭތުވެގެން ދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ލާމަރުކަޒީ ޤާނޫނުން މަތިކުރާ ކަންތައްތައް ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ...

އަބްދުލް މުޙައްމަދު
އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ 📍 ށ. މިލަންދޫ

އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ

މިލަންދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން މިޖޫން މަހު މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ށ. މިލަންދޫގެ ކިޔަވާ ކުދީންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށް އެޖަމްޢިއްޔާގެ އެކްޓިވްޓީސްކޮމެޓީގެ ޗެއަރ އިބްރާހިމް އަންވަރު ތިލަދުންއަށް ބުންޏެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ޒެޑްމޯބައިލް އެންޑް އެކްސްސަރީޒްއެވެ. ފައިސާގެ އިނާމާއި، ވާދައިގެ ޝީލް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްގެންދަނީ ދެބަޔަކަށ...

އަބްދުލް މުޙައްމަދު
ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި 📍 ށ. ގޮއިދޫ

ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ފޯނު ގުޅުއްވައި، މަރުހަބާ ދަންނަވައި އެކުންފުނިން ވަޒީފާގެ ފުރުޞަތު ހުށަހަޅުއްވައިފިއެވެ. ފެނަކައިން މިއަދު ބުނީ ވެލްޓިލޭޓަރެއް އުފެއްދި އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ގުޅ...

ޔުމްނާ ޢަލީ
އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި 📍 ށ. ނަރުދޫ

އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި

އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ށ. ނަރުދޫ އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފިއެވެ. އާންމު ހާލަތަށް ބަދަލުވުމުން އެ ބޯޓުގެ ދަތުރުތައް މާލެއަށް ފަށާފައިފަނީ އިއްޔެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ބުނީ އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް ފަހުގައި ކަމަށެވެ. އަމާޒު ބޯޓުގެ ކެޕްޓަން ކޯޑަށް ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެ […]

ޔުމްނާ ޢަލީ
ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް! 📍 ށ. ގޮއިދޫ

ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް!

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ. އަޝްހަމް “ތިލަދުން” އަށް ބުނީ ރޭގައި ނައިބު ރައީސް އަޝްހަމަށް ގުޅުމުން ލިބިގެން ދިޔައީ ހައިރާން ކަމާއި، އުފާވެރިކަން ކަމަށެވެ. އަދި ނައިބު ރައީސް އަޝްހަމްގެ މަސައްކަތަށް ހިތްވަރުދެއްވުން ވެގެން ދިޔައީ ކުރިމަގަށް އ...

ޝިއުނާ އާދަމް
ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި

ށ. ގޮއިދޫ 19 އަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު އަޝްހަމް ވެންޓިލޭޓަރެއް އުފައްދައިފި އެވެ. މިއާއިއެކު އަޝްހަމް ވެފައިމިވަނީ ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާއަށެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ތިލަދުންއާއި ވާހަކަދައްކަމުން ބުނީ މިކަން ކުރުމުގެ ހިޔާލު އައީ ސިފައިން ފުރަތަމަ ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުންނާއި ބަލިމަޑުކަމެއް ފެތުރިފައިވާ މިދުވަސްވަރު ރަށުން ވެންޓިލޭޓަރުގެ ޚިދުމަތް ލިބެން ނ...

އިބްރާހިމް އަސްވާޤް
ނަރުދޫން ކޯވިޑަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫން ކޯވިޑަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ށ. ނަރުދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 11 މީހުންވެސް އެބަލިން ރަނގަޅުވެއްޖެއެވެ. އެ ހުރިހާ މީހުންވެސް އެބަލިން ރަނގަޅު ވުމުން މިއަދު ވަނީ ނަރުދޫއަށް ގެންގޮސްފައެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެންވެސް މިހާރު ބަލިން ފަސޭހަވުމުން ރަށަށް ގެނެސްފައިވާ ކަމަށެވެ. މިކަންވަނީ ކައުންސިލް މެމްބަރު ނިޒާރުގެ އިތުރުން އެރަށުގެ ކައުންސިލް ރައީސް އަހުމަދު އާރިފްވެސް ކަށަވަރުކޮށް ދެއްވާފައެވެ. ނިޒާރު ވިދާޅުވީ އެރަށުން އެބަލި ހުރިތޯ...

ޝިއުނާ އާދަމް
ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ 📍 ށ. ނަރުދޫ

ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ

މާލެއިން ފިޔަވާ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ކޯވިޑް19ގެ ކޭސްތައް ފެނުނު ރަށް ކަމަށްވާ ށ. ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ ހަރަދުގައި ދައްކަވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫ ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. އެރަށޫން ވާހަކަ ދެއްކި މީހަކު […]

އަލީ އާދިލް
34 ދުވަސް ފަހުން ނަރުދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. ނަރުދޫ

34 ދުވަސް ފަހުން ނަރުދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

25 އޭޕްރިލް 2020 ވަނަ ދުވަހު ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި އޮތް އޮތުން 34 ދުވަސް ފަހުން ނިމުމަކަށް ގެނެސްފިއެވެ. އެޗްޕީއޭއިން ނަރުދޫ މޮނިޓަރިންގ ހާލަތުންނެގީ 29 މެއި 2020 ވަނަ ދުވަހުގެ ރޭ 23:35 ގައެވެ. އެ ރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި […]

ޝިއުނާ އާދަމް
މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

ށ. މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޖަމާއަތީ ފެތުރުމެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ. މިގޮތުން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ. އެ ސިއްޙީ މަރުކަޒުން ބުނީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގަ ނޫނީ އަދިވެސް ނުނިކުތުމަށް އެދޭކަމަށާއި، ގެއިން ބޭރަށް ދާނަމަ ފޭސްމާސްކު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ....

ޝިއުނާ އާދަމް
ދަރިފުޅު ބަނޑަށް މަރުވި މީހާގެ އެޕޮއިންޓްމެން ކެންސަލްކުރީ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން: ށ. އަތޮޅު ހޮސްޕިޓަލް

ދަރިފުޅު ބަނޑަށް މަރުވި މީހާގެ އެޕޮއިންޓްމެން ކެންސަލްކުރީ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން: ށ. އަތޮޅު ހޮސްޕިޓަލް

އިއްޔެ ބަނޑަށް ދަރިފުޅު މަރުވި ށ. ނަރުދޫ އަންހެން މީހާ، 23 މޭ 2020 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށް ހަމަޖެހިފައި ވާ އެޕޮއިންޓް ކެންސަލްކުރެވިފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނަރުދޫ މާބަނޑުމީހާ ފޮލޯ އަޕް ހެދުމަށްޓަކައި، ށ. އަތޮޅު ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް […]

ޝިއުނާ އާދަމް
ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ. މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ” […]

ޔުމްނާ ޢަލީ
ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި 📍 ށ. މިލަންދޫ

ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި

ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ...

ޔުމްނާ ޢަލީ
ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި 📍 ށ. މަރޮށި

ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އުފަން ރަށުގައި ކުރަން ނިންމައިފިއެވެ. ށ. މަރޮށީ ކައުންސިލުން ބުނީ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ޢިޝާ ނަމާދަށް ފަހު މަރޮށީ ހުކުރު މިސްކިތުގައި ކަމަށާއި މި ނަމާދުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ދެއްވުން އެދޭކަމަށް އެކައުންސިލުން ބުނެއެވެ. މީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ […]

ޝިއުނާ އާދަމް
ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް! 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!

ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި  މީހަކު ވިދާޅުވީ  މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި  އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ. “މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނ...

ޖަލްވާން ޖާދުﷲ