މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އަންހެނުންގެ ކޮމިޓީން ބޭއްވި ކޭކް ކޯސް ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެ ކުރިއަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި އެވެ. ފޭދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ވަނީ 14 ފަރާތެއް ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 އިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ކޭކް އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލްއަށް ވަނީ ކިޔަވަދީފައެވެ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް […]

އަޙްމަދު އަރުޝަމް
ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި 📍 ށ. ފޭދޫ

ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މ...

އަލީ އާދިލް
ށ. ފޭދޫ ކައުންސިލުން ރައްޔިތުންގެ ހާލު ބަލަން ދޮރުން ދޮރަށް 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ރައްޔިތުންގެ ހާލު ބަލަން ދޮރުން ދޮރަށް

ށ. ފޭދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ހާލު ގާތުންބަލައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ގޮތުން މިއަދު ފެށި މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ، ރައްޔިތުންގެ ހާލުބަލައި، އެ ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވުމާއި، އަދި ކައުންސިލް ހިންގުންކަމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވީ، މިއަދު ފޭދޫ ކައުންސިލުން ފެށި ހަރަކާތަކީ ނިމުނު...

ޙުސައިން ޝަހުދީ
ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި 📍 ށ. ފޭދޫ

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނީ ސައިޓަށް ބޮޑު ހިލަ ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]

އަޙްމަދު ވަހީދު
ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި 📍 ށ. ފޭދޫ

ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ އެރަށުގެ ރައްޔިތުން ސަމާލުވުމަށް ފޭދޫ ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. މިގޮތުން ށ. ފޭދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، އެ މަރުކަޒުގެ އޯ.ޕީ.ޑީއަށް ދައްކަމުން އަންނަ ބަލި މީހުންގެ ތެރޭގައި ފާއިތުވި ދެހަފްތާގައި ފާނަބަސަންދު ޖެހިގެން ދެމީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. ޗިކަން ޕޮކްސް ނުވަތަ ފާނަބަސަންދަކީ ވައިރަސްއެއްގެ ސަބަބުން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލިން ރައްކާތެރިވުމަށް އެ މަރުކަޒުން ވަނީ ރަ...

އަޒްފާ ރަޝީދު
ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ 📍 ށ. ފޭދޫ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެ އިމާރާތުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 10 ޖަހާކަށް ހާއިރު ކަމަށް ވެސް ރައިޝަމް ލަފާ ކުރައްވައެވެ. “މިތަނުގައި މީހަކު ނޫނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ރޯވާނެ ގޮތެއް ނޯންނާނެ” ރައިޝަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ […]

ޙުސައިން ޝަހުދީ
ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 📍 ށ. ފޭދޫ

ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް

ށ. ފޭދޫ ކައުންސިލްގެ ފަރާތުން އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޢީދު ހަދިޔާ ބަހައިފިއެވެ. މިގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން 27 ފަރާތަކަށް އިއްޔެ ކައުންސިލްގެ ފަރާތުން ޢީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. މީގެއިތުރުން ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ...

ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލް ނައިބު ރައީސަކަށް ފޭދޫ ރައީސް ރައިސަމް 📍 ށ. ފޭދޫ

ށ. އަތޮޅު ކައުންސިލް ނައިބު ރައީސަކަށް ފޭދޫ ރައީސް ރައިސަމް

ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް، ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ހޮވިއްޖެއެވެ. ށ. ނައިބު ރައީސަކަށް ހޮވުނު ރައިސަމްއަކީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ށ. އަތޮޅު ކައުންސިލް ނައިބު ރައީސެއް ހޮވުމަށް ބޭއްވި އިންތިޚާބު އޮތީ މިއަދު ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައެވެ. މި އިންތިޚާބުގައި ރައިސަމްއާއި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅެވެ. ށ. އަތޮޅ...

ޙުސައިން ޝަހުދީ
"ނަފުރަތުގެ އަމަލު"ބިލު އޮތްގޮތުން ކަންބޮޑުވޭ، މުސްލިމަކާ ދިމާއެއް ކާފަރެކޭވެސް ނުބުނެވޭނެ: ފޭދޫ ކައުންސިލް 📍 ށ. ފޭދޫ

"ނަފުރަތުގެ އަމަލު"ބިލު އޮތްގޮތުން ކަންބޮޑުވޭ، މުސްލިމަކާ ދިމާއެއް ކާފަރެކޭވެސް ނުބުނެވޭނެ: ފޭދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވާ ކަމަށާއި، އަދި އެއްވެސް މުސްލިމަކާއި ދިމާއަށް އަނެއް މުސްލިމަކަށް އެމީހަކީ ކާފަރެއްކަމުގައި ބުނުމުގެ ހައްގެއް ނޯންނާނެކަންވެސް ޤަބޫލުކުރާ ކަމަށް ށ. ފޭދޫ ކައުންސިލުން ބުނެފިއެވެ. ށ. ފޭދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތު...

ޔުމްނާ ޢަލީ
ފޭދޫ ބަނދަރުގެ 28 އިންސައްތަ ނިމިއްޖެ 📍 ށ. ފޭދޫ

ފޭދޫ ބަނދަރުގެ 28 އިންސައްތަ ނިމިއްޖެ

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 28 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގ...

އަޙްމަދު ވަހީދު
ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި 📍 ށ. ފޭދޫ

ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި

ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ. މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު “ތިލަދުން”އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 […]

އަޙްމަދު އަރުޝަމް
ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ 📍 ށ. ފޭދޫ

ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ

ކޯވިޑް ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިއަދު ވަނީ ފޭދޫ ރައްޔިތުންގެ ފަރާތުން އެ ދެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ބާވާތްތައް ހަދިޔާ ކޮށްފައެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވިޑް ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެއަތޮޅު ގޮއިދޫ އަދި ކަނޑިތީމު މޮނިޓަރިންއަށް ލާފައިވާތީ އެ ދެރަށު ރައްޔިތުންނަށް އެހީތެރިވުމަށް ފޭދޫ ކައުންސިލު...

ޙުސައިން ޝަހުދީ
ފޭދޫ "ޝާޒީ-4 ބޯޓު"ގެ ހުރިހާ ފަޅުވެރިން ވެސް ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ފޭދޫ "ޝާޒީ-4 ބޯޓު"ގެ ހުރިހާ ފަޅުވެރިން ވެސް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ އިތުރު 3 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެބޯޓްގެ 8 ފަޅުވެރިންގެ ސާމްޕަލް ނަގާފަ ވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އޭގެތެރެއިން 5 ފަޅުވެރިންގެ ސާމްޕަލް ޕޮޒިޓިވްވުމުން ހުރިހާ ފަޅުވެރިން ކަރަންޓީނު ކުރިއެވެ. ކަރަންޓީނުގެ މުއްދަތުގައި ބާކީ ޕޮޒިޓިވްނުވެ ތިބި 3 ފަޅުވެރިންގެ ކިބައިން ކޯވިޑްއަށް ޝައްކުކުރެވޭ އަލާމަަތްތައް ފެނުމާ ގުޅިގެން، ނެގުނު ސާމްޕަލްތައް ޕޮޒިޓިވްވެފައިވާކަަމަށް ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން...

އައިޝަތު އިލްމާ އަދުނާން
ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ 5 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓުގައި މިވަގުތު މަސައްކަތް ކުރަނީ 8 މީހެކެވެ. ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެ ބޯޓުގައި މަސައްކަތްކުރާ 8 މީހުންގެ ވެސް ސާމްޕަލް މިއަދު ނެގި ކަމަށެވެ. އޭގެ ތެރެއިން 5 ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފަ ވާކަމަށް އެ މަރުކަޒުން ހާމަކުރަށްވަ އެވެ. ފޭދޫ ކައުންސިލްގެ […]

ޝިއުނާ އާދަމް
ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ހދ. މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ. މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މީގެތެރެއިން މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 56،153،880.76 ރުފިޔާއަށެވެ. ނޭކުރެންދޫގެ އަގަކީ 46،...

ޔުމްނާ ޢަލީ