މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއަށް

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއަށް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ކަށަވަރު ކޮށްފިއެވެ. ފުނަދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގްރޫޕް ސީގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ގްރޫޕް ސީގައި ފުނަދޫ ބައްދަލު ކޮށްފައި ވަނީ ޅައިމަގާއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބު […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ޚިޔާލު ތަފާތުވުމެއް ނެތް، މަސައްކަތް ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން: ކައުންސިލް 📍 ށ. ފުނަދޫ

ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ޚިޔާލު ތަފާތުވުމެއް ނެތް، މަސައްކަތް ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން: ކައުންސިލް

ށ. ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ރައްޔިތުންނާއި ކައުންސިލާމެދު ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި މަސައްކަތް ނުނިމި ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ އޮކްޓޯބަރ 4 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު އާ ސުވާލު ކުރެއްވުމުގައި ފުނަދޫ ކައުންސިލު ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް އޮޅުވާލައިގެން […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މަރޮށި، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ތިން ގްރޫޕްގެ މެޗުތައް ތިން ރަށުގައި ކުޅެމުން އަންނައިރު، ގްރޫޕް އޭ ގެ މެޗުތައް ކުޅެމުން އަންނަނީ ނަރުދޫގައެވެ. ގްރޫޕް އޭގައި އިއްޔެ ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު […]

އިބްރާހިމް ޚަލީލް
ށ. ފުނަދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފުނަދޫ

ށ. ފުނަދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

ށ. ފުނަދޫގައި ގާއިމް ކުރާ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ޓާމިނެލެކެވެ. މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވާސަލް ޓޮއިލެޓެއް ހިމެނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. […]

އަޙްމަދު ވަހީދު
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި

ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...

މުޙައްމަދު ވަސީމް
ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ 85 ވަނަ ފުރާވަރު ކޭމްޕެވެ. ފުނަދޫ ސްކޫލްގެ 117 ދަރިވަރުން ވަނީ މި ކޭމްޕު ފުރިހަމަކޮށްފައެވެ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސ...

ޔުމްނާ ޢަލީ
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ކައުންސިލް ބައްދަލުވުމުގައެވެ. މި ނިންމުން ނިންމުމުގެ ކުރިން އެ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދ...

ޙުސައިން ޝަހުދީ
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...

އަލީ އާދިލް
ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި

ފުނަދޫ ކައުންސިލާ ގުޅިގެން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި ކަސްރަތު ޕްރޮގުރާމް ނިންމާލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ކައުންސިލުން 40 އިންސައްތަ އަދި ކޮމެޓީން 60 އިންސައްތަ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ނަމަވެސް މިހާތަނަށް އާދެވުނު އިރު ދެމިތިބީ 23 ކަނބަލު...

ސަނިއްޔާ އަބޫބަކުރު
ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް

ށ. ފުނަދޫ ކައުންސިލުން ތަޖުރިބާގެ ދަތުރެއްގައި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމުގެ ދަތުރެއް މިއަދު ފަށައިފިއެވެ. މި ދަތުރުގައި ފުނަދޫ ކައުންސިލްގެ ދަޢުވަތަކަށް، ޚާއްސަ މެހްމާނެއްގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މަދަތުރުގައި ފުނަދޫ ކައުންސިލްގެ ޓީމު މިއަދު ވަނީ ކ. ގުރައިދޫއަށް ޒިޔާރަތްކޮށް، އެރަށުގެ ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ބައްދަލުކޮށް ތަޖުރިބާ ބަދަލުކުރުމުގެ މަޝްވަރާތައް ބާއްވާފައެވެ. އަދި އެރަށުގައި ހުންނަ ޚާއްޞ...

ސަނިއްޔާ އަބޫބަކުރު
ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް 📍 ށ. ފުނަދޫ

ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި މިލަދުން މަޑުލު އުތުރުބުރީ ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުނަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބ...

ޝިއުނާ އާދަމް
"ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ މުޖުތަމަޢަށް ދޫކުރި އަގުހުރި ހަދިޔާއެއް" 📍 ށ. ފުނަދޫ

"ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ މުޖުތަމަޢަށް ދޫކުރި އަގުހުރި ހަދިޔާއެއް"

ށ. ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލްގައި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، އެ ރަށުގެ އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލ...

ޔުމްނާ ޢަލީ
ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް 📍 ށ. ފުނަދޫ

ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫ އަށް ވަޑައުގެންފިއެވެ. އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދޫ އާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އ...

މުޙައްމަދު ވަސީމް
ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި 📍 ށ. ފުނަދޫ

ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަށް ކުރަށްވާ ދަތުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މިދަތުރ...

ޔުމްނާ ޢަލީ