އިހަވަންދިއްޕޮޅާއި ފުނަދޫގައި އެސްއީއެޒް މަޝްރޫޢު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން، ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް އިފްޒާގެ ކުންފުނީގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރާން ނިންމާފައިވާއިރު، ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް، އެރަށުގައި ޤާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ...