މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ރީޖަނަލް އެއާޕޯޓްސްއިން ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފި 📍 ށ. ފުނަދޫ

ރީޖަނަލް އެއާޕޯޓްސްއިން ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ އިސްވެރިން ށ. ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ މި ބައްދަލުވުމަކީ ރީޖަނަލް އެއަރޕޯޓްގެ އިސްވެރިން އެރަށުގެ އެއަރޕޯޓްގެ ކަންކަން ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެެއްގައި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އެރަށުގެ އެއަރޕޯޓްގެ ބޭރުން ރަށުގެ ރައްޔިތުންނަ...

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރ...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބ...

އައިޝަތު ނަސާޔާ
ޒުވާނުންގެ މަރުކަޒުގެ މައްސަލާގައި ޔޫތު މިނިސްޓްރީއާއި އިތުރަށް ވާހަކަ ދައްކަން ފުނަދޫ ކައުންސިލުން ނިންމައިފި 📍 ށ. ފުނަދޫ

ޒުވާނުންގެ މަރުކަޒުގެ މައްސަލާގައި ޔޫތު މިނިސްޓްރީއާއި އިތުރަށް ވާހަކަ ދައްކަން ފުނަދޫ ކައުންސިލުން ނިންމައިފި

ށ. ފުނަދޫ ކައުންސިލުން ބަލަހައްޓަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލު ކުރުމާއިމެދު އެމިނިސްޓްރީއާއި އިތުރަށް ވާހަކަދެއްކުމަށް ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައި ވަނީ އެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެމިނިސްޓްރީއިން އެންގުމާއި ގުޅިގެން އެކަމާއިމެދު މަޝްވަރާ ކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 04 ވަނަ ދައުރުގެ 04 ވަނަ ކުއްލިޖަލްސާގައެވެ. ފުނަދޫ ކައ...

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުންގެ ކޮމެޓީން ފާއިތުވި އަހަރު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ފާއިތުވި އަހަރު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި

ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ފާހަގަ ކުރެވިފައި ވަނީ ފާއިތުވި އަހަރު ހިންގަން ރޭވި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޕްރޮގްރާމެއް ފިޔަވައި ދެން ބާކީހުރި ހުރިހާ ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ހިންގައި ނަމޫނާ މަސައްކަތްތަކެއް ކޮށްފަ...

އިބްރާހިމް ޚަލީލް
33 އަހަރުގެ ޚިދުމަތަށްފަހު، ފުނަދޫ "އިސްމާއީލް ކަތީބު" ރިޓަޔާ ކުރަށްވައިފި 📍 ށ. ފުނަދޫ

33 އަހަރުގެ ޚިދުމަތަށްފަހު، ފުނަދޫ "އިސްމާއީލް ކަތީބު" ރިޓަޔާ ކުރަށްވައިފި

ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ށ. ފުނަދޫ/އިރަމާގ،ެ އިސްމާޢީލް ޢަބްދުﷲ (އިސްމާއީލް ކަތީބު) ރިޓަޔާ ކުރަށްވައިފިއެވެ. އިސްމާޢީލް ޢަބްދުﷲ ރިޓަޔާ ކުރަށްވާފައި ވަނީ ސަރުކާރަށް 33 އަހަރާއި 7 މަސް ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ ފުނަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަގާމުގައެވެ. އިސްމާޢީލް ޢަބްދުﷲގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާގެ ޝަރަފްގައި ފުނަދޫ ކައުންސިލުން ވަނީ މިމަހުގެ 28 ވަނަ ދު...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލުން އެރަށު ޒުވާނުންގެ ކަންބޮޑުތައް އަޑުއަހަން ބައްދަލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން އެރަށު ޒުވާނުންގެ ކަންބޮޑުތައް އަޑުއަހަން ބައްދަލުކޮށްފި

ށ. ފުނަދޫގެ ޒުވާނުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ށ. ފުނަދޫ ކައުންސިލުން އެރަށުގެ ޒުވާނުންނާއި ބައްދަލު ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު، ” ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށު ކައުންސިލާއި ރައްޔިތުންނާއި ދެމެދު ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް އޮޅުންފިލުވައިދިނުމެވެ. އެގޮތުން ކޮންމެ ބަޔަކު މިކަން ކު...

އައިޝަތު ނަސާޔާ
ފުނަދޫ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ށ. ފުނަދޫ ކައުންސިލާއި ހަވާލުކޮށްގެން ހިންގަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ. އެމަރުކަޒު އެމިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވާކަން އަންގާފައި މިވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް މިއަދު އެކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅަށް، ފޮނުއްވި ސިޓީފުޅެއްގައެވެ. އެގޮތުން އެސިޓީގައި ވަނީ އެމަރުކަޒާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަ ކޮށްފައެވެ. އަދި އެބޭފުޅާ އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގައިހ...

އައިޝަތު ނަސާޔާ
ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެންމެ މަތީދަރަޖައިގެ އެއްބާރުލުން ދޭނަން، މަހްލޫފް ހެއްދެވީ އިތުރުފުޅެއް: ފުނަދޫ ކައުންސިލް 📍 ށ. ފުނަދޫ

ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެންމެ މަތީދަރަޖައިގެ އެއްބާރުލުން ދޭނަން، މަހްލޫފް ހެއްދެވީ އިތުރުފުޅެއް: ފުނަދޫ ކައުންސިލް

ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާފަރާތަކަށް އެކައުންސިލުން އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ފުނަދޫ ކައުންސިލުން ދެމުންދާނެ ކަމަށާއި، އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ހެއްދެވީ އިތުރުފުޅެއްކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް ށ. ފުނަދޫއަށް ޒިޔާރަތް ކުރެއްވުމަށްފަހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ އެ ދ...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް

ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […]

އަލީ އާދިލް
ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ....

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

“އުފަލުން” ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން  އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ. އެގޮތުން އަންނައުނ...

އައިޝަތު ނަސާޔާ
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތާއި އެކުންފުނިން ހަވާލުވެފައި މިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 15,316,272.89 ރުފިޔާގެ ގެ މަޝްރޫޢުއެކެވެ. ފުނަދޫ ސްކޫލްއަކީ 1996 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ކިޔަވާދ...

އައިޝަތު ނަސާޔާ
"އުފަލުން" ހަރަކާތާއެކު ފުނަދޫ އަންހެނުން ކޮމެޓީން ފަހިކޮށްދެނީ ޞަދަޤާތެއް ކޮށްލާނެ ރަނގަޅު ފުރުސަތެއް! 📍 ށ. ފުނަދޫ

"އުފަލުން" ހަރަކާތާއެކު ފުނަދޫ އަންހެނުން ކޮމެޓީން ފަހިކޮށްދެނީ ޞަދަޤާތެއް ކޮށްލާނެ ރަނގަޅު ފުރުސަތެއް!

ށ. ފުނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން “އުފަލުން” ނަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ. މި ހަރަކާތުގެ ދަށުން ބޭނުން ނުކުރާ އަންނައުނު، އެ ކޮމެޓީ މެދުވެރިކޮށް އެހީއަށް ބޭނުންވާ ފަަރާތްތަކަށް ހަދިޔާކުރެވޭނެ އިންތިޒާމު ފަހިކޮށްދޭނެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރަކާތަކީ އެދުވަސްވަރެއްގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ...

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 2"އަށް ބޮޑު ތަރުހީބެއް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 2"އަށް ބޮޑު ތަރުހީބެއް

ށ. ފުނަދޫ ކައުންސިލް އާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު 2″އަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ފަހަރުގެ ބާޒާރު ހާއްސަކޮށްފައި ވާނީ ގޭ ތެރޭގައި ހިފާގެންގުޅޭ ސާމާނަށް ކަމަށެވެ. އިއްޔެ ހެނދުނު 10:30 ގައި ފެށިގެންދިޔަ މި ބާޒާރުގައި ރައްޔިތުންގެ […]

އައިޝަތު ނަސާޔާ