މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމަންޓް އާ ކުރުމުގެ މަސައްކަތް ފަށައިފި

ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމަންޓް އާ ކުރުމުގެ މަސައްކަތް ފަށައިފި

ށ. ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މިއީ ކޮމަންޑޫގެ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އާއި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕ...

އަޙްމަދު ވަހީދު
އެމްޑީޕީ ފުނޑާލަން ފުރުސަތެއް ނުދެވޭނެ، ނަޝީދުގެ އިސްތިއުފާއަށް ރާޑޯ ގޮވާލައިފި

އެމްޑީޕީ ފުނޑާލަން ފުރުސަތެއް ނުދެވޭނެ، ނަޝީދުގެ އިސްތިއުފާއަށް ރާޑޯ ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މަޖިލިސް ރައީސް ކަމުންނާއި އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) ގޮވާލައްވައިފި އެވެ. އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ރާޑޯ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ފުންޑާލަން ފުރުސަތެއް ނުދެވޭނެކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ބޮލުގަ ނުބައި ހަޑި ހުތުރު އިލްޒާމުތަށް އަޅުވާނަމަ ސާބިތު ހެކި ދައްކަވަން ޖެހޭނެކަމަށް ރާ...

އަލީ އާދިލް
އެމްއެންޕީއަށް ތާރީޚީ މޮޅެއް، ކޮމަންޑޫ ޑަބްލިޔުޑީސީ ގޮނޑިއެއް ކާމިޔާބުކޮށްފި 📍 ށ. ކޮމަންޑޫ

އެމްއެންޕީއަށް ތާރީޚީ މޮޅެއް، ކޮމަންޑޫ ޑަބްލިޔުޑީސީ ގޮނޑިއެއް ކާމިޔާބުކޮށްފި

ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި އެއް ގޮނޑި ކާމިޔާބުކޮށް، ފުރަތަމަ އިންތިޚާބީ މޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހޯދައިފިއެވެ. މި އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއަކުން ފަސް ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އެ ކެންޑިޑޭޓުންނަނީ، ޒަޢީމާ އާދަމް، ނާޒް، ށ.ކޮމަންޑޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޢާއިޝަތު ވަޙީދާ، ފެމޯރާ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަރްޔަމް ނަބާހާ، ކަށި...

އަލީ އާދިލް
ކޮމަންޑޫ އަންހެނުންގެ ކޮމެޓީން ފަހާ ކޯހަކާއި، ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަންހެނުންގެ ކޮމެޓީން ފަހާ ކޯހަކާއި، ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހަކާއި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ހިންގަން ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތަކުގައި ކިޔަވައި ދެއްވާނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. މިއިން ކޮންމެ ކޯހަކަށްވެސް ނެގޭނީ ގިނަވެގެން ވިހި ބައިވެރިން ކަމަށާއި، މިއިން ކޮންމެ ކޯހެއްގެވެސް ކޯސްފީއަކީ...

ސަނިއްޔާ އަބޫބަކުރު
ވަށަފަރާއި ޅައިމަގު އަދި ކޮމަންޑޫގެ އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަން ހުޅުވާލައިފި 📍 ހއ. ވަށަފަރު

ވަށަފަރާއި ޅައިމަގު އަދި ކޮމަންޑޫގެ އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަން ހުޅުވާލައިފި

ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ 5 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ކޮމަންޑޫން އިންތިހާބުކުރަން ހުޅުވާ...

އަލީ އާދިލް
އެމްޑީޕީގެ ޕްރައިމަރީތަކުގައި ވާދަކުރުމުގެ ޙައްޤު ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވޭ: ރާޝިދު

އެމްޑީޕީގެ ޕްރައިމަރީތަކުގައި ވާދަކުރުމުގެ ޙައްޤު ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވޭ: ރާޝިދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޕްރައިމަރީތަކުގައި ވާދަކުރުމުގެ ޙައްޤު ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާކަމަށް  ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ރޭ ވިދާޅުވެފައި...

އަލީ އާދިލް
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވައިލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވައިލައިފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ މިނިސްޓްރީގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މ...

އިބްރާހިމް ޚަލީލް
ކޮމަންޑޫގެ އިޚްތިޞާޞްގެ ތެރޭގައި މަތިކޮމަންޑޫއާއި ކުޑަފަރުފިނޮޅު ހިމަނައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގެ އިޚްތިޞާޞްގެ ތެރޭގައި މަތިކޮމަންޑޫއާއި ކުޑަފަރުފިނޮޅު ހިމަނައިފި

ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު މަތިކޮމަންޑޫއާއި، ކުޑަފަރުފިނޮޅު ހިމަނައިފިއެވެ. އެބަދަލު ގެންނަވައި ގެޒެޓްކޮށްފައިވާ ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ދިވެހިޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ދިވެހި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލ...

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި

ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ...

ޔުމްނާ ޢަލީ
ކޮމަންޑޫ ހިއްކި ސަރަހައްދު ވަގުތީގޮތުން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ހިއްކި ސަރަހައްދު ވަގުތީގޮތުން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނީ މިހާރު ހިއްކާ ސަރަހައްދު ހިމާޔަތް ކުރަނީ އެ ސަރަހައްދު ގިރައިގެންދިޔަ ނުދޭން ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމ...

އަޙްމަދު ވަހީދު
ކޮމަންޑޫ މިސްކިތްތަކަށް އަނެއްކާ ވެސް ފެނަކައިގެ އެހީއެއް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ މިސްކިތްތަކަށް އަނެއްކާ ވެސް ފެނަކައިގެ އެހީއެއް

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އަނެއްކާ ވެސް ށ. ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފެނަކައިން މިފަހަރު ކޮމަންޑޫ މިސްކިތްތަކަށް ހަދިޔާ ކުރި 8 ލައުޑް ސުޕީކަރެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ފެނަކަ ސީއެސްއާރު ގެ ދަށުން، އެރަށު މިސްކިތްތަކައް ބޭނުންވާ 8 ލައުޑް ސުޕީކާ ވަނީ އެ ކައުންސިލާ ހަވާލުކޮށްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ފެނަކައިން ވަނީ ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަހަރު ހަދިޔާ ކޮށްފައި ވަނީ […]

ޔުމްނާ ޢަލީ
ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކައް އޭސީ ހަދިޔާކޮށްފި 📍 ށ. ކޮމަންޑޫ

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކައް އޭސީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ މިސްކިތްތަކަށް އޭސީ ހަދިޔާއެއްކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، ފެނަކަ ސީއެސްއާރު ގެ ދަށުން އެރަށު މިސްކިތްތަކައް ބޭނުންވާ 6 އޭސީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ 24000 ބީޓީޔޫގެ އޭސީތަކެކެވެ. ފެނަކަ ސީއެސްއާރުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެރަށަށް އެހީތެރިކަން ދީފައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ އެރަށު ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އެއީ […]

ޔުމްނާ ޢަލީ
އިންތިހާބާ ދިމާކޮށް ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން އިއުލާންކުރި ތިން ރަށް ލިސްޓުން އުނިކޮށްފި 📍 ށ. ކޮމަންޑޫ

އިންތިހާބާ ދިމާކޮށް ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން އިއުލާންކުރި ތިން ރަށް ލިސްޓުން އުނިކޮށްފި

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ފުރުސަތުހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރުމަށް ދޫކުރުމަށް ޢިއުލާން ކުރިން ތިން ރަށް ވެސް އިއްޔެ އުނިކޮށްފި އެވެ. މިމަހުގެ 5 ވަނަ ދުވަހު އޮތް ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާ ޢިއުލާންކުރި ރަށްތަކަކީ ށ. މެދުރަށާއި ށ. މައިރަށާއި […]

ޝިއުނާ އާދަމް
ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ކޯޓުން ހުއްޓުވައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ކޯޓުން ހުއްޓުވައިފި

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ. ށ. މެދުރަށާއި ށ.މައިރަށާއި ށ. ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހަޅަން މިދިޔަ މަހު ސަރުކާރުން އިއުލާންކުރީ ރިސޯޓް ހެދުމަށްޓަކައި ގިނަ ރަށްތަކެއް މިދިޔަ އޮކްޓޫބަރު މަހު ދޫކުރަން ނިންމާފައި ވަނިކޮށެވެ. ބައި އިލެކްޝަނާ ދިމާކޮށް ކުއްލި ގޮތަކަށް ތިން ރަށް ކުއްޔަށް ދޫކުރަން ނިންމުމުން […]

ހުސައިން ހަބީބް
ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު 📍 ށ. ކޮމަންޑޫ

ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު

ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރަށްވާ ކަމަށާއި، އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ދާއިރާ ކުރިން ތަމްސީލް ކުރެއްވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ރާޝިދު މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނުއެވެ. އެއަށްފަހު އޭނާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޤަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރ...

ޙުސައިން ޝަހުދީ