މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކަނޑިތީމު (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކަނޑިތީމުގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ކަނޑިތީމުން ގެއްލިގެން ހޯދަމުންދިޔަ 1 އަހަރުގެ ކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ކަނޑިތީމުން ގެއްލިގެން ހޯދަމުންދިޔަ 1 އަހަރުގެ ކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ށ. ކަނޑިތީމުގައި އުމުރުން އެއް އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެރަށުގައި ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ އާންމު ފަރާތަކުން ކަމަށެވެ. އެ ފަރާތުން އެކަން ފުލުހުންނާއި ހިއްސާކޮށްފައި ވަނީ މިރޭ 18:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ގެއްލިގެން ހޯދަމުން ދިޔަ މި ތުއްތު ކުއްޖާ ފެނިފައި ވަނީ މޫދުގައި އޮއްވައެވެ. އެ ކުއްޖާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ […]

ޙުސައިން ޝަހުދީ
ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި 📍 ށ. ކަނޑިތީމު

ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި

ށ. ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނަ ކަމުގައި ޝަކުވާ އެ ކައުންސިލަށް ހުށަހެޅެމުން އަންނަ ކަމަށެވެ. މިދުވަސްވަރަކީ އިރުވައި މޫސުމުގެ، ފެންދުރު ދުވަސްވަރަށްވެފައި، އެ ގޮތަށް ރޯކުރާނަމަ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާ...

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]

އަލީ ރިޔާޟް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ފައިނަލަށް ދަތުރުކޮށްފިއެވެ. ވައިކަރަދޫ ގްރޫޕް ގެ ފަހު މެޗުގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ވައިކަރަދޫ ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ވައިކަރަދޫ ނިކުންނާނީ ނާވައިދޫ އާއި ދެކޮޅަށެވެ. ކަނޑިތީމުން ފައިނަލް ޖާގަ ޔަގީން ކުރީ ގްރޫޕްގެ ފަހުމެޗުގައި 5-0 ގެ […]

އަލީ ރިޔާޟް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ.  އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން […]

އަލީ ރިޔާޟް
ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް 📍 ށ. ކަނޑިތީމު

ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދޭ ކުދިކުދިކަންކަން ވެސް އެއީ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން، އެ މެންބަރުންނަށް އެކަންކަން ފުއްދައިދޭން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. ރޭ އިސްކަންދަރު ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ވަރަށް ގާތުންބަލާ ކޮށްދޭން ޖެހޭކަމަށެވެ. “އަޅުގަނޑުމެން ސައިޒުން ކުޑަ ވީމާ ދޫކޮށްލާ...

އަލީ އާދިލް
ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އާލާކުރުމަށް ކޮމިޓީއެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އާލާކުރުމަށް ކޮމިޓީއެއް

ށ. ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާކޮށް ދިރުވާ އާލާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން ވިދާޅުވީ މިކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ 7 މެމްބަރުންނާއި އެކުގައި ކަމަށެވެ. މި ކޮމިޓީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް އެކައުންސިލްގެ ފަރާތުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުން https://forms.gle/ijVbYAEvekHzipAs8 މި ލިންކް މެދުވެރ...

އައިޝަތު ނަސާޔާ
ފެނަކަ ކަނޑިތީމު އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ފެނަކަ ކަނޑިތީމު އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން 27 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު އައު އޮފީސް އިމާރާތްކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ […]

އިބްރާހިމް ޚަލީލް
ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް 📍 ށ. ކަނޑިތީމު

ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް

ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ދެވަނަފަހަރަށް އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން  -/500 ރުފ...

އައިޝަތު ނަސާޔާ
ކަނޑިތީމު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހަނީ

ށ. ކަނޑިތީމު ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހާ އަދި ގޯލް ފެންސްޖަހާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ކައުންސިލުން ވަނީ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖެނުއަރީ 2022 (އަންގާރަ) ދުވަހުގެ 10:...

އައިޝަތު ނަސާޔާ
ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ 📍 ށ. ކަނޑިތީމު

ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ

ކަނޑިތީމު ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުކޮށްގެން ކުރިއަށްދާން ޖެހިދާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން ޝަހީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގެ ވާހަކަ ދައްކާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުން ކިހާވަރެއްގެ އުންމީދެއްލިބުނުތޯ އަދި ކިހާވަރެއް ހާސިލްވި ތޯ ބަލައިލަންޖެހޭ ކަަމަ...

ތިލަދުން
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް 📍 ށ. ކަނޑިތީމު

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާގެ ރައީސްކަމަށް އަމީން ފައިޞަލް އިންތިހާބު ވެއްޖެ އެވެ. ދާއިރާގެ ރައީސް ކަމަށް އަމީން ފައިސަލް އާއި ވާދަކުރެއްވީ ވާސިޢު އިމްދާދު އެވެ. އަމީން އަށް 544 ވޯޓް ލިބިފައިވާއިރު ވާސިޢުއަށް ލިބުނީ 223 ވޯޓެވެ. ދާއިރާގެ ނައިބު ރައީސްކަމަށް 2 ބޭފުޅަކު ވާދަކުރެއްވި އެވެ. އަހުމަދު ސުނީލް އަައި ވާދަކޮށް ކާމިޔާބު ކުރެއްވީ ޙުސައިން ނިހާދު އެވެ. އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ […]

އަލީ އާދިލް
ކަނޑިތީމު ސްކޫލް ދަރިވަރަކު ޕޮޒިޓިވްވެއްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމު ސްކޫލް ދަރިވަރަކު ޕޮޒިޓިވްވެއްޖެ

ށ. ކަނޑިތީމު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި އެރަށު ސްކޫލްގެ ދަރިވަރެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުޙައްމަދު ފަހުމީ “ތިލަދުން”އަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން އެ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކުއްޖާއަކީ ސްކޫލް ދަރިވަރެއް ކަމަށް ވެސް ފަހީމް ވިދާޅުވިއެވެ. “މި ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިރޭ، އަޅުގަނޑުމެން މިހާރު މިދަނީ މި ކޭހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަ...

ޙުސައިން ޝަހުދީ
ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމުގައި ކުރިއަށް ގެންދާ “ކުނިވަށި” ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް ނަގާނެ ފަރާތެއް ހޯދަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ރަށުގައި ބެހެއްޓިފައިވާ ކުނިވަށިތައް 6 މަސްދުވަހުގެ މުއްދަތަށް ނަގާ އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ ރަށު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމް އެ އިދާރާއަށް ހުށަހެޅުމަ...

އަޙްމަދު އަރުޝަމް
ކަނޑިތީމުން 3000 އަކަފޫޓްގެ 45 ބަންޑާރަ ގޯތި ދޫކުރަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމުން 3000 އަކަފޫޓްގެ 45 ބަންޑާރަ ގޯތި ދޫކުރަނީ

ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއިން ޢާއްމުކޮށް ހުޅުވާލައިފި އެވެ. މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ. އެއިޢުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން 27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން އެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2...

އިބްރާހިމް އަސްވާޤް