މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ފޮއްދޫ ބަނދަރު ފުން ކުރުމުގެ %43 މަސައްކަތް ނިންމާލައިފި 📍 ނ. ފޮއްދޫ

ފޮއްދޫ ބަނދަރު ފުން ކުރުމުގެ %43 މަސައްކަތް ނިންމާލައިފި

ނ. ފޮއްދޫ ބަނދަރު ފުން ކުރުމުގެ މަޝްރޫޢުގެ %43 މަސައްކަތް ނިމިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފޮއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ...

އަލީ އާދިލް
މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ށ. މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިން ހޮވައިގެން ޢާއްމު ފަރާތަކުން ކޯޓަށް ޙަވާލުކޮށްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް އިޢުލާންކޮށްފި އެވެ. ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިތަކެތި ކޯޓާ ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. ކޯޓުން ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން، ގެއްލިފައިވާ ފައިސާގެ ވެރިފަރާތެއްވާނަމަ، އެ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް ކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. މިގޮތުން، ގެއްލު...

އިބްރާހިމް އަސްވާޤް
ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް 📍 ހއ. ފިއްލަދޫ

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

ޔުމްނާ ޢަލީ
މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގައި ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ “ކިންގް އޮފް ދަ ޓޯނަމެންޓް” މިލަންދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝަނީ އަށް ލިބިއްޖެއެވެ. ރޭ ކަނޑިތީމުގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅިފައިވާއިރު، މިލަންދޫ ޓީމާއި ކަނޑިތީމު ޓީމު ވާދަކޮށް، 6-2 ގެ ނަތީޖާއަކުން ކަނޑިތީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި ވަނަ ވަނަ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލް މެޗުގައި، މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފިއެވެ. ރޭ ކަނޑިތީމުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި، ކަނޑިތީމުން ތަށި އުފުލާލާފައިވަނީ 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލަންދޫ ލީޑުގައި އޮވެއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިލަންދޫ ޓީމުގެ ކުޅުންތެރިޔާ ޖަރޒީ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި ފައިނަލްގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. އަދި ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށްޓާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިރޭގެ ފައިނަލް ކުޅޭއިރު މިލަންދޫގެ ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައ...

ޙުސައިން ޝަހުދީ
މިލަންދޫ ބަނދަރު އަޕްގްރޭޑް މަސައްކަތަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު އަޕްގްރޭޑް މަސައްކަތަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފިއެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ފަށައި، އެ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 954.43 މީޓަރުގެ ރިވެޓްމަންޓެއް އެޅުމާއި، 114.56 މީޓަރުގެ ގްރޮއިންތަކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ […]

ޔުމްނާ ޢަލީ
މިލައުތުރު ފުޓްސަލް: ބޮޑު މޮޅެއްހޯދައި މިލަންދޫ ފައިނަލަށް 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: ބޮޑު މޮޅެއްހޯދައި މިލަންދޫ ފައިނަލަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މިލަންދޫއިން ކަށަވަރުކޮށްފިއެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. މި މެޗުގައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ތެރޭ ހިމެނޭ އަހްމަދު ޝަަނީ ވަނީ 3 ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިން ލަނޑާއެކު މުބާރާތުގައި މުބާރާތުގައި ޖެހި […]

ޔުމްނާ ޢަލީ
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް  ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]

ޔުމްނާ ޢަލީ
މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ

ށ.މިލަންދޫގައި ވެމްކޯގެ ޚިދުމަތް ގާއިމުކޮށް، ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ވެސް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސްގެ ށ. އަތޮޅު ދަތުރުފުޅުގައި މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑަށް އިސްކަންދެމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއާއި ޖާގައިގެ ނިސްބަތުން ކުނި މެނޭޖް...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ 📍 ށ. މިލަންދޫ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯ...

ޔުމްނާ ޢަލީ
މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި

ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުނ...

ޔުމްނާ ޢަލީ
30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް 📍 ށ. މިލަންދޫ

30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް

ކުރިއަށް އޮތް 30 މަސް ދުވަސް ތެރޭ ށ.މިލަންދޫގެ މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް އައު ބަނދަރެއް ހަދައި، އެރަށު އެއާޕޯޓް ތަރައްގީކޮށް ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިލަންދޫގެ ރައްޔިތުންނަށް ދެއްވައިފައިވާ އެންމެ ބޮޑު ވަޢުދަކަށް ވާނީ އެއަރޕޯޓް އެޅުމުގެ ވަޢުދު ކަމަށެވެ. އެއަރޕޯޓް އެޅުމަކީ މި ރަށަށާއި މި ސަރަޙައްދަށް ތަރައްޤީ […]

ޔުމްނާ ޢަލީ
މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި

ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޣެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެމްއޭސީއ...

ޔުމްނާ ޢަލީ
މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް ތަރައްްޤީކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް އެ ރަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫގައި ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމ...

އައިޝަތު އައިނީ އާމިރު